Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް އިންތިޚާބު 2024

ދައުލަތުގެ ސިފަތަކަށް ބަދަލު އަންނަހެން ހީވާ ކޮންމެ ފަހަރަކު ދިވެހިން ތެދުވާނެ، އެއީ ލިބޭ ހިތްވަރެއް - ސަލީމް

ބޭނުންހާ ގޮތަކަށް ދައުލަތް ދީލާލާން ދިވެހިން ދޫކޮށް ނުލާނެ ކަމަށް ސަލީމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 މާރިޗު 2024 | ހުކުރު 19:44
އަހުމަދު ސަލީމް ހޯރަފުށީގައި ބޭއްވި "ހުއްޓި ނުތިބެން" ޖަލްސާގައި ވާހަކަދައްކަވަނީ

އަހުމަދު ސަލީމް ހޯރަފުށީގައި ބޭއްވި "ހުއްޓި ނުތިބެން" ޖަލްސާގައި ވާހަކަދައްކަވަނީ

ދައުލަތުގެ ސިފަތަކަށް ބަދަލު އަންނަހެން ހީވާ ކޮންމެ ފަހަރަކު ދިވެހިން އެކަމާއި ދެކޮޅަށް ތެދުވާ ކަމަށާއި އެއީ ރާއްޖޭގެ މުގައްދަސް ސިފަ އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް އެފަދައިން ވިދާޅުވީ އޭނާގެ ކެމްޕެއިން ޖަލްސާ، "ހުއްޓިނުތިބެން" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ދައުލަތް ހަމަ މަގަށް އަޅުވާ އެ މަގުގައި ބާއްވަން ދިވެހިންގެ ހިތުގައި އޮންނަ އަޒުމަކީ ވަރަށް މާތް އަޒުމެއް ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ. މި ދަނޑިވަޅުގައި އެ ޒިންމާ ބޮޑު ކަމަށާއި ދިވެހިން ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑު ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ރާއްޖެ ހަމަ މަގުގައި ބާއްވަން ދިވެހިންގެ ހިތުގައި އޮންނަނީ ވަރަށް މުގައްދަސް އަޒުމެއް ކަމަށާއި ބޭނުންހާ ގޮތަކަށް ދައުލަތް ދީލާލާން ދިވެހިން ދޫކޮށް ނުލާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ދައުލަތުގެ ބާރުތައް ބެހިގެން ދަނީ ވެސް އާއްމުން އެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނު އަސާސީން އެކަން ވަރަށް ސާފުކޮށް އެނގެން އެބަ އޮތް ކަމަށާއި އެއީ އޭނާވެސް ޤަބޫލުކުރައްވާ ގޮތް ކަމަށް ސަލީމް ވިދާޅުވިއެވެ. ދައުލަތުގެ ހުރިހާ ބާރަކުން ވެސް މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ އުފަލާއި ހިތްހަމަޖެހުމަށް ކަމަށާއި، އެންމެންވެސް މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކަމަށް ސަލީމް ވިދާޅުވިއެވެ. އެ ނޫން މަޤްސަދެއްގައި އެއްވެސް ބަޔަކު މަސައްކަތް ކުރުމަކީ ގަބޫލުކުރެވޭ ހަމައެއް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ ހުރިހާ މުދަލެއް ހަވާލުކުރަނީ އޭރެއްގެ ސަރުކާރަކާއި ކަމަށާއި އެ ސަރުކާރަކީ އަބަދުވެސް އިމްތިހާނަކާއި ކުރިމަތިލާ ބައެއް ކަމަށް ސަލީމް ވަނީ ސިފަކުރައްވާފައެވެ. ވެރިކަމުގައި ތިބޭ މީހުން ތިބެން ޖެހޭނީ އިމްތިހާންތަކާއި ކުރިމަތިލާ، ވައުދުތައް ފުއްދާން މަސައްކަތްކުރުން މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކަންކަން ހިނގާ ގޮތް ބެލުމަކީ މަޖިލީހުގެ މެމްބަރުންގެ ޒިންމާ އެއް ކަަމަށާއި، މިހާރު ވައުދު ނުފުއްދުމަކީ ފެޝަނެއްކަމަށް ދެކެމުންދާ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މި ޒަމާނަކީ ދައްކާ ވާހަކަ އާއި އަމަލާ ދިމާ ނުވާ ޒަމާނަކަށް ވުމުން މަޖިލީހަށް އަންނަ މީހުންނަކީ ލޯހުޅުވިފައިވާ ކަންކަން ދަންނަ ތަޖުރިބާ ހުރި ބަޔަކަށް ވުން މުހިންމު ކަމަށް ސަލީމް ވިދާޅުވިއެވެ. ދައުލަތް ހަމަޔަކަށް އަޅުވަން އަބަދުވެސް ދިވެހިން ތެދުވާ ކަމަށާއި އެއީ ދިވެހިންގެ ވަރަށް މުގައްދަސް ސިފައެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ގައުމު ހަމަމަގަށް ނޭޅި އެއްވެސް މީހަކަށް އުފަލެއް ނުލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސިޔާސީ ނުތަނަވަސްކަމާއި ދޭދޭ މީހުންގެ މެދުގައި ހުރި ފަރަގު މި ވަގުތު ދޫކޮށްލަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިސްރާބު ހަމަމަގަށް އަޅުވަން އެންމެން އެކައްޗެއް ކިޔަން ޖެހޭ ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފައެވެ. މިސްރާބު ހަމަމަގަށް އަޅުވަން އެންމެން އެކައްޗެއް ކިޔަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ ފުރާޅު ހިޔާވެގެން ނޫނީ އެކަކަށް ވެސް ކިޔަލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީ އާއި މެދު ހިތްހަމަ ނުޖެހުމެއް އޮތަސް އެކަން އެއްކިބާކޮށް، އެމްޑީޕީ އަށް ވޯޓު ދިނުމަށް ސަލީމް ގޮވާލެއްވިއެވެ. ދައުލަތާއި ރާއްޖެ އަށް ހެޔޮ އެދޭ ނަމަ އެމްޑީޕި އަށް ވޯޓު ދޭން ޖެހޭ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ރާއްޖެ ހަމަ މަގަށް ނޭޅި އެއްވެސް މީހަކަށް ލިބޭނެ އުފަލެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު