Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ގާޑިއޯލާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު: ކްލޮޕް

ކްލޮޕްގެ ޙަޔާތުގައި ވެސް ފެނުނު އެންމެ ތަފާތު ކޯޗަކީ ގާޑިއޯލާ ކަމަށް ވެސް އޭނާ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މާރިޗު 2024 | ހޮނިހިރު 00:48
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަދި ސިޓީގެ ކޯޗު ގާޑިއޯލާ

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަދި ސިޓީގެ ކޯޗު ގާޑިއޯލާ

މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ޕެޕް ގާޑިއޯލާ އަކީ، ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ކްލޮޕް މިހެން ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ސިޓީއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ސިޓީއާ ދެކޮޅަށް ނިކުންނައިރު، ލީގު ތާވަލްގެ އެއް ވަނައިގައި ލިވަޕޫލް އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ. ދެ ވަނައިގައި އޮތީ ސިޓީ އެވެ.

އެ މެޗުގެ ކުރިން ގާޑިއޯލާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ، އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު ކަމަށެވެ. އަދި ކްލޮޕްގެ ޙަޔާތުގައި ވެސް ފެނުނު އެންމެ ތަފާތު ކޯޗަކީ ގާޑިއޯލާ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ކްލޮޕް ބުނީ، ފުޓުބޯޅައިގައި ގާޑިއޯލާ އަކީ ކިހާ ވަރެއްގެ މީހެއްކަން ފެންނަން އޮތް ކަމަށެވެ. އެގޮތުން ގާޑިއޯލާ ވަނީ މިހާތަނަށް ގިނަ ތަށިތަކެއް ކާމިޔާބު ކޮށްފައި ކަމަށާއި، ނަމަވެސް އޭނާ މަސައްކަތް ކުރަމުން އަންނަނީ އެއްވެސް އެެއްޗެއް ކާމިޔާބު ނުވާ މީހެއް ގޮތަށް ކަމަށް ވެސް ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ގާޑިއޯލާގެ މުޅި ކެރިއަރުން ވެސް ފެންނަން އޮތީ ކާމިޔާބު ކަމަށާއި، ކޮންމެ ކުލަބެއްގައި ވެސް އޭނާ އަންނަނީ ތަފާތު ރޫޙެއް ދައްކަމުން ކަމަަށެވެ. އެހެންކަމުން އަބަދު ވެސް ގާޑިއޯލާ އަށް ފުރިހަމަ އިޙުތިރާމް އޮންނާނެ ކަމަށް ކްލޮޕް ބުންޏެވެ.

ޖަރުމަނުގެ ބަޔާން ދޫކޮށްލުމަށްފަހު، ގާޑިއޯލާ ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބާއެކު 16 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ސިޓީގެ ތާރީޚުގައި އެ ޓީމުން ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ ވެސް ގާޑިއޯލާގެ އިރުޝާދުގެ ދަށުން، މިދިޔަ ސީޒަންގަ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު