Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާޑުގެ ބާވަތްތައް ދޫކުރުން

ރޯދަ މަހާއި ދިމާކޮށް ގޭބިސީތަކަށް ހަދިޔާކުރާ ކާޑުގެ ބާވަތްތައް މާދަމާ ދޫކުރަން ފަށަނީ

8 މާރިޗު 2024 | ހުކުރު 07:34

މާލޭގެ 7 ސަރަހައްދަކުން ކާޑު ދޫކުރުމަށް ހަމަޖެހިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 މާރިޗު 2024 | ހުކުރު 07:34
އެސްޓީއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ޑެލިވަރީ ކުރުމުގައި

އެސްޓީއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ޑެލިވަރީ ކުރުމުގައި

ރޯދަ މަހާއި ދިމާކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ ކާޑުގެ ބާވަތްތައް ހޮނިހިރު ދުވަހު ދޫކުރަން ފަށާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ބައެއް މީޑިއާތަކަށް މިނިސްޓަރު ވިދާޅުވީ ކާޑުގެ ބާވަތްތައް ހިފައިގެން މާލޭގެ ވިޔަފާރި ބަނދަރަށް މިމަހުގެ 5 ވަނަ ދުވަހު ބޯޓު ވަދެފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެ ތަކެތި ހިފައިގެން ސަޕްލައި ދޯނިތައް ރަށްރަށަށް ފުރަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކާޑުގެ ބާވަތްތައް ބަލާ ދިއުމަށް، ކަމާގުޅޭ ފަރާތްތަކުން ގުޅާނެ ކަމަށާއި ހޮނިހިރު ދުވަހުގެ ކާޑުގެ ބާވަތްތައް ދޫކުރަން ފަށާނެ ކަމަށެވެ.

ގޭބީސިތަކަށް ކާޑުގެ ބާވަތްތައް ހަދިޔާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޓީއޯއެވެ.

އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި މާލެ ސަރަހައްދުގައި ހޮނިހިރު ދުވަހުން ފެށިގެން ކާޑުގެ ބާވަތްތައް ދޫކުރާއިރު، އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްތަކުން އެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. އަދި ރޭގަނޑު 8:30ން 11:00އަށެވެ. ރޯދަ މަހު ކާޑު ދޫކުރާނީ ހެނދުނު 9:30ން މެންދުރު 1:00ށް އަދި ރޭގަނޑު 9:00ން 11:30 އަށްކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

މާލޭގެ 7 ސަރަހައްދަކުން ކާޑު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލެ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާއި ބެހޭ ބައިން، ސޯޝަލް ސެންޓަރު، ވިލިމާލޭ ބިއްރި މިސްކިތުގެ ހޯލް، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އުމަރު ޒާހިރު ބިލްޑިންގ އަދި ދެވަނަ ފިޔަވަހީގެ 10 ވަނަ ހިޔާ ފްލެޓުގެ ޔޫތު ސެންޓަރުންނެވެ.

ކާޑުގެ ބާވަތްތައް ދޫކުރާނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ކާޑު ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނޯޓު ކުރުމަށްފަހު ކަމަށް އެސްޓީއޯއިން ބުނެއެވެ.

ސަރުކާރުން ބަހާ ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހީންނަށެވެ.

މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ބަސްތާއެއް ހަދިޔާކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

އިންތިހާބާ ދިމާކޮށް ގާސިމާއި ޕާޓީގެ އިސް ބޭފުޅުން ފުލުހަށް ހާޒިރުކުރާތީ ޖޭޕީން ކަންބޮޑުވުން ފާޅުކޮށްފި

05 މެއި 2017
އިންތިހާބާ ދިމާކޮށް ގާސިމާއި ޕާޓީގެ އިސް ބޭފުޅުން ފުލުހަށް ހާޒިރުކުރާތީ ޖޭޕީން ކަންބޮޑުވުން ފާޅުކޮށްފި
04 މެއި 2017

ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

04 މެއި 2017
ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
26 އެޕްރީލު 2017

ރެޑްވޭވް ރޯދަ ސޭލް ފަށައިފި

26 އެޕްރީލު 2017
ރެޑްވޭވް ރޯދަ ސޭލް ފަށައިފި
20 އެޕްރީލު 2017

އިންތިހާބާއި ދިމާކޮށް ކާޑާއި ތެލުގެ އަގު ހެޔޮކުރަން ނިންމައިފި

20 އެޕްރީލު 2017
އިންތިހާބާއި ދިމާކޮށް ކާޑާއި ތެލުގެ އަގު ހެޔޮކުރަން ނިންމައިފި
10 އެޕްރީލު 2017

އިންތިޚާބާ ދިމާކޮށް ރޭޑިއޯ ޓީވީތަކުން ގެނެސްދޭ ކޮންޓެންޓް މޮނިޓަރ ކުރަން ފަށައިފި

10 އެޕްރީލު 2017
އިންތިޚާބާ ދިމާކޮށް ރޭޑިއޯ ޓީވީތަކުން ގެނެސްދޭ ކޮންޓެންޓް މޮނިޓަރ ކުރަން ފަށައިފި
04 އެޕްރީލު 2017

މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި

04 އެޕްރީލު 2017
މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި
26 މާރިޗު 2017

ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!

26 މާރިޗު 2017
ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!
22 މާރިޗު 2017

މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

22 މާރިޗު 2017
މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި
19 މާރިޗު 2017

މަސީހްގެ ވޯޓާ ދިމާކޮށް ނަޝީދު ލަންކާއަށް

19 މާރިޗު 2017
މަސީހްގެ ވޯޓާ ދިމާކޮށް ނަޝީދު ލަންކާއަށް
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް