Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރި ދެމީހަކު ބަންދުކޮށްފި

ފާހާނާ ތައްޓަށް އަޅައި މަސްތުވާތަކެތި ނައްތާލަން މަސައްކަތްކޮށްފައިވާކަމުގެ ހެކި ހުށަހަޅާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 މާރިޗު 2024 | ހުކުރު 08:02
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި - ފައިލް ފޮޓޯ

ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި - ފައިލް ފޮޓޯ

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރި ދެމީހަކު ބަންދުކޮށްފިއެވެ.

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރި މައްސަލައިގައި ބަންދުކޮށްފައިވަނީ 26 އަހަރުގެ އަންހެނަކާއި 30 އަހަރުގެ ފިރިހެނެވެ. މި ދެމީހުންނަކީ ވެސް ދެ ދިވެހިންނެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔާފާރިކުރާކަމުގެ ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލައިގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކުށް މި ދެމީހުް ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި އިތުރު ހެކި ހުށަހަޅާފައިވާ ކަމަށެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ. އަދި ޝަރިއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 1 އަދި 3 ގައިވާ ކަންކަން ފުރިހަމަވާ ކަމަށް ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފާހާނާ ތައްޓަށް އަޅައި މަސްތުވާތަކެތި ނައްތާލަން މަސައްކަތްކޮށްފައިވާކަމަށް ފޮޓޯތަކުން ފެންނަ ކަމަށް އައިއޯ ފާހަގުރިނަމަވެސް އެކަމަށް ބާރުދޭ ހެއްކެ (ފޮޓޯއެއް ނުވަތަ ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގައި އެފަދަ ވާހަކައެއް ނެތް) ޝަރީއަތްކުރާ މަޖިލީހަށް ހުށަހެޅިފައި ނެތެވެ.

މި ދެމީހުންނަންވެސް ދީފައިވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އަދި ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

21 މާރިޗު 2017
ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
24 ފެބުރުއަރީ 2017

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު