Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެހިކަލްތައް ޓޯކުރުން

ވެހިކަލްތައް ޓޯކުރަން ފެށީ ރަމަޟާން މަހަށް ކަންކަން ހައްލުކުރުމަށްޓަކައި - ފުލުހުން

5 މާރިޗު 2024 | އަންގާރަ 15:23

ފުލުހުން ވަނީ ޕާކިންގ ޒޯން ފިޔަވައި އެހެން ތަނެއްގައި ޕާކު ނުކުރުމަށް އިލްތިމާސްކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 މާރިޗު 2024 | އަންގާރަ 15:23
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާއީލް ނަވީން

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާއީލް ނަވީން

ވެހިކަލްތައް ޓޯކުރަން ފެށީ، ރަމަޟާން މަހަށް ކަންކަން ހައްލުކުރުމަށްޓަކައި ކަމަށް ފުލުހުން ބުނެފިއެވެ.

ވެހިކަލްތައް ޓޯކުރަން ފެށުމާއި ގުޅޭގޮތުން ފުލުހުން މީގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، މާލޭ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކްކުރުމުގެ މައްސަލައަކީ ވަރަށް ބޮޑަށް ދިމާވާ މައްސަލައެއް ކަމަށެވެ. އާއްމުން ހިނގާ މަގުތަކުގެ ޕޭވްމަންޓް މަތީގައިވެސް އުޅަނދުތައް ޕާކްކޮށްފައި ވާކަމަށް ނަވީން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ގަވާއިދާ ޚިލާފަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ތެރެއިން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ޓޯކުރާ އުޅަނދުތަކާމެދު އަމަލުކުރާނީ ގާނޫނާ އެއްގޮތަށް ކަމަށާއި، ނައްތާލަންޖެހޭ އުޅަނދުތައް އެ ހާލަތުގައި ނައްތާލާނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަަމަށް ނަވީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ސަރަހައްދާ ނުބައްދަލު މިންވަރަށް މާލޭ ސަރަހައްދުގައި އުޅަނދުތައް އެބަހުރި ކަމަށް ހޯމް މިނިސްޓަރު އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކްކުރުމުގެ ސަބަބުން ޓްރެފިކް ފްލޯއަށް ބާރު ބޮޑުވާކަަން އިހުސާން ވަނީ ފާހަގަކުރައްވާފައެވެ. އިހުސާން ވިދާޅުވީ، ވެހިކަލްތައް އިތުރުވެ ޓްރެފިކަށް ދިމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ކަމަށާއި، އެކަން އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ޓޯކުރުމަކީ އެކަމަށް ވަގުތީގޮތުން ހައްލު ލިބޭނެ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ. ހަމަ އެހެންމެ، ގަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ޓޯކުރަނީ ޒިންމާދާރުކަން ކުޑަކޮށް ޕާކްކޮށްފައި ހުރުމަށް ހައްލު ހޯދުމަށް ކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.

މާލެއާއި ހުޅުމާލެ ފޭސް 1 އަދި 2ގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު މި މަހުގެ 7 ވަނަ ދުވަހުގެ ފަހުން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި ގްރީން ޒޯން، ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތައް، މަގުތަކާއި ގޯޅިތަކުގެ ކަންމަތި، ސްކޫލް ހިމެނޭ ސަރަހައްދުތައް، އޮފީސް އިމާރާތްތައް، ހޮސްޕިޓަލްތައް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކުރެވިފައިވާ ތަންތަން، އަދި މިސްކިތްތަކާއި އާންމު ގޭބީސީތަކާއި ގަރާޖުތަކަށް ވަދެނުކުންނަ ފަރާތްތަކަށް ދަތިވާނެހެން ޕާކްކުރާ އުޅަނދު ފަހަރު ޓޯކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ޕާކިންގ ޒޯން ފިޔަވައި އެހެންތަނެއްގައި ޕާކު ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

17 މެއި 2017

މަގު ހެދުމުގެ މަސައްކަތް ރޯދަ މަހަށް މެދު ކަނޑާލައިފި

17 މެއި 2017
މަގު ހެދުމުގެ މަސައްކަތް ރޯދަ މަހަށް މެދު ކަނޑާލައިފި
14 މެއި 2017

ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި

14 މެއި 2017
ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި
04 މެއި 2017

ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

04 މެއި 2017
ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
16 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

16 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
13 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
12 މާރިޗު 2017

ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ

12 މާރިޗު 2017
 ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް