Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

ފޮނި ހުވަފެންތަކެއްގައި ކުލަ ޖައްސަމުން ދިޔަ އަތުން މިއަދު ކޮންނަން ޖެހެނީ ކަށްވަޅު...

ކޮންމެ ދުވަހަކީވެސް އިތުރު އެތައް ބައެއްގެ ޤަބުރުތައް ގެންނާނެ ދުވަހެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 މާރިޗު 2024 | އަންގާރަ 11:08
އިބްރާހީމް އަޙްމަދު؛ ޢިމާރާތް ކުރުމުގެ މަސައްކަތުން ކަށްވަޅު ކޮނުމަށް ބަދަލުވި މީހެއް

އިބްރާހީމް އަޙްމަދު؛ ޢިމާރާތް ކުރުމުގެ މަސައްކަތުން ކަށްވަޅު ކޮނުމަށް ބަދަލުވި މީހެއް

ނިރުބަވެރި އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ނަސްލު ދޮވެލުމުގެ ޤަތުލުޢާންމުގައި ފާއިތުވެ ދާ ކޮންމެ ދުވަހަކީވެސް ލާއިންސާނީ އެތައް މަރެއް، ދިރިތިބީން ދެކެމުން ދާ ދުވަހެކެވެ. އެޔެއް މިޔެއް ބެލުމެއް ނެތި، އެއްގަމާއި ކަނޑާއި ވައިގެ މަގުން އިޒްރޭލުން ދެމުންދާ ޙަމަލާތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މި ދުނިޔެއާ ވަކިވެގެން ދާ ކަމީ، އިބްރާހީމް އަޙްމަދުގެ ސިކުނޑީގައި، ބަރު ކޮންޓްރީޓްގަނޑެއްހެން ބިންވަޅު ނެގިފައި އޮންނަ ހަނދާނަކަށް ވަނީ ވެފައެވެ. މީގެ ކުރިން، ޢިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުނު އިބްރާހީމް އަޙްމަދުގެ މިހާރުގެ މަސައްކަތަކީ، ޤަތުލުޢާންމުގެ ތެރޭގައި މި ދުނިޔެއާ ވަކިވެދާ މީހުން ވަޅުލުމަށްޓަކައި، ކަށްވަޅު ކޮނެދިނުމެވެ.

2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާގެ ގިނަ މީހުން ފަދައިން، އިބްރާހީމްއަކީވެސް މިއަދު އުފަން ވަޒަނުގައި ރެފިއުޖީއެވެ. ވަގުތީ ހިޔާވަހިކަން ހޯދަނީ، މުޅި ޣައްޒާގެ ޢާބާދީހެން އެތަނަކަށް ޖަމާވެފައި އޮތް ދެކުނުގެ ރަފަޙުގައެވެ. ދުވަސްތައް ގުނަމުން ދަނީ ރަފަޙު ސަރަޙައްދުގައި ހުންނަ ތާލް އަލް-ސުލްޠާން ޤަބުރުސްތާނުގައެވެ. ވެލި ބޯވެފައިވާ އެ ޤަބުރުސްތާނުގެ ވާދީގައި ސަފުސަފަށް ކޮންނަ ވަޅުތައް ފާހަގަ ކުރަން މިއަދު ބޭނުން ކުރަނީ ސިމެންތި ގަލެވެ. މަހާނަ ގައު ލިބުން ދަތި ވީމައެވެ.

ފޮނި ހުވަފެންތަކާ ގުޅިފައިވި ޢިމާރާތްތައް އެޅުމުގެ މަސައްކަތުން، ކަށްވަޅު ކޮނުމުގެ މަސައްކަތަށް ބަދަލުވުމަކީ މީހެއްގެ ޟަމީރަށް ކިހާ ފުން އަސަރުތަކެއް ކުރުވާނެ ކަމެއްކަން ވަޒަންކޮށްލެވޭނީ އެފަދަ ކަމެއް ތަޖުރިބާ ކުރި މީހަކަށެވެ. ދުނިޔެ މައްޗަށް އަލިވިލޭ ކޮންމެ ދުވަހަކީ އެތައް ބައެއްގެ ފުރާނަ ނެތް މަސްގަނޑު، އިބްރާހީމްއަށް ފެންނަ ދުވަހެކެވެ. ޖަނާޒާތަކުގައި ގިސްލާ، ރޮއި ހިތާމަ ކުރަމުންދާ އެތައް ބަޔަކާ ބައްދަލު ވާން މަޖުބޫރު ކުރުވާ ދުވަހެކެވެ.

އިޒްރޭލުން ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފެށީ، ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުން، އޮކްޓޯބަރ 7 ވަނަ ދުވަހު ދިން ކުއްލި ޙަމަލާގެ ރައްދުގައި ކަމަށް ބުނެއެވެ. ޙަމާސްގެ ޙަމަލާގައި އިޒްރޭލުން 1200 މީހެއްގެ ފުރާނަ ގެއްލުނު އިރު، 253 މީހަކު ރަހީނުންގެ ގޮތުގައި ގެންދިޔައެވެ. ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން ބަޔަކު މިހާރުވެސް ވަނީ ދޫކޮށްލާފައެވެ. މި ދުނިޔެއިން ޙަމާސްގެ ވަސްވެސް ފޮހެލާނެ ކަމަށް ވަޢުދުވަމުން އިޒްރޭލުން ޤަތުލުޢާންމު ހިންގަން ފެށީ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭގެ ފަހުން މިހާތަނަށް ޙަމަލާތައް މަޑުޖައްސާލީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި، ހަފުތާއެއްހާ ދުވަހުގެ މުއްދަތަށެވެ. ޤަތުލުޢާންމަށް 5 މަސް ވާން ކައިރިވެފައި ވާއިރު، ޣައްޒާއިން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 30000 އަށް ވުރެ މައްޗަށް އަރާފައެވެ. އެއީ ޣައްޒާގެ ޢާބާދީގެ 1.3 ޕަސެންޓް ހާ މީހުންނެވެ. ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮންމެ ދުވަހަކީވެސް އިތުރު އެތައް ބައެއްގެ ޤަބުރުތައް ގެންނާނެ ދުވަހެއް ކަން މިއަދު އިބްރާހީމް ޤަބޫލު ކުރެއެވެ. ދަރުމައަށް މަސައްކަތް ކުރާ ވަޅު ކޮންނަ މީހުންވެސް އެކަން ޤަބޫލު ކުރެއެވެ. އެ ފިކުރުގައި، ދުރާލާ ވަޅުތައްވެސް ހުންނަނީ ކޮނެފައެވެ. މިއީ ބަލައިލަން ހަމަ ގައިމުވެސް ހިތަށް މާ ފަސޭހަ ވާނެ މަންޒަރެއް ނޫނެވެ.

އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުން ޣައްޒާގެ ރަށްވެހިން މަހްރޫމުކޮށް، ސަލާމަތާއި ރައްކާތެރިކަން ލިބޭނެ އެންމެ ތަންފުކެއް ނުބާއްވާ، ނިރުބަވެރި އިޒްރޭލުން ޣައްޒާ ހަފުސް ކުރަމުން ދާއިރު، މިއިން ދުވަހަކު އެ ޖަރީމާ ހުއްޓާލަފާނެ ކަމުގެ އިޝާރާތެއް އަދި ނުލިބެއެވެ. ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތިވެސް އަތުގައި ނެތް ބަޔަކާ ދެކޮޅަށް، އަސްކަރީ ބަރު ހަތިޔާރުގެ ބާރުގެ ބޭނުން ކޮށްގެން އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާގައި، މި ފަހަކަށް އައިސް ޢާންމު މަދަނީ ރަށްވެހިން މަރުވާ ނިސްބަތް އިތުރު ވެފައި ވާ ކަން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
ހާރުކައިގެން ނިދަން ދިޔަ އިއްސެ މަރައިލީ ތޫނު އެއްޗަކުން ފުން ޒަޚަމްތަކެއް ކޮށްލައިގެން!

ހާރުކައިގެން ނިދަން ދިޔަ އިއްސެ މަރައިލީ ތޫނު އެއްޗަކުން ފުން ޒަޚަމްތަކެއް ކޮށްލައިގެން!

17 ޖޫން 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު