Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ގާޑިއޯލާގެ ލަފާ ބާސެލޯނާއިން ގަބޫލުނުކުރާނެ

އޭނާގެ ލަފައަކީ ޑިޒާބީ ކޯޗަކަށް ގެނައުން

ރާއްޖެ އެމްވީ | 4 މާރިޗު 2024 | ހޯމަ 08:27
ޕެޕް ގާޑިއޯލާ

ޕެޕް ގާޑިއޯލާ

އަންނަ ސީޒަނަށް ކޯޗަކު ހޯދުމުގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދީފައިވާ ލަފާ ބާސެލޯނާއިން ގަބޫލުނުކުރާނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެފި އެވެ.

ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ އަކީ އެ ކުލަބުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ގާޑިއޯލާގެ ލަފާ ކަންކަމުގައި ވަރަށް ބޮޑަށް ހޯދާ މީހެކެވެ. މި ގޮތުން އޭނާ ވަނީ ޒަވީ ހަނާންޑޭޒް މި ސީޒަނަށް ފަހު ކުލަބުން ވަކިވާތީވެ އައު ކޯޗަކު ހޯދުމުގައި ގާޑިއޯލާއާ މަޝްވަރާކޮށްފަ އެވެ.

މި ގޮތުން ގާޑިއޯލާ ދީފައިވާ ލަފައަކީ ބާސެލޯނާގެ ކޯޗުކަމަށް އިނގިރޭސި ޕްރެމިއާ ލީގުގެ ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑިޒާބީ ގެނައުމަށެވެ. ނަމަވެސް މި ލަފާ ގަބޫލުނުކުރަން ލަޕޯޓާ ނިންމީ ޑިޒާބީ އަކީ ޔޫރަޕުގައި ކާމިޔާބީތަކެއް ހޯދާފައިވާ މީހަކަށް ނުވުމުންނެވެ.

ލަޕޯޓާ ބޭނުންވަނީ ބާސެލޯނާގެ ކޯޗުކަމަށް ތަޖުރިބާކާރު އަދި ޔޫރަޕުގައި ކާމިޔާބު ހޯދައި ފެންވަރު ސާބިތުކޮށްދީފައިވާ ކޯޗެކެވެ. ސަބަބަކީ އެފަދަ ކޯޗަކަށްނޫނީ ބާސެލޯނާގެ ކޯޗުކަމުގައި ހިފަހައްޓާލަން ދަތިވާނެތީ އެވެ. އެއީ ކުލަބުގެ ސަޕޯޓަރުން ކާމިޔާބު ހޯދަން ބޭނުންވެފައި ތިބުމާއެކު ބާސެލޯނާގެ ކޯޗުކަމުގައި ކޮންމެ ކޮންމެ މީހަކަށް ހިފަހައްޓާލަން ދަތިވާނެތީ އެވެ.

މިވަގުތު ލަޕޯޓާގެ ލިސްޓުގައި ތިބި ކޯޗުންނަކީ ޖަރުމަނުގެ ބަޔާން މިއުނިކްގެ ކުރީގެ ދެ ކޯޗުކަން ކަމަށްވާ ހަންސީ ފްލިކާއި ހޫލިއަން ނާގަލްސްމަން އެވެ. މީގެ ތެރެއިން ނާގަލްސްމަން އަކީ ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗެވެ. މި ދެ ކޯޗުންގެ އިތުރުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އިތުރުން ޕީއެސްޖީގެ ކޯޗު އަދި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އަކީ ވެސް ބާސެލޯނާ ޝައުގުވެރިވާ ކޯޗުންނެވެ. މީގެ ތެރެއިން އެންރީކޭ އަކީ ޒަވީގެ ކުރިން ބާސެލޯނާ އަށް ގެނައުމަށް ލަޕޯޓާ އަށް ގާޑިއޯލާ އިރުޝާދުދީފައިވާ ކޯޗެކެވެ. އެންރީކޭ ވަނީ ބާސެލޯނާގައި ކާމިޔާބު ތިން އަހަރު ހޭދަކޮށްފަ އެވެ.

ބާސެލޯނާ އަށް ކޯޗަކު ހޯދުމުގައި މާލީ ގޮތުން ވެސް ދަތިތަކެއް އެބަހުއްޓެވެ. މިހެންވެ އިތުރު ސީޒަނެއްގައި ޒަވީ ބަހައްޓަން ކުލަބުން ދަނީ އޭނާއާ މަޝްވަރާ ވެސް ކުރަމުންނެވެ. ނަމަވެސް މިކަމުގައި މިހާތަނަށް ކުރިއެރުމެއް ނުލިބެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެމްޕިއަންސް ލީގު: ހަނިގޮތަކަށް ސްލަވިއާ ޕްރާގް އަތުން މޮޅުވެ ބާސެލޯނާއިން ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފި

ޗެމްޕިއަންސް ލީގު: ހަނިގޮތަކަށް ސްލަވިއާ ޕްރާގް އަތުން މޮޅުވެ ބާސެލޯނާއިން ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފި

24 އޮކްޓޯބަރު 2019
ސްޕެނިޝް ލަލީގާ: 10 ކުޅުންތެރިންނާއެކު ކުޅުނު ބާސެލޯނާއިން ގެޓާފޭ ބަލިކޮށްފި

ސްޕެނިޝް ލަލީގާ: 10 ކުޅުންތެރިންނާއެކު ކުޅުނު ބާސެލޯނާއިން ގެޓާފޭ ބަލިކޮށްފި

29 ސެޕްޓެމްބަރު 2019
ރެއާލް ބެޓިސްއާއި ދެކޮޅަށް ބާސެލޯނާއިން ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ

ރެއާލް ބެޓިސްއާއި ދެކޮޅަށް ބާސެލޯނާއިން ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ

20 އޯގަސްޓު 2019
އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓާއެކު ގާޑިއޯލާގެ ފާޑުކިޔުން ފީފާއަށް

އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓާއެކު ގާޑިއޯލާގެ ފާޑުކިޔުން ފީފާއަށް

04 އޯގަސްޓު 2019
ބާސެލޯނާއިން ނޭމާ ގަތުމަށް 40 މިލިއަން ޕައުންޑް އަދި ކުޓީނިއޯ އާއި ޑެމްބަލޭ ދޭން ތައްޔާރު

ބާސެލޯނާއިން ނޭމާ ގަތުމަށް 40 މިލިއަން ޕައުންޑް އަދި ކުޓީނިއޯ އާއި ޑެމްބަލޭ ދޭން ތައްޔާރު

16 ޖުލައި 2019

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު