Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޓާސްޓެގަން ވިއްކާލަނީ

4 މާރިޗު 2024 | ހޯމަ 05:38

ބާސެލޯނާއިން ބޭނުންވަނީ ޒުވާން ކުޅުންތެރިންނަށް އިސްކަންދޭން

ރާއްޖެ އެމްވީ | 4 މާރިޗު 2024 | ހޯމަ 05:38
ބާސެލޯނާ އިން ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާ އިން ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާއިން މި ސީޒަނަށް ފަހު ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން ވިއްކާލުމުގެ ހިޔާލު ވަރަށް ބޮޑަށް ގެންގުޅެން ފަށައިފި އެވެ.

ސްޕޭނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިކަމުގައި ވަރަށް މުހިންމު ތިން ސަބަބެއްވެ އެވެ. ފުރަތަމަ ކަމަކީ ޓާސްޓެގަންގެ އުމުރުން މިހާރު 33އަށް އެޅެމުންދިއުމާއެކު މިވަގުތު އޭނާ ވިއްކާނުލައިފިނަމަ ރަނގަޅު އަގެއް ނުލިބިދާނެތީ އެވެ. ޓާސްޓެގަން ގަތުމަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ސައޫދީ އަރަބިއްޔާގެ ކުލަބުތަކުންނެވެ. އެގައުމުގެ އަލް ހިލާލުން ވަނީ އޭނާ ގަތުމަށް 30 މިލިއަން ޕައުންޑް ބާސެލޯނާ އަށް ހުށަހަޅަން ތައްޔާރުކަމަށް ބުނެފަ އެވެ. ބާސެލޯނާއިން ދެކޭ ގޮތުގައި ލަސްކޮށްފިނަމަ މި އަދަދު ފަހުން ލިބުމަކީ ދުރުކަމެކެވެ.

ދެ ވަނަ ކަމަކީ ކުލަބުގެ އެކަޑަމީން ތަމްރީނުވި ކީޕަރު އިނާކީ ޕެންޔާ އަށް ފުރުސަތުދޭން ކުލަބުގެ މެނޭޖްމަންޓުން ބޭނުންވުމެވެ. ޕެންޔާ ވަނީ ހުސްވި ސީޒަނުގައި ތުރުކީގެ ގަލަޓަސަރާއީއަށް ލޯނު އުސޫލުން ބަދަލުވެ މޮޅަށް ކުޅެފަ އެވެ. އަދި ޓާސްޓެގަން އަނިޔާގައި ހުރި ދުވަސްވަރު އޭނާ ވަނީ ބާސެލޯނާގެ ޖާޒީގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ޖަރުމަނުގެ ކީޕަރު ޓާސްޓެގަން ވިއްކާލަން މަސައްކަތް ކުރާ ތިން ވަނަ ސަބަބަނީ ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން ބޮޑު މުސާރަ ލިބޭ ކުޅުންތެރިން މަދުކޮށް، އެކަޑަމީން ތަމްރީނުވާ ކުޅުންތެރިންނަށް އިސްކަންދިނުމުގެ ޕްލޭން ތަންފީޒުކުރަން ބޭނުންވުމެވެ.

ކުލަބުތެ ރައީސް ޖޯން ލަޕޯޓާ ދެކޭ ގޮތުގައި ބާސެލޯނާގެ މާލީ ހާލަތުން އަރައިގަނެވި ކުރިމަގަށް ރަނގަޅު ޓީމެއް ބިނާކުރެވޭނީ އެކަޑަމީން ތަމްރީނުވާ ޒުވާން ކުޅުންތެރިންނަށް އިސްކަން ދީގެންނެވެ. ޓާސްޓެގަން އަކީ މޮޅު އަދި ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ ކީޕަރެއް ނަމަވެސް އޭނާގެ އުމުރު މަތިވަމުންދިއުމާއި، ބޮޑު މުސާރަ އަކީ މިވަގުތު ބާސެލޯނާއަށް މައްސަލައަކަށްވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2019

ޖެނުއަރީ ޓްރާންސްފާގައި ބާސާއިން ރަކިޓިޗް ވިއްކާލަނީ

13 އޮކްޓޯބަރު 2019
ޖެނުއަރީ ޓްރާންސްފާގައި ބާސާއިން ރަކިޓިޗް ވިއްކާލަނީ
17 ޖޫން 2019

ޕީއެސްޖީން ނޭމާ ވިއްކާލަނީ

17 ޖޫން 2019
ޕީއެސްޖީން ނޭމާ ވިއްކާލަނީ
13 މެއި 2019

ބާސާއިން ކުޓީނިއޯ ޗެލްސީއަށް ވިއްކާލަނީ

13 މެއި 2019
ބާސާއިން ކުޓީނިއޯ ޗެލްސީއަށް ވިއްކާލަނީ
06 މެއި 2019

ޔުވެންޓަސްއިން ޑިބާލާ ވިއްކާލަނީ

06 މެއި 2019
ޔުވެންޓަސްއިން ޑިބާލާ ވިއްކާލަނީ
16 ޖެނުއަރީ 2019

ޔުނައިޓެޑުން ފެލައިނީ ވިއްކާލަނީ!

16 ޖެނުއަރީ 2019
ޔުނައިޓެޑުން ފެލައިނީ ވިއްކާލަނީ!
24 ޑިސެމްބަރު 2017

ރެއާލް އިން ބެންޒެމާ ވިއްކާލަނީ!

24 ޑިސެމްބަރު 2017
ރެއާލް އިން ބެންޒެމާ ވިއްކާލަނީ!
20 ޑިސެމްބަރު 2017

ހެބެއި ޗައިނާ އަށް މަޝަރާނޯ ވިއްކާލަނީ!

20 ޑިސެމްބަރު 2017
ހެބެއި ޗައިނާ އަށް މަޝަރާނޯ ވިއްކާލަނީ!
21 ނޮވެމްބަރު 2017

ނިއުކާސަލް ޔުނައިޓެޑް ވިއްކާލަނީ!

21 ނޮވެމްބަރު 2017
ނިއުކާސަލް ޔުނައިޓެޑް ވިއްކާލަނީ!
30 އޯގަސްޓު 2017

ސަންޗޭޒް ސިޓީއަށް ވިއްކާލަނީ

30 އޯގަސްޓު 2017
ސަންޗޭޒް ސިޓީއަށް ވިއްކާލަނީ
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް