Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޒުލްފާއެވެ. މަގާމަށްޓަކައި އަމިއްލަ ޒަމީރުވެސް ވިއްކާލެއްވީހެއްޔެވެ.

އެލްޖީއޭއިން ނެރުނު ބަޔާން ގާނޫނައި ހިލާފު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 މާރިޗު 2024 | ބުދަ 14:25
ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ

މި ސަރުކާރު ވެރިކަމަށް އައީ ކައުންސިލްތަކުގައި ތަޅު ނާޅުވާނެކަމުގެ ވައުދާއެކުއެވެ. ކައުންސިލްތައް ބާރުވެރިކުރާނެކަމުގެ ވައުދާއެކުގައެވެ. އަދި އެކަމަށް ވަކި މިނިސްޓްރީއެއްވެސް ހެދިއެވެ. އެ މިނިސްޓްރީގެ ދަށުން އެލްޖީއޭ ހިންގަން ފެށުމުން ކަންކަން ރަނގަޅުވާނެކަމަށް ބަޔަކު މީހުން ގަބޫލުކުރިއެވެ.

އަދި އެކަން ގިނަ ބަޔަކު ގަބޫލުކުރީވެސް އެލްޖީއޭގެ ސީއީއޯގެ މަގާމަށް ލާމަރުކަޒީ ނިޒާމަށް ފައްކާވެ އެކަމަށް ވަކާލާތުކުރާ މީހަކު އައްޔަން ކުރުމުންނެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ އައްޔަން ކުރުމުގެ ކުރިން އޭނާ ވިދާޅުވަމުން އައީ ލާމަރުކަޒީ މިނިސްޓްރީ ގާނޫނާ ހިލާފު ވާހަކައެވެ. ނަމަވެސް އެކަމުގެ ރާގު ބަދަލުވީ މަގާމު ލިބުނު ހިސާބުންނެވެ. ރިޔާސީ އިންތިހާބުގެ ފަހަކާ ޖެހެންދެންވެސް ޒުލްފާ ގެންދެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހަށް ތާއިދުކުރައްވަމުންނެވެ. ނަމަވެސް މަގާމު ލިބިވަޑައިގަތުމާއެކު އެކަން ބަދަލުވިއެވެ.

ލާމަރުކަޒީ ނިޒާމަށް އެހާ ފައްކާވެފައި ހުރި މީހަކު ހަމަ ގަސްދުގައި ކޮންމެ ކޮންމެ ކަމެއް ނުކުރައްވާނެއެވެ. މަގާމަށްޓަކައި ރާގު ބަދަލުވުމަކީ ވަކި ކަމެކެވެ. މިފަހަރު މިވީ އެކަހަލަ ގޮތެކެވެ. އެލްޖީއޭގެ ސީއީއޯގެ މަގާމާއެކު ޒުލްފާ ގަބޫލުކުރައްވަމުން އައި ހަމަތައްވެސް ވަޅުލީއެވެ. މިހެން ބުނަންޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ.

ރަސްމީ ދަތުރުފުޅުގެ ނަމުގައި ސިޔާސީ ކެމްޕޭނަށް ވަޑައިގެން އޮޅުވާލައްވާ އަމިއްލަ ޕާޓީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުން ބަލައި ނުގަނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން އަނބުރާ ނަގައި އެއީ ރައީސްގެ ކަރާމާތަށް ކުޑައިމީސް ބުނުން ކަމަށް ޒުލްފާއަށް ފެނިވަޑައިގެންނެވި ހިސާބުން ދެން މި އެނގިގެންދަނީ މަގާމަށްޓަކައި އަމިއްލަ ޒަމީރުވެސް އަދި ގަބޫލުކުރައްވާ ހަމަތައްވެސް މީހަކު ވިއްކާލާނެކަމެވެ.

މި ސަރުކާރުން ކައުންސިލްތަކުގެ މިނިވަންކަމަށް އަރައިގަނެ، ކައުންސިިލަށް ބާރު ފޯރުވުމުގެ ފުރަތަމަ މަރުހަލާފައި ޒުލްފާގެ ބައިވެރިވުން އެބައޮތެވެ. ސަބަބަކަށްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީއެއް އޮތް ގޮތަށް ހާމަކޮށް، ކެނދިކުޅުދޫ ކައުންސިލަށް ބިރުދެއްކުމެވެ. އެބަޔާން ނެރުމާއެކު އެލްޖީއޭ ހޫނުފެނަށް ވެއްޓި އެންމެ ފަހުން ގޮސް ހުސްވެގެން ދެން އިތުރު ވާހަކައެއްވެސް ނުދައްކައެވެ.

އެލްޖީއޭގެ މި ފިނޑި އަމަލާއެކު ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. އެއީ ކުރެވޭނެ ކަމެއް ނޫންކަން އަންގައި، އެކަން ނުކުރުމަށް ސަރުކާރާއި އެލްޖީއޭއަށް ގޮވާލިއެވެ. އަދި ނުވިތާކަށް މި ސަރުކާރުގެ ބަންޑާރަ ނައިބުވެސް އެކަމާއި ދެކޮޅެވެ. ނަމަވެސް މަގާމަށްޓަކައި ސިޔާސީ މަސައްކަތެއް ކޮންމެ މީހަކުވެސް ކޮށްފާނެއެވެ.

މިއަދު ފެނި ހާމަވަމުންދަނި މި ސަރުކާރުން ސިޔާސީ މީހުން ގަންނަމުންދާކަމުގެ ހެއްކެވެ. ސިޔާސީ މަގާމަށްޓަކައި އޭގެ ޖާހަތުގައި އަމިއްލަ ޒަމީރުވެސް ވެލިއަޅާ ވަޅުލާތަނެވެ. އެތަކެއް އަހަރުތަކެއްވަންދެން ގަބޫލުކުރި ހަމަތައް މުގުރާލާ ފެއަށްޖެހޭތަނެވެ.

އިތުރަށް ކިޔާލަން

02 ޖޫން 2018

ސިޔާސީ އަމިއްލަ އެދުންތަކުގެ ސަބަބުން އިންސާނިއްޔަތު ހަލާކެއްގެ ތެރެއަށް!

02 ޖޫން 2018
ސިޔާސީ އަމިއްލަ އެދުންތަކުގެ ސަބަބުން އިންސާނިއްޔަތު ހަލާކެއްގެ ތެރެއަށް!
13 މާރިޗު 2018

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

13 މާރިޗު 2018
މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ
15 ފެބުރުއަރީ 2018

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018
ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު
19 އޮކްޓޯބަރު 2017

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!
15 އޯގަސްޓު 2017

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

15 އޯގަސްޓު 2017
ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު