Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިހާބު

މަޖިލިސް އިންތިހާބު ބާއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދެނީ

މީގެ ކުރިންވެސް އިންތިހާބު އޮންނަ ދުވަހާއި ޖެހިގެން އަންނަ ދުވަސް ސަރުކާރުން ބަންދުކޮށްފައިވޭ

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 3 މާރިޗު 2024 | އާދީއްތަ 08:19
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދެން ނިންމައިފިއެވެ.

ކުރިން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މާރިޗު މަހުގެ 17 ވަނަ ދުވަހުގައި ކަމަށް ވީނަމަވެސް އެދުވަސް ރޯދަމަހުގެ ދުވަހަކާ ދިމާވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

އިންތިހާބު ރޯދަމަހުގެ ފަހުން ބޭއްވުމަށް އެދި އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައި ބިލު، ރައްޔިތުންގެ މަޖިލީހުން ވަނީ 11 ފެބްރުއަރީ 2024 ވަނަ ދުވަހު ފާސްކޮށް، 12 ފެބްރުއަރީ 2024 ގައި ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ފޮނުވާފައެވެ. އެހެން ނަމަވެސް އެ ބިލު ތަސްދީގު ނުކުރައްވައި، 14 ދުވަސް ހަމަ ވުމުން ރައީސް ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލުުމުން މަޖިލީހުން ވަނީ ދެވަނަ ފަހަރަށް އެބިލަށް ބަދަލެއް ނުގެނެސް ފާސްކުރުމަށްފަހު މިދިޔަ ބުދަ ދުވަހު ރައީސް މުއިއްޒުއަށް އަލުން ފޮނުވާފައެވެ. އެއާއެކު ބުރާސްފަތި ދުވަހު ރައީސް މުއިއްޒުވަނީ އެބިލު ތަސްދީގުކުރައްވާފައެވެ.

އެއާއެކު ބުރާސްފަތި ދުވަހު އީސީން ބޭއްވި ކުއްލި ބައްދަލުވުމެއްގައިވަނީ އިންތިހާބު ބާއްވާނީ އޭޕްރީލް 21 ވާ އާދީއްތަ ދުވަހުގައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ދުވަހަކީ އާދީއްތަ ދުވަހަށް ވުމާއެކު، އެދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދެން ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން އާދީއްތަ ދުވަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އިންތިހާބު ބާއްވަން ހަމަޖެހިފައިވާ އޭޕްރީލް 21 ވަނަ ދުވަހާ އަދި އެއާ ޖެހިގެން އަންނަ އޭޕްރީލް 22 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދި ރައީސް އޮފީހަށް މިއަދު ސިޓީ ފޮނުވާނެކަމަށެވެ.

އިންތިހާބާ ބެހޭ ގާނުނަށް އެމްޑީޕީން ގެނައި އިސްލާހުގައި ބުނާ ގޮތުން އިންތިހާބު ރޯދަ މަހާ ދިމާވެއްޖެ ނަމަ ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުންނެވެ. އެ މުއްދަތު އޭޕްރިލް 19 ވާ ހުކުރު ދުވަހަށް ހަމަވާއިރު އީސީން ބުނެފައިވަނީ ގާނޫނުގައި ބުނާ ތާރީހުތަކަށް މަސައްކަތްތައް ފެއްތުމުން އެންމެ އަވަހަށް އިންތިހާބު ބޭއްވޭނީ އާދީއްތަ ދުވަހު ކަމަށެވެ.

އިންތިހާބު ބާއްވާ ދުވަސް އާދީއްތަ ދުވަހަކާ ދިމާވާތީ، އިދިކޮޅު އެމްޑީޕީން އެކަމާ ގުޅޭގޮތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީގެ ކުރިން ބޭއްވުނު އިންތިހާބުތަކުގައި އޮފިޝަލުންގެ ގޮތުގައި ގިނަ އަދަދަކަށް ސަރުކާރު މުވައްޒަފުން ހަރަކާތްތެރިވާތީ ރާއްޖޭގައި އިންތިހާބުތައް އާންމު ގޮތެއްގައި ބާއްވަނީ ހޮނިހިރު ދުވަހު އެވެ. އަދި އިންތިހާބު ބާއްވާ ދުވަހާ ޖެހިގެން އަންނަ ދުވަސްވެސް ސަރުކާރުން ވަނީ މީގެ ކުރިންވެސް ބަންދުކޮށްފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު