Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިންސީ ގޯނާކުރުން

ގްރޫމްކޮށްގެން ގެސްޓްހައުސްއަކަށް ގެންގޮސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ޝަރުތުތަކާއެކު ދޫކޮށްލުމުން ޕީޖީ ހައިކޯޓަށް

އޭނާގެ ސަބަބުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ދެމިއޮތްކަމަށް ފެންނަކަމަށް ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 މާރިޗު 2024 | އާދީއްތަ 07:40
ޕީޖީ ހުސައިން ޝަމީމް

ޕީޖީ ހުސައިން ޝަމީމް

ކުޑަ ކުއްޖަކު "ގްރޫމް ކޮށްގެން" އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް، ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ދައުވާކޮށްފައިވާ މީހަކު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ އަނީސް ހިލްމީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

Advertisement - newsAdvertisement

ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ 2020 ޖޫން 10 ވަނަ ދުވަހުގެ ވަގުތެއްގައި ކުޑަކުއްޖާ (11އ) ގްރޫމްކުރުވައިގެން ގެސްޓްހައުސްއަށް އެކުއްޖާ ގެންގޮސް، އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީއާއި، އެމައްސަލައާއި ގުޅިގެން އަނީސް ޙިލްމީގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކުރުމުގެ ކުށުގެ ދައުވާއެވެ.

އޭގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި 01 މަހާއި 06 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް 29 މާރިޗު 2023 ގައި ޙުކުމް ކުރައްވާފައިވެއެވެ.

ދައުލަތުން ކުރި ދައުވާތަކުގެ ތެރޭގައި ބުނެފައިވަނީ އަނީސް ހިލްމީ އެކުއްޖާއަށް ފޯނެއް ގަނެދޭނެކަމަށް ބުނެ، އެކުއްޖާ ގޮވައިގެން ފިހާރައަށް ގޮސް، އެކުއްޖާއަށް ދަޅަކާއި، ބޮޑީ ސްޕްރޭ ފުޅިއެއް ގަނެދީފައިވާ ކަމަށެވެ. އެއީ ކުއްޖާ ގްރޫމް ކުރުމަށް އޭނާ ކޮށްފައިވާ އަމަލުތަކެއްކަމަށް ދައުވާގައި ބުނެފައިވެއެވެ.

އެއަށްފަހު ގެސްޓްހައުސްއަށް ގެންގޮސް އެ ކުއްޖާއަށް އޭނާ ޖިންސީ ގޯނާ ކޮށްފައިވާކަމަށް ދައުވާތަކުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި އަނީސް ޙިލްމީ ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވަނިކޮށް، އޭނާ ޝަރުޠުތަކަކާއެކު ބަންދުން ދޫކޮށްލުމަށް 21 ފެބްރުވަރީ 2024 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.

އެ ނިންމުން ބިނާކޮށްފައިވަނީ މައިގަނޑު 4 ކަމެއްގެ މައްޗަށެވެ.

އޭގެ ތެރޭގައި ކޯޓަށް މިހާރު ދިމާވެފައިވާ ހާލަތަށް ބަލާއިރު، ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނެ ދުވަސް ނޭންގުމާއި، ދައުވާލިބޭމީހާގެ ކުށުގެ ރިކޯޑެއް ނެތުމާއި، ބަންދުގައި ހުރި މުއްދަތުތަކުގައި ކަރެކްޝަންގެ ފަރާތުން ޝަކުވާއެއް އައިސްފައިނުވުމާއި، އެއްބާރުލުންދީފައިވުމާއި، މި މައްސަލައިގެ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވުން ހިމެނެއެވެ.

ޕީޖީ އޮފީހުން ބުނީ، އަނީސް ހިލްމީ ބަންދުން ދޫކޮށްލި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް 25 ފެބްރުވަރީ 2024 ދުވަހު ހުށަހަޅާފައިވާނެ ކަމަށެވެ.

އަދި އެއީ މީނާގެ ސަބަބުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ދެމިއޮތްކަމަށް ފެންނާތީކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

07 މާރިޗު 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު