Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ފްރެއިބާގުން ބަޔާން ހުއްޓުވައިފި

މި ސީޒަންގެ ޖަރުމަނު ލީގު ބަޔާނަށް ދިފާއު ކުރެވޭނެ ކަމުގެ އުންމީދު ވަނީ ކުޑަ ވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2024 | ހޮނިހިރު 04:06
ޖަރުމަނު ލީގުގައި ބަޔާނުންް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ބަޔާނުންް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ފްރެއިބާގާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެއްވަރުވެއްޖެ އެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ ފްރެއިބާގްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. މެޗުގައި ފްރެއިބާގުން ލީޑު ނަގާފައި ވަނިކޮށް، ބަޔާނުން ދެ ލަނޑު ޖަހައި ލީޑު ހޯދި އެވެ. ނަމަވެސް، ފަހު ވަގުުތު ފްރެއިބާގުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ފްރެއިބާގަށް ލީޑު ނަގައިދިނީ ކްރިސްޓިއަން ގަންޓާ އެވެ. އޭނާ އެ ލަނޑު ޖެހީ ނިކޮލަސް ހޮފްލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަތިސް ޓެލް އެވެ. ދެ ވަނަ ހާފު ފަށައިގެން، މެޗުގެ 75 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ލޫކަސް ހޮލާ ވަނީ ލަނޑު ޖަހައި ފްރެއިބާގަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މި ނަތީޖާއާއެކު ބަޔާން އޮތީ މިހާތަނަށް ކުޅުނު 24 މެޗުން 54 ޕޮއިންޓާއެކު ދެ ވަނައިގަ އެވެ. ބަޔާނަށްވުރެ އެއް މެޗު މަދުންް ކުޅެގެން އެއް ވަނައިގައި ބަޔާ ލެވަކޫސަނަށް ލިބެނީ 61 ޕޮޮއިންޓެވެ. ލެވަކޫސަނާ، ބަޔާނާ ދެމެދު އޮތް ފަރަގު ބޮޑުވެފައިވާއިރު، މި ސީޒަންގެ ޖަރުމަނު ލީގު ބަޔާނަށް ދިފާއު ކުރެވޭނެ ކަމުގެ އުންމީދު ވަނީ ކުޑަ ވެފަ އެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

14 މެއި 2017
ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!
30 އެޕްރީލު 2017

ބުންޑަސްލީގާ: ބޮޑުތަފާތަކުން ވޮލްފްސްބާގް ބަލިކޮށް ބަޔާން ލީގު އުފުލާލައިފި

30 އެޕްރީލު 2017
ބުންޑަސްލީގާ: ބޮޑުތަފާތަކުން ވޮލްފްސްބާގް ބަލިކޮށް ބަޔާން ލީގު އުފުލާލައިފި
27 އެޕްރީލު 2017

ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

27 އެޕްރީލު 2017
ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް
19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
17 މާރިޗު 2017

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ
12 މާރިޗު 2017

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު