Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބައްދަލުވުން 2024

ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތްކުރެވެމުން އެބަދޭ: އާޒިމް

1 މާރިޗު 2024 | ހުކުރު 08:43

ބިދޭސީންގެ މައްސަލައަކީ އެންމެންވެސް ކަންބޮޑުވާ ބޮޑު މައްސަލައެއްކަމަށް މޭޔަރު އާޒިމް ފާހަގަކުރެއްވި

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 1 މާރިޗު 2024 | ހުކުރު 08:43
ރައްޔިތުންގެ ބައްދަލުވުން 2024 ގައި މޭޔަރު އާޒިމް ވާހަކަދައްކަވަނީ

ރައްޔިތުންގެ ބައްދަލުވުން 2024 ގައި މޭޔަރު އާޒިމް ވާހަކަދައްކަވަނީ

ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި އާއްމު ރައްޔިތަކު ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ އެންމެންވެސް އެންމެ ކަންބޮޑުވާ ބޮޑު އެއް މައްސަލަ ކަމަށެވެ. އަދި މިކަންކަން ހައްލުކުރުމަށް ވަރަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާޒިމް އިތުރަށް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލާއި މިހާރުގެ ސަރުކާރާ އެއްކޮށް ގުޅިގެން މަސައްކަތް ކުރެވުމަކީ މިފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ލިބިގެންދާ އެންމެ ބޮޑު އުއްމީދު ކަމަށެވެ. މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވިފަހުން ގާތްގަނޑަކަށް މަހެއްވީއިރު، ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިއްބެވި އިސް އެތައް ބޭފުޅުންނާއެކު މިފަދަ މައްސަލަތަކާ ގުޅޭގޮތުން ވަރަށް ބޮޑެތި މަޝްވަރާތަކެއް މިހާތަނަށް އައިއިރު ކުރެވިފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިފަދަ މައްސަލަތަކަކީ އެންމެ ދުވަހަކުން އައިސް ހުރި މައްސަލަތަކެއް ނޫންކަމަށާއި މިއީ އެތައް ޒަމާނަކުން އައިސްފައިވާ ބޮޑެތި މައްސަލަތަކެއް ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަަތައް އެންމެން އެކުއެކީ ހައްލުކުރުމަށް މަސައްކަތްކޮށްފި ނަމަ، އެތައް ޒަމާންތަކެއް ނުނަގާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ނަމަވެސް އެއްކޮށް މަސައްކަތްކުރި ކަމުގައިވީނަމަވެސް، އެކަކު މަސައްކަތަށް ހުރަސްއަޅައިފި ކަމުގައިވާނަމަ، މިފަދަ މައްސަލަތައް ވަކިހިސާބަކުން ހުއްޓިގެންދާކަމަށް މޭޔަރު އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، މިފަދަ ކަންކަމަށް އެއްބާރުލުން ލިބޭކަމުގަައިވާނަމަ، މާ ލަސްތަކެއްނުވެ މި މައްސަލައަށް ހައްލުގެނެސް މާލޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަކީ ނެތް މައްސަލައަކަށް ވެގެންދާނެ ކަމެއްކަމަށް އުއްމީދުކުރައްވާކަމަށް މޭޔަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި

29 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި
24 އެޕްރީލު 2017

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

24 އެޕްރީލު 2017
ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް
21 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

21 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް
03 އެޕްރީލު 2017

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

03 އެޕްރީލު 2017
ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް