Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕައުލް ޕޮގްބާ

ދިރިއުޅުން ބިނާކުރީ ފުޓްބޯޅައިން، ސަސްޕެންޑުކުރުމުން ރޮވުނު، އިސްތިއުނާފުކުރާނަން: ޕޮގްބާ

އޭނާ ހަތަރު އަހަރަށް ސަސްޕެންޑްކުރީ މަނާ ބޭސް ބޭނުންކުރިކަން ޔަގީންވުމުން

ރާއްޖެ އެމްވީ | 1 މާރިޗު 2024 | ހުކުރު 04:52
ޕައުލް ޕޮގްބާ: އޭނާ ވިއްކާލުން ގާތް

ޕައުލް ޕޮގްބާ: އޭނާ ވިއްކާލުން ގާތް

މަނާ ބޭސް ބޭނުންކުރިކަން ސާބިތުވުމުން ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުގައި ބައިވެރިނުވެވޭ ގޮތަށް ހަތަރު އަހަރަށް އިއްޔެ ކުރި ސަސްޕެންޝަން ގަބޫލުނުކޮށް، އިސްތިއުނާފު ކުރާނެކަމަށް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

އިޓަލީގެ އެންޓީ ޑޯޕިން އެޖެންސީން އޭނާ މަނާ ބޭސް ބޭނުންކުރި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ޕޮގްބާގެ މައްޗަށް ސާބިތުވާ ހެކި ހުރި ކަމަށެވެ. މިހެންވެ އަދަބަކީ ހަތަރު އަހަރަށް ހުސްކޮށް ހުރުން ކަމަށެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސަށް ހޯދައިދިން 30 އަހަރުގެ މިޑްފީލްޑަރު ބުނީ އޭނާގެ މައުސޫމްކަން ސާބިތުކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ.

މި މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހު ޕޮގްބާ އެންމެ ފުރަތަމަ ސަސްޕެންޑްކުރީ ފްރާންސްގެ އެންޓި ޑޯޕިން އެޖެންސީންނެވެ.

އޭނާ ސަސްޕެންޑްކުރި ނަމަވެސް އޭނާ ކުޅެމުން އަންނަ ކުލަބު އިޓަލީގެ ޔުވެންޓަސްއިން މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

ޕޮގްބާ އަކީ މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް 2018ގެ ވޯލްޑްކަޕަށް ފަހު ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވެ ކުރީގެ މޮޅު ކުޅުން އޭނާއަށް ވަނީ ނުދެއްކިފަ އެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2024

ވެލެންސިއާ ސަސްޕެންޑުކުރުމުން، ސާޔާގެ ފާޑުކިޔުން އެފްއޭއެމަށް!

10 މާރިޗު 2024
ވެލެންސިއާ ސަސްޕެންޑުކުރުމުން، ސާޔާގެ ފާޑުކިޔުން އެފްއޭއެމަށް!
02 ޖޫން 2023

އަހަރެން ގަތީ ޗެމްޕިއަންސް ލީގު ހޯދުމަށް، ސިޓީ އައުމާއެކު ދިރިއުޅުން ބަދަލުވެއްޖެ: ހާލަންޑް

02 ޖޫން 2023
އަހަރެން ގަތީ ޗެމްޕިއަންސް ލީގު ހޯދުމަށް، ސިޓީ އައުމާއެކު ދިރިއުޅުން ބަދަލުވެއްޖެ: ހާލަންޑް
26 އެޕްރީލު 2022

ކިއެލީނީ އިންޓަރނޭޝަނަލް ފުޓްބޯޅައިން ރިޓަޔަރ ކުރަނީ

26 އެޕްރީލު 2022
ކިއެލީނީ އިންޓަރނޭޝަނަލް ފުޓްބޯޅައިން ރިޓަޔަރ ކުރަނީ
15 ޑިސެމްބަރު 2020

ފުޓްބޯޅައިން ރިޓަޔާކުރި ޗެކް ޗެލްސީގެ ޖާޒީގައި

15 ޑިސެމްބަރު 2020
ފުޓްބޯޅައިން ރިޓަޔާކުރި ޗެކް ޗެލްސީގެ ޖާޒީގައި
09 އޮކްޓޯބަރު 2020

ބާސާއިން ކަންތައް ކުރިގޮތުން ރޮވުނު: ސުއަރޭޒް

09 އޮކްޓޯބަރު 2020
ބާސާއިން ކަންތައް ކުރިގޮތުން ރޮވުނު: ސުއަރޭޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު