Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަފްތާ 14

ތެލަސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ކެބިނެޓުން ފާސްކޮށްފި

29 ފެބުރުއަރީ 2024 | ބުރާސްފަތި 06:15

މިއީ ހުޅުމާލޭ ފޭސް ދޭއްގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެއް

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 29 ފެބުރުއަރީ 2024 | ބުރާސްފަތި 06:15
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ތެލަސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ކެބިނެޓުން ފާސްކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން ހަފްތާ 14 ގައި ކުރުމަށް ނިންމާފައިވާ ކަންތައްތަކާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ފަރާތުން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސްގައި ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެފައިވަނީ ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ ވަރުގަދަ ކުރުމަށްޓަކައި ތެލަސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއްގެ މަސައްކަތްތައް ފެށުމުގެ އިންތިޒާމް ކުރަމުން ގެންދާކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް މި ހޮސްޕިޓަލް އެޅުމަށް ކެބިނެޓުން ފާސްކޮށްދެއްވާފައިވާކަމަށް ޚަލީލު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) މި ހޮސްޕިޓަލް އެޅުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 72،000 އަކަފޫޓުގެ ބިން ހެލްތު މިނިސްޓްރީއަށް ދެއްވާފައިވާކަމަށްވެސް ޚަލީލު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ލަސްތަކެއް ނުވެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ޚަލީލު ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ތެލަސީމިއާ ރާއްޖެއިން ނައްތާލުމަށް 10 އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށާއި އެމަސައްކަތްވެސް ކުރިއަށްދާ ކަމަށް ޚަލީލު މި ޕްރެސްގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ތެލަސީމިއާ ހޮސްޕިޓަލުން ބޯންމެރޯގެ ޚިދުމަތްތަކާއި، ބޯން މެރޯ ހެދުމުގެ ކުރިންނާއި ފަހުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުން މާލެއަށް އަންނަ ތެލަސީމިއާ ބަލިމީހުންނަށް ހުރުމުގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

29 މާރިޗު 2017

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

29 މާރިޗު 2017
އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި
24 މާރިޗު 2017

މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

24 މާރިޗު 2017
މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
17 ފެބުރުއަރީ 2017

ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް

17 ފެބުރުއަރީ 2017
ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް