Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ އިދިކޮޅު ލީޑަރު، ނަވަލްނީގެ ޖަނާޒާ

އެލެކްސީ ނަވަލްނީ ހުކުރު ދުވަހު ވަޅުލަނީ

28 ފެބުރުއަރީ 2024 | ބުދަ 13:34

އުމުރުން 47 އަހަރުގެ އެލެކްސީ ނަވަލްނީއަކީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި ފަރާތެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 ފެބުރުއަރީ 2024 | ބުދަ 13:34
ރަޝިޔާގެ އިދިކޮޅު ލީޑަރު، އެލެކްސީ ނަވަލްނީ

ރަޝިޔާގެ އިދިކޮޅު ލީޑަރު، އެލެކްސީ ނަވަލްނީ

ޖަލުގައި ހުއްޓައި ކުއްލި ގޮތަކަށް މަރުވެފައިވާ ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ޖަނާޒާ، ހުކުރު ދުވަހު ވެރިރަށް މޮސްކޯގައި އޮންނާނެކަން އިއުލާން ކޮށްފިއެވެ.

އާއިލާގެ ތަރުޖަމާނު މިކަން ހާމަކޮށްފައިވަނީ ނަވަލްނީގެ އެތައް ހާސް ސަޕޯޓަރުން އޭނާއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށް އެއްވާނެ ހޯލެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބު ވުމަށްފަހުއެވެ. ޖަނާޒާ ކުރިއަށްދާނެ ތަނުގެ ތަފްސީލް ހާމަކުރަމުން ސްޕޯކްސްޕަރސަން ކީރާ ޔަރްމީޝް ވަނީ، ހުކުރު ދުވަހު މޮސްކޯ ގަޑިން ދޭއް ޖަހާއިރު އޮންނަ ޖަނާޒާގައި ބައިވެރިވުމަށް ސަޕޯޓަރުން ކުރިއާލައި އެތަނަށް ދިއުމަށް އެދިފައެވެ.

އުމުރުން 47 އަހަރުގެ އެލެކްސީ ނަވަލްނީއަކީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި ފަރާތެކެވެ. އަދި ޕޫޓިންއާއި ސަރުކާރުގެ އިސްވެރިންގެ ކޮރަޕްޝަން މުޅިދުނިޔެއަށް ހާމަކުރުމަށް މަސައްކަތް ކުރަމުން އައިސްފައި ވެއެވެ. މިކަމުގައި އޭނާއާއި ދެކޮޅަށް ދައުވާކޮށް ޖަލަށްލާފައި ހުއްޓައި މަރުވެފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. ޖަލުގެ އޮފިޝަލުން ބުނާގޮތުގައި އެ ދުވަހު އޭނާ ހިނގާލަން ނެރުނުތަނާ ކުއްލިއަކަށް ޚަބަރު ހުސްވީއެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ކަމަށް ބުނެފައިވެއެވެ.

ނަވަލްނީ ބަހައްޓާފައި ހުރީވެސް އާކްޓިކް ޕީނަލް ކޮލޮނީ ކިޔާ، މޮސްކޯއާ ވަރަށް ދުރު، އަދި އެންމެ ބޮޑެތި ކުށްވެރިން ބައިތިއްބާ ޖަލެއްގައެވެ. ނަވަލްނީގެ ސަޕޯޓަރުން ދަނީ ރައީސް ޕޫޓިންގެ އަމުރަށް ނަވަލްނީ ގަސްތުގައި މަރާލެވުނީ ކަމަށް ބުނަމުންނެވެ. ނަމަވެސް ކްރެމްލިނުން މިކަން ދޮގުކުރެއެވެ.

ނަވަލްނީ މަރާލެވުނީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން އޭނާ މިނިވަންވާން ވަރަށް ގާތްވެފައި ވާތީ ކަމަށް ސަޕޯޓަރުން ބުނާ ބުނުންވެސް ރަޝިޔާ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

ކްރެމްލިނުން ބުނަނީ ނަވަލްނީއާއި އޭނާގެ ސަޕޯޓަރުންނަކީ އެމެރިކާގެ މަދަދު ލިބޭ އެކްސްޓްރީމިސްޓުން ކަމަށެވެ. އަދި ނަވަލްނީ މިނިވަންކުރަން ހަމަޖެހިފައި އޮތްކަން ނޭނގޭކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

ނަވަލްނީގެ މަރު ސެޓްފިކެޓްގައި ވަނީ އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށެވެ. ނަމަވެސް ސަޕޯޓަރުން އެކަން ގަބޫލެއް ނުކުރެއެވެ.

ނަވަލްނީގެ މަންމަވެސް ވަނީ ޕްރައިވެޓް ޖަނާޒާއެއް ބާއްވަން އޭނާއަށް ސަރުކާރުން މަޖްބޫރުކުރަމުން ދިޔަކަމަށް ބުނެފައެވެ. ފުރަތަމަ އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުނުކޮށް ވެސް ހަފުތާއެއްހާ ދުވަހު ލަސްކޮށްފައި ވެއެވެ. ސަޕޯޓަރުން ބުނާގޮތުގައި ހަށިގަނޑު ހަވާލުނުކޮށް ލަސްކުރީ އޭނާއަށް ދިންކަމަށް ބެލެވޭ ޒަހަރެއްގެ އަސަރު ކެނޑެންދެނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް