Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް ކައިރި ހިނގި ހަމަނުޖެހުން

ވަޒީރުންނަށް ރުހުންދިން ދުވަހު މަޖިލިސް ކައިރިއަށް ސަރުކާރުގެ އިސް ފަރާތްތަކާއެކު ގޭންގުތަކަށް ނިސްބަތްވާ މީހުންވެސް އެއްވި - ޕޮލިސް

އެއްވި މީހުންގެ ތެރޭގައި މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި ގޭންގުތައް ހިމެނޭކަމަށް ކޮމިޝަނަރ ސޮއިކުރައްވާ މަޖިލީހަށް ފޮނުވި ލިޔުމުގައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ފެބުރުއަރީ 2024 | ބުދަ 10:18
ޕީޕީއެމް ޕީއެންސީން މަޖިލިސް ކައިރީގައި ކުރި މުޒާހަރާގައި ގޭންގުތަކަށް ނިސްބަތްވާ މީހުންވެސް ހަރަކާތްތެރިވި

ޕީޕީއެމް ޕީއެންސީން މަޖިލިސް ކައިރީގައި ކުރި މުޒާހަރާގައި ގޭންގުތަކަށް ނިސްބަތްވާ މީހުންވެސް ހަރަކާތްތެރިވި

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ދިޔަ ދުވަހު އެ ސަރަހައްދުގައި ސަރުކާރުގެ މިނިސްޓަރުންނާއި ނައިބު މިނިސްޓަރުން ބައިވެރިވި އެއްވުމުގައި ގޭންގުތަކަށް ނިސްބަތްވާ ފަރާތްތައްވެސް ބައިވެރިވެފައިވާ ކަމަށް ފުލުހން ބުނެފިއެވެ.

28 ވަނަ ދުވަހު މަޖިލިސް ކައިރިއަށް މީހުން އެއްވެ މުޒާހަރާކޮށް އަމާންކަން ނަގާލި މައްސަލައިގައި ކަމާއި ބެހޭ ފަރާތްތައް ހާޒިރުކުރި 241 ކޮމިޓީގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ސުވާލުކުރެއްވީ ރައްޔިތުންގެ މަޖިލިސް ހިމެނޭ ސަރަހައްދަކީ މީހުން އެއްވެ އުޅުން މަނާ ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދަށް އެއްވި މީހުންގެ ތެރޭގައި މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި ގޭންގުތައް ހިމެނޭކަމަށް ކޮމިޝަނަރ ސޮއިކުރައްވާ މަޖިލީހަށް ފޮނުވި ލިޔުމުގައިވާ ކަމަށެވެ. އަދި އެކަން ސާފުކޮށްދެއްވުމަށް މެންބަރު އެދިވަޑައިގަތެވެ.

Advertisement - newsAdvertisement

މެންބަރުގެ ސުވާލުގެ ޖަވާބުގައި ކޮމިޝަނަރ ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ކަމަށާއި، މަޖިލިސް ސަރަހައްދަށް އެއްވި މީހުންގެ ތެރޭގައި ގޭންގުތައްވެސް ހިމެނޭ ކަމަށެވެ. އަދި ގޭންގުތަކަށް ނިސްބަތްވާ މީހުން މަޖިލިސް ކައިރިއަށް އެއްވި ހިސާބުން ފެށިގެން އެސްއޯ ފުލުހުން އެމީހުން އެތަނުން ފޮނުވާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި މަޖިލިސް ކައިރިއަށް ފުރަތަމަ އެއްވި މީހުންގެ ތެރޭގައި ވެސް ގޭންގުތަކަށް ނިސްބަތްވާ މީހުން ތިބިކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޓީގެ މެންބަރު ހިސާން ވެސް ވަނީ މަޖިލިސް ކައިރިއަށް އެއްވި މީހުންނާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އެގޮތުން މަޖިލިސް ކައިރިއަށް ގޭންގް މެންބަރުން އައި ހިސާބުން ސަރުކާރުގެ އިސް ފަރާތްތައް ގޮސްފައިވާ ކަމަށް ކޮމިޝަނަރުގެ ވާހަކަ މާނަކުރެވޭ ކަމަށާއި، އެކަމާއި ގުޅޭ ޓައިމްލައިނާއި ގުޅޭގޮތުން މެންބަރު ހިސާން ވަނީ ސުވާލުކުރައްވާފައެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި ކޮމިޝަނަރ ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކެއް މަޖިލިސް ކައިރިއަށް ފުރަތަމަ އެއްވި ކަމަށާއި، މަޖިލިސް ކައިރިއަށް އެއްވި ގޭންގު މެންބަރުންނާއި، ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން އައީ ކޯޑިނޭޓް ވެގެންތޯ ނުވަތަ އެއްބައިވެގެންތޯ އޭގެ ތަފްސީލު ގްރައުންޑުގައި ބެލިފައި ނެތް ކަމަށެވެ.

އަދި ތަނުގެ ތެރޭގައި ހަމަޖެހުން ގެއްލުވާލަން ބަޔަކު މަސައްކަތް ކުރި ހިސާބުން ޓީމްތައް ފޮނުވައިގެން އެ އޭރިއާއަކީ ރައްކާތެރިތަނެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރެއްވި ކަމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު