Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މި ސަރުކާރުގެ ނައިބު ވަޒީރުންނާހުރެ ނުކުޅެދުންތެރިކަން ހުންނަ މީހަކަށްވެސް ހަމަ ނޭވާއެއްލެވޭކަށް ނެތް

މުތޫއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ގޮތުގައި ސިފަކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2024 | ބުދަ 10:57
މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ ޝިއުނާ އަދި އޭނާ އެކްސްގައި ގަނާކުރި މުތޫ

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ ޝިއުނާ އަދި އޭނާ އެކްސްގައި ގަނާކުރި މުތޫ

މީހެއްގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވައި އެ ވާހަކަތައް ފިސާރި ޖޯޝާ ފޯރީގައި ދައްކައި، ތިމާއަށް ގަބޫލުކުރެވޭ ކޮންމެ ވާހަކައެއް ހިތުހުރި ގޮތަކަށް ކިޔައި، މީހެއްގެ އަގު ވައްޓާލާ ދެން މައާފަށް އެދުމުން އެ ކުރި ކަމެއް އަނބުރާ ގެނެވޭނެ ހެއްޔެވެ. މައާފަށް އެދޭއިރު، އެމީހެއްގެ އަގުވެއްޓި ގިނަ ފަހަރު އާންމުންގެ ތެރޭގައި އެމީހަކާއި މެދު ދެކޭގޮތް ބަދަލުވެގެންދެއެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލާ ކޮންމެ ވާހަކައަކީ ނިކަން އަވަހަށް ފެތުރޭ އެއްޗެކެވެ. އެހެންކަމުން ދައްކަންޖެހޭ ވާހަކައެއް ދައްކަންވާނީ ވެސް ވިސްނައިގެންނެވެ. ތިމާ އަކީ ބޮޑު މަގާމެއްގައި ހުރި މީހެކޭ ބުނެ މިއަދު އާރާ ބާރު އޮތުމުން ހިތުހުރި އެއްޗެއް ނުބުނެވޭނެއެވެ. އަދި އަމުދުން އިހައްދުވަހަކު ލާޗާރު ބީޗާރަށް އުޅުނުހެން މިއަދު ނުވެސް އުޅެވޭނެއެވެ. މިއަދު ތިހިރީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގާ މަގާމެއް ދީފައެވެ. އެހެންވީމާ ބަހުރުވައާއި އަމަލާއި އުޅުންވެސް ރީތިކުރަންޖެހެއެވެ.

ދައްކަން މިއުޅެނީ، މީގެ ކުރިންވެސް ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސަކާ ދެކޮޅަށް ލޭއޮހުރުވުމަށް ގޮވާލައި ޓުވީޓްކުރި، މަރިޔަމް ޝިއުނާގެ ވާހަކައެވެ. ރައީސް ޔާމީން ނޫންގޮތެއް ނެތްކަމަށް ދައްކާ ސިޔާސީވެގެން އުޅުނު ޝިއުނާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވިކި ނައިބު ވަޒީރުކަން ލިބުނު ހިސާބުން އަދި މާ ކަންތައްގަނޑު ބޮޑެވެ. މަގާމުގެ މަސްއޫލިއްޔަތަށްވުރެ އާންމުންނާ ދިމާލަށް އެއްޗެހި ކިއުމާއި، ގަނާކުރުމާއި، ސިޔާސީ ހިޔާލު ތަފާތުވުންތައް އޮތް މީހުންނާއި ޖައްސާލުމަކީ އޭނާގެ އެއް އާދައެވެ.

ޝިއުނާ އެކަންޏެއްވެސް ނޫނެވެ. އޭނާއެކު އަކުންބަކުން ކުޅެން، މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލްގައި ގޮތެއް ފޮތެއް ނެތި އުޅެމުންދިޔަ މަލްޝާ ޝަރީފަކީ ވެސް ހަމަ މިފަދަ ލާމަސީލު މިސާލެކެވެ. ރޯނު އެދުރު ހެދިގެން ދެމީހުން ނުބެހޭކަ ކަމެއް ނެތެވެ. އިހައް ދުވަހަކު ގައުމެއްގެ ވެރިޔަކަށް ފުރައްސާރަކޮށް އެ ދެއްކި ވާހަކަތައް މިހާރު އޮތް ސަރުކާރުން ދިފާއުކުރިތާ އަދި މާގިނަ ދުވަހެއް ނުވަނީސް މިވަނީ ނުކުޅެދުންތެރިކަން ހުންނަ ދިވެއްސަކަށް ފުރައްސާރަކޮށް، ގަނާކޮށް އެމީހާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވާފައެވެ.

ޝިއުނާ ސަސްޕެންޝަނުގައި ހުރުމުން ފޫހިފިލުވާލަން މިފަހަރު އަބުރުކަތިލާ ކުދިކޮށްލީ އޮސްޓްރޭލިއާގައި ތައުލީމު ހާސިލްކުރަމުންދާ ނުކުޅެދުންތެރިކަން ހުންނަ ދިވެހި ދަރިވަރެއް ކަމަށްވާ މުއާވިޔަތު މުހައްމަދު ދީދީ (މުތޫ) އެވެ.

ސެރީބްރަލް ޕަލްސީގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މުއާވިޔަތަކީ، ނުކުޅެދުންތެރިކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، އެފަދަ މީހުންނަށް ދަތިވާ ގޮތަށް ހުންނަ ކަންކަން ރަނގަޅުކުރަން އަޑުހަރުކޮށް ވަކާލާތު ކުރާ މީހެކެވެ.

ކަން ހިނގިގޮތަށް ބަލާލަން ހިނގާށެވެ. މުތޫ ޓްވީޓެއް ކުރިއެވެ. އޭނާ ކުރި ޓްވީޓުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން އަވަށްޓެރި ގައުމަކަށް ފުރައްސާރަކުރުމުގެ ސަބަބުން ބޭރުގައި ކިޔަވަން އުޅޭ އޭނާފަދަ ދަރިވަރުންނަށް އެކަމުގެ ހިތި ފެންނަމުންދާ ކަމަށެވެ. ގައުމުދެކެ ލޯބިޔާ އިންޑިއާގެ ބައެއް ދަރިވަރުން މި މައްސަލައިގައި އޭނާއަށް ފުރައްސާރަ ކުރާ ކަމަށާއި، ބައެއް ދަރިވަރުން މިހާރު އޭނާއާއި އަޅާވެސް ނުލާ ކަމަށެވެ. އަދި މިއީ ޑިޕްލޮމެޓިކް ގުޅުންތައް ނޭނގޭ ބަޔަކު މިނިސްޓަރުންގެ ލެވެލްގައި އައްުޔަންކުރުމުގެ ނަތީޖާކަމަށް ބުނެފައިވެއެވެ.

މުތޫއަށް ދިމާވި ކަންތަކާއި، ސަރުކާރުން ޑިޕްލޮމަސީ ނޭނގޭ ބަޔަކު މިނިސްޓަރުންގެ ފެންވަރަށް ގެނައުމުގެ ނަތީޖާއަކީ މިއަދު ބޭރު ގައުމުތަކުގައި ހުންނަ އިރު ކުރިމަތިވާ ފުރައްސާރަކަމަށް މުތޫ ކުރި ޓްވީޓާއި ގުޅިގެން ޝިއުނާއަށް އެއްޗެކޭ ނުބުނެ ކެތެއް ނުވިއެވެ. މުތޫ ދެއްކީވެސް ތެދު ވާހަކައެކެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ގައުމު، އެންމެ ބޮޑު އެއް އިގްތިސާދު އަދި އެންމެ ބާރުގަދަ އެއް ގައުމާއި، މި ކުޑަކުޑަ ރާއްޖެއާއި ދެމެދު ނަފުރަތުގެ ހުޅުގަނޑެއް ރޯކުރި މޭސްތިރިއަކީ ޝިއުނާއެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

މުތޫގެ ޓްވީޓާއި ގުޅިގެން އާންމު އުސޫލުން ޝިއުނާ އުޅޭ ގޮތުގެމަތިން މުތޫއާ ޖައްސާލީއެވެ. މުތޫއަށް މަލާމާތްކޮށް، ޝިއުނާ ކުރި ޓްވީޓުގައި ބުނެފައިވަނީ އެކްސިސިބިލިޓީ ނެތް ކަމަށް ބުނެ ހަތަރު ދުވަހުގެ އިވެންޓަކަށް އޭނާ ދިޔައީ ކޮނޑުގައި ގޮނޑިއެއް އަޅުވައިގެން ކަމަށާއި، ޖާބިރު އުޅޭހެން ދުނިޔޭގެ ގައުމުތަކުގައި އުޅޭތީ ފުރައްސާރަ ކުރަނީ ކަމަށާއި، މުތޫއަށް އެކަން އެނގޭނެ ކަމަށެވެ.

ޝިއުނާގެ މި ޓްވީޓުގައި މުތޫއަކީ ޖާބިރުކަމަށާއި، ދުނިޔޭގެ ގައުމުތަކުގައި އުޅޭކަމަށް ބުނެ އެ އިބާރާތް ބޭނުންކޮށްފައިވަނީ މުތޫއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ސިފަވާ ގޮތަށެވެ. އިންޑިއާގެ ވެރިންނާއި ރައްޔިތުންނަށް ދެކޮޅު ނުޖެހޭ ކަމެއްގައި ފޭމް ހޯދަން ޝިއުނާ ކުރި ޓްވީޓްގޮތަށް މިފަހަރު އަތަށް ގޮވީއެވެ. އާންމުންތައް ކެކި އަރައިގަތީ ޝިއުނާއާއި ދެކޮޅަށެވެ.

ދިވެހިރައްޔިތަކު ބޭރުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކާ، އަދި ވަކިން ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ވަކާލާތުކުރާ ދިވެއްސަކާ ދިމާލަށް ޝިއުނާ ހިތުހުރި އެއްޗެއް ގޮވާލި އިރު، މުތޫއަކީ ނުކުޅެދޭ މީހުންގެ ހައްގުގައި އަޑު އުފުލާ، ނުކުޅެދުންތެރިކަމާ މެދު ހޭލުންތެރިކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރާ މީހެކެވެ. މީގެ އިތުރުން އޭނާގެ ހިނގުމުގައި ތަފާތު ގޮތެއް ހުންނަނީ އޭނާގެ ސެރީބްރަލް ޕަލްސީގެ ސަބަބުންނެވެ. އަދި އޭނާގެ އަމަލުތައް ދުވަހަކު ވެސް ނުރަނގަޅު ގޮތަކަށް ނުބަހައްޓާ އިރު، އޮސްޓްރޭލިއަން ނޭޝަނަލް ޔޫނިއަން އޮފް ސްޓޫޑެންޓްސްގެ މުހިއްމު މެމްބަރެއްގެ މަގާމު އަދާކުރެއެވެ.

މުތޫއަށް ޝިއުނާކުރި ފުރައްސާރައާއި ގުޅިގެން ގިނަބަޔަކު ވަނީ އޭނާގެ ދިފާއުގައި ތެދުވެ ޝިއުނާއަކީ ސަރުކާރުގެ މަގާމަކަށް ކުފޫ ހަމަނުވާ މީހެއްކަމަށް ބުނެ އިސްތިއުފާއަށް ގޮވާލާފައެވެ. ނަމަވެސް އެކްސްގައި އަމާޒުވި ފާޑުކިޔުންތަކާއެކު ޝިއުނާ ވަނީ އޭނާގެ ކިބައިން މައާފަށް އެދިފައެވެ. އަދި އެކްސްގައި ފަހުން އިތުރު ޕޯސްޓެއް ޖެހުމުގެ ބަދަލުގައި އޭނާ ވަނީ ފޭސްބުކުގައި މުތޫއަށް ކުރި ފުރައްސާރަކީ ސަރުކާރު ދިފާއުކުރަން ކުރިކަމެއް ދޭހަވާ މޭރުމަކުން ލިޔެފައެވެ. އަދި ނޫސްތަކުގައި މުތޫއަށް ފުރައްސާރަކުރި ވާހަކަ ލިޔުމުން އެއީ އޭނާގެ އަގުވައްޓާލަން ކުރިކަމެއް ކަމަށް ބުނެފައެވެ.

މީގެ އިތުރުން ވިކްޓިމް ކާޑުކުޅެ މުތޫއަށް ގަނާކޮށްފައިވެސް ނުވާނެކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު