Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމް

ދައުރު ހަމަނުވަނީސް ރަނޭ ވޮލީގެ ރައީސް ކަމާ ދުރަށް

2021 ވަނަ އަހަރު ރައީސްކަމަށް އިންތިޚާބުވި ރަނޭގެ ދައުރު ހަމަވާން އޮތީ އަންނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ފެބުރުއަރީ 2024 | އަންގާރަ 20:37
ވީއޭއެމްގެ ރައީސް ރަނޭ

ވީއޭއެމްގެ ރައީސް ރަނޭ

ދައުރުހަމަވާން އަހަރަކަށްވުރެ ގިނަ ދުވަސް އޮއްވައި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެއެމް)ގެ ރައީސްކަމުގެ މަޤާމުން މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވައިފި އެވެ.

މި މަޤާމަށް ކުރީގެ އެއްވަނަ ސެޓަރު އިންތިޚާބު ކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ. އޭނާގެ ދައުރު ހަމަވާނީ އަންނަ އަހަރު އެވެ. އެހެން ނަމަވެސް، ޕައިލެޓެއްގެ ފުލްޓައިމް ވަޒީފާ އަދާކުރައްވާ ރަނޭ އިސްތިއުފާ ދެއްވީ ދިރިއުޅުން ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ބަދަލު ކުރަން ޖެހުމުންނެވެ. އޭނާ އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ޕައިލެޓުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އިސްތިއުފާ ދެއްވުމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން ރަނޭ ވިދާޅުވީ، އިސްތިއުފާގެ ސިޓީ ހުށަހަޅާފައި ވާނެ ކަމަށާއި، މާޗު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އިތުރަށް މަޤާމުގައި ނުހުންނާނެ ކަމަށެވެ. ވީއޭއެމްގެ ރައީސްކަމުގެ މަޤާމުގައި ހޭދަ ކުރެވުނު މުއްދަތުގެ ތެރޭގައި، ވޮލީ ބޯޅައިގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކުރެވިފައި އޮންނާނެކަން ރަނޭ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން ޤައުމީ ފެންވަރުގައި ފޯރިގަދަ ވޮލީ މުބާރާތްތައް ބޭއްވުމާއި، ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ރާއްޖެ އަށް ރަން މެޑަލް ހޯދުން ހިމެނޭނެ ކަމަށް ވެސް ރަނޭ ވިދާޅުވި އެވެ. ހަމަ އެހެންމެ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، ކުޅިވަރު ވުޒާރާއާ ގުޅިގެން އަތޮޅު ތެރޭގައި ފެންވަރުގެ ރަނގަޅު ވޮލީ ކޯޓުތަކެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރެވިފައިވާނެކަމަށް ވެސް ރަނޭ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރަނޭ ވިދާޅުވީ ބައެއް ކަންކަން ނުކުރެވި ހުރުމުން، އެކަންކަން ކުރިއަށް ގެންދިޔުމުގައި ކޮންމެ ވެސް ވަރެއްގެ އުނދަގުލަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް، ރައީސް ކަމުން އިސްތިއުފާ ދެއްވިއިރު، އެކަންކަން ރަނގަޅުކޮށް ހަމަ މަގަށް އަޅުވާފައިވާނެކަން ރަނޭ ފާހަގަ ކުރެއްވި އެވެ. އެގޮތުން ވީއޭއެމްގެ އަސާސީ ޤަވާއިދަށް ބަދަލު ގެނެސް، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކަން ބަލައިގެންފައިވާ ކަމަށް ވެސް ރަނޭ ވިދާޅުވި އެވެ.

ރަނޭ ވިދާޅުވީ މަޤާމުން އިސްތިއުފާ ދިން ނަމަވެސް، ވޮލީގެ ކަންކަމުން އެއްކޮށް ދުރަށް ނުދާނެ ކަމަށެވެ. އަދި ވަގުތުވީ މިންވަރަަކުން، ކުރިއަށް އޮތް ތަނުގައި ވެސް ވޮލީގެ ކަންކަމުގައި އެހީތެރިކަން ބޭނުންވެއްޖެ ނަމަ، އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އަބަދު ވެސް ދިވެހި ވޮލީ އަށް ކާމިޔާބަށް އެދޭ ކަމުގައި ވެސް ރަނޭ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު