Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިޚާބު 2024

މަޖިލިސް އިންތިހާބުގައި ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރާ އޮފިސަރުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 27 ފެބުރުއަރީ 2024 | އަންގާރަ 08:46
2024 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލެއާއި އަތޮޅުތަކުގެ ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރާ އޮފިސަރުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން

2024 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލެއާއި އަތޮޅުތަކުގެ ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރާ އޮފިސަރުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން

މި އަހަރު މާރިޗު މަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާލެއާއި އަތޮޅުތެރޭގައި ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރާ އޮފިސަރުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

އަންގާރަ ދުވަހު ފެށި މި ތަމްރީން ޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ބާއްވާ ޕްރޮގްރާމެކެވެ. ފުލުހުންގެ އިދާރާއިން ބުނީ މި ޕްރޮގްރާމުގައި މަޖިލިސް އިންތިހާބާ ބެހޭ ޤާނޫނާއި އިންތިހާބުތަކާ ބެހޭ އާއްމު ޤާނޫނު އަދި އިލެކްޝަންސްގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މީގެ ކުރީގެ އިންތިހާބުތަކުގެ މައުލޫމާތާއި ވޯޓުލުމުގެ މަރުހަލާއާއި ވޯޓު ގުނުމުގެ މަރުހަލާތަކުގައި ވެސް އަމާންކަމާއެކު އޮފިސަރުން ހަރަކާތްތެރިވެފައިވާ ގޮތުގެ ތަޖުރިބާތަކާއި މައުލޫމާތުތައް މި ތަމްރީނު ޕްރުގްރާމުގައި ހިއްސާ ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ.

ހަމައެއާއެކު ކުރީގެ އިންތިހާބުތަކުގައި އެކިއެކި ސަބަބުތަކާހުރެ ދިމާވި މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި ވޯޓުލުމުގެ ހައްގު އޮންނަ ކޮންމެ ރައްޔިތަކަށް އެ ހައްގުގެ ބޭނުން އެންމެ ފުރިހަމަށް ކަށަވަރުކޮށްދިނުމާ ގުޅޭ މައުލޫމާތުތައް ވެސް މި ތަމްރީނު ޕްރޮގްރާމުގައި ހިއްސާކުރާނެކަމަށް އެ އިދާރާއިން ބުނެއެވެ.

މި ޕްރޮގްރާމްގައި މައުލޫމާތުދިނުމަށް ހަމަޖެހިފައިވަނީ މި ޚިދުމަތުގެ މުދައްރިބުންނާއި އިލެކްޝަންސް ކޮމިޝަނުގެ ކަމާގުޅޭ މުދައްރިބުންނެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް މި މަހުގެ 28 ގައި އޮންނަ ތަމްރީނު ކުލާސްތަކުގައި މައުލޫމާތުދެއްވާނެކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

މިއީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު