Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ތަމީމް އެންޑް ރީމް ޗެނަލް

ދަރިފުޅުގެ ޙައްޤުގައި ދެމަފިރިއަކު އައު ހުނަރެއް ދަސްކޮށް، އެފަދަ އެހެން ޢާއިލާތަކަށް ހަދިޔާއެއް!

ތަމީމް އެންޑް ރީމް ޗެނަލަކީ، އަޑު އިވުމާއި ވާހަކަދެއްކުމުން މަހްރޫމުވެފައި ވާ ކުދިންނާއި މީހުން، މުޢާމަލާތު ކުރުމަށް ބޭނުން ކުރާ އިޝާރާތުގެ ބަހުރުވަ، ދަސްކޮށްދޭ ޔޫޓިބިއުބް ޗެނަލެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2024 | އަންގާރަ 07:30
މައުމޫން އަވްޟަޙް އިޝާރާތުގެ ބަހުރުވައިން ދެއްކި ވާހަކަ، ހިބާ ޖަމްޖޫމް ޢަރަބިން ކިޔައިދެނީ

މައުމޫން އަވްޟަޙް އިޝާރާތުގެ ބަހުރުވައިން ދެއްކި ވާހަކަ، ހިބާ ޖަމްޖޫމް ޢަރަބިން ކިޔައިދެނީ

މައިބަފައިކަމުގެ ލޯތްބާއި ކުލުނަކީ ހީވެސް ނުކުރާ ފަދަ ބާރުގަދަ އިޙްސާސެކެވެ. މަދު ޙާލަތެއްގައި މެނުވީ، ކޮންމެ މަންމައަކާއި ބައްޕައަކީވެސް އެމީހުންގެ ދަރިންނަށް ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނުމަށް، އެމީހަކަށް ވީ އެންމެ ފުރިހަމައަކަށް މަސައްކަތް ކުރާ މީހެކެވެ. ތިމާގެ ދަރިފުޅަކީ އެހެން ކުދިންނާ ތަފާތު ކަމެއް، ނޫނީ އުނިކަމެއް ހުރި ކުއްޖެއް ކަމުގައި ވީ ނަމަވެސް، އެ ލޯތްބަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. އެފަދަ އެތައް މިސާލެއްގެ ތެރެއިން ހަމަ އެންމެ މިސާލެކެވެ. މިއީ، ޢުމުރުން 36 އަހަރުގެ މައުމޫން އަވްޟަޙްއާއި އޭނާގެ 2 އަހަރުގެ ދަރިފުޅުގެ ވާހަކައެވެ.

މައުމޫންގެ ދަރިފުޅަކީ މި ދުނިޔެއަށް އުފަން ވީ އިރުވެސް، އަޑުއިވުމުން މަހްރޫމު ވެފައިވާ ކުއްޖެކެވެ. އެއީ ފަހަރެއްގައިވެސް ދިރިއުޅުމުގައި އެ ދަރިފުޅަށް ކަމެއް އުނިވާން ޖެހޭނެ ސަބަބެއް ކަމަކަށް މައުމޫން ޤަބޫލެއް ނުކުރެއެވެ. ދިރިއުޅުމުގެ މައިދާނުގައި ދަރިފުޅަށް މަދުވެދާނެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނުމުގައި މައުމޫނު ދެމި ހުރީ ސާބިތުކަމާއެކުގައެވެ. ބަހާއި ޢަމަލުން އެކަން ދައްކައިވެސް ދެއެވެ.

ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައި އޮތް އަދުގެ ޒަމާނަކީ އޮންލައިން ޕްލެޓްފޯމްގައި ދިރިއުޅުމުގެ ހިއްސާއެއް އޮތް ޒަމަނާކަށް ވީ ނަމަވެސް، އަޑު އިވުމުން މަހްރޫމު ވެފައިވާ ކުޑަކުދިންނަށް ފައިދާ ކުރާނެ ފަދަ އުފެއްދުންތައް، އޮންލައިން ޕްލެޓްފޯމްގައި މަދު ކަން މައުމޫންއަށް ފާހަގަ ކުރެވުނެވެ. އެކަމާ ގޮތް ހުސްވެ، މާޔޫސްވުމުގެ ބަދަލުގައި، އެ އުނިކަން އޭނާ ބަލައިގަތީ، ހިތްވަރެއްގެ ގޮތުގައެވެ. ޙައްލު ހޯދަން ތެދުވީ އޭނާގެ އަމިއްލަ ފައި މައްޗަށެވެ.

އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ މައުމޫނުގެ ހުސްވަގުތުތައް މުޅިންހެން ހުސްކޮށްލީ އެނިމޭޝަންގެ ހުނަރާއި އުކުޅުތައް ދަސްކުރުމަށެވެ. މަޤްޞަދަކަށް ވީ، އަޑު އިވުމުން މަހްރޫމު ވެފައި ވާ ކުދިންނަށް ކޮންޓެންޓް އުފައްދައިދިނުމެވެ.

އޭގެ 4 އަހަރު ފަހެވެ. "ތަމީމް އެންޑް ރީމް" ވުޖޫދު ކުރިއެވެ. އެ ޗެނަލަކީ، އަޑު އިވުމާއި ވާހަކަދެއްކުމުން މަހްރޫމުވެފައި ވާ ނުވަތަ އުނިކަމެއް ހުންނަ ކުދިންނާއި މީހުން، މުޢާމަލާތު ކުރުމަށް ބޭނުން ކުރާ އިޝާރާތުގެ ބަހުރުވަ، ނުވަތަ ސައިން ލޭންގުވިޖް ދަސްކޮށްދޭ ޔޫޓިބިއުބް ޗެނަލެކެވެ.

ކޮންޓެންޓް ތައްޔާރު ކުރުމުގެ މަސައްކަތުގައި މައުމޫނަށް އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދެނީ އޭނާގެ އަންހެނުން، ހިބާ ޖަމްޖޫމްއެވެ. "ތަމީމް އެންޑް ރީމް" ޗެނަލުން ފެންނަ ކެރެކްޓަރތަކަކީ ކުޑަކުދިންގެ ސަމާލުކަން ދަމައިގަންނަ ފަދަ، ހިބާއާއި މައުމޫނު އަމިއްލައަށް ފަރުމާ ކުރި ކެރެކްޓަރތަކެކެވެ.

ޗެނަލުން ފެންނަ ކެރެކްޓަރތަކުގެ ތެރެއިން ކެރެކްޓަރއަކަށް، މައުމޫންއާއި ހިބާގެ ދަރިފުޅު، ތަމީމްގެ އަޑުތަކެއްވެސް ބޭނުން ކޮށްފައިވެއެވެ.

ހިބާ ޤަބޫލު ކުރާ ގޮތުގައި، އިޝާރާތުގެ ބަހުރުވައިގެ ޘަޤާފަތް ފެތުރި ވަރަކަށް، އެ ބަހުރުވައިން މުޢާމަލާތު ކުރާ ކުދިންނަށް މުޖުތަމަޢުން ޖާގަ ލިބި، އިޖުތިމާޢީ ކަންކަމުން ފުރުޞަތު ލިބޭ މިންވަރު އިތުރުވެ، ފަސޭހަވެސް ވާނެއެވެ.

މައުމޫންއާއި ހިބާ ނިސްބަތް ވާ ޢުރުދުންއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކުގެ މުޢާހަދާ ތަސްދީޤުކޮށް، އެފަދަ އެމީހުންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ފުރުޞަތު ފަހި ކުރުމަށް، ސްޓޭކްހޯލްޑަރުންނަށް ލާޒިމުކުރާ ޚާއްޞަ ޤާނޫނެއް އެކުލަވާލާފައެވެ.

ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ މަތީ މަޖިލީހުން ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި ގިނަ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ އެކަށީގެންވާ ހިދުމަތްތަކެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާނީ އަށް އައުޓްސްޓޭންޑިން އެވޯޑެއް ލިބިއްޖެ

ރާނީ އަށް އައުޓްސްޓޭންޑިން އެވޯޑެއް ލިބިއްޖެ

09 އޮކްޓޯބަރު 2017
ކައިވެންޏަށް 60 އަހަރު ފުރިގެން ވެޑިންގ ޑްރެސްލައިގެން  ބްރެޒިލްގެ ދެމަފިރިއަކު ފޮޓޯ ނަގައިފި

ކައިވެންޏަށް 60 އަހަރު ފުރިގެން ވެޑިންގ ޑްރެސްލައިގެން ބްރެޒިލްގެ ދެމަފިރިއަކު ފޮޓޯ ނަގައިފި

08 އޮކްޓޯބަރު 2017
އަމީތާބްގެ "102 ނޮޓް އައުޓް" ޑިސެމްބަރ 1 އަށް ފަސްކޮށްފި

އަމީތާބްގެ "102 ނޮޓް އައުޓް" ޑިސެމްބަރ 1 އަށް ފަސްކޮށްފި

01 އޮކްޓޯބަރު 2017
އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!

އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!

04 ޖުލައި 2017
"ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ނިންމާލުމަށް ފަހު އަމީތާބު "102 ނޮޓް އައުޓް" ގެ ޝޫޓިން އަށް!

"ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ނިންމާލުމަށް ފަހު އަމީތާބު "102 ނޮޓް އައުޓް" ގެ ޝޫޓިން އަށް!

29 ޖޫން 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު