ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 10:50
އަޑުއިވުމުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން ސައިން ލޭންގުއޭޖުގެ ޚިދުމަތް ދިނުމަށް ފީފާއިން ވަނީ ހުރިހާ ކަމެއް ހަމަޖައްސާފައި
އަޑުއިވުމުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން ސައިން ލޭންގުއޭޖުގެ ޚިދުމަތް ދިނުމަށް ފީފާއިން ވަނީ ހުރިހާ ކަމެއް ހަމަޖައްސާފައި
ފީފާ
ފީފާ ވޯލްޑްކަޕް ޤަތަރު 2022
ފީފާ ވޯލްޑްކަޕް ޤަތަރު 2022: ޚާއްސަ އެހީއަށް ބޭނުންވާ ފޭނުންނަށްވެސް ޚާއްސަ!
 
އަޑުއިވުމުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން ސައިން ލޭންގުއޭޖުގެ ޚިދުމަތް ދިނުމަށް ފީފާއިން ވަނީ ހުރިހާ ކަމެއް ހަމަޖައްސާފައި
 
މިއީ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ތާރީޚުގައި ވެސް ސައިން ލޭންގުއޭޖުގެ ޚިދުމަތް، ފޭނުންނަށް ޚާއްސަކޮށްގެން ތަޢާރަފު ކުރި ފުރަތަމަ ފަހަރު

ނޮވެމްބަރު 20 ގައި ފަށާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ އެންމެ މުހިންމު އެއް އަމާޒަކީ ހުރިހާ އެންމެނަށްވެސް ބައިވެރިވެ، ޝާމިލުވެވޭ، އަދި ހުރިހާ އެންމެންނަކީވެސް ބާރުވެރި ބަޔަކަށް ހެދުން ކަން ސާބިތުކޮށްދިނުމަށްޓަކާ، މުބާރާތް ހޮސްޓްކުރާ ޤަތަރާއި ޚުދު ފީފާއިންވެސް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ފީފާ ވޯލްޑްކަޕް ޤަތަރު 2022 އަކީ އެއްވެސް މީހަކު އިސްތިސްނާ ނުކުރެވޭ މުބާރާތަކަށް ހެދުމަށް ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ޗޭނަށް އެންމެ ފަހުން އިތުރުވި އެއް ބޮޅަކީ، އަޑުއިވުމުގައި ހާއްސަ އެހީއަށް ބޭނުންވާ ފޭނުންނަށް ހާއްސަކޮށްގެން ތަޢާރަފު ކުރި ސައިން ލޭންގުއޭޖް އިންޓަރޕްރިޓޭޝަން ޚިދުމަތް ފާހަގަ ކުރަން ޖެހެއެވެ. މިއީ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ތާރީޚުގައިވެސް ސައިން ލޭންގުއޭޖުގެ ޚިދުމަތް، ފޭނުންނަށް ހާއްސަކޮށްގެން ތަޢާރަފު ކުރި ފުރަތަމަ ފަހަރެވެ. 

ފުޓުބޯޅައިގެ ކޮމެންޓްރީއަކީ ދުރުގައި ތިބެގެން މެޗު ބަލަމުން ދާއިރު މުހިންމު ދައުރެއް އަދާ ކުރާ ކަމަކަށް ވާ އިރު، ފީފާއިން ވަނީ 64 މެޗުގެ އުސްއަލިތައް، ފީފާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. 

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަކީ ހުރިހާ އެންމެންގެ ބައިވެރިވުމާއި ޝާމިލުވުމަށް މަގު ތަނަވަސް ކުރެވިފައި ވާ މުބާރާތެއް ކަން ކަށަވަރު ކުރުމަށް ޤަތަރުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި ފަހަރުގެ މުބާރަތަށް ވީ ތައްޔާރީތަކަކީ، ވޯލްޑްކަޕްގެ ފައިނަލް މެޗުގައި އެންމެ ފަހު ފަހަރަށް ރެފުރީގެ ކަށިގަނޑު ފުމެލޭ ފުމެލުމަށް ފަހުގައިވެސް ދެމިގެންދާނެ ޚިދުމަތްތަކެއް ކަން ކަށަވަރު ކުރުމަށް ޤަތުރުން އޮތީ ޢަޒުމު ހިފާފައެވެ. 

އަޑުއިވުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ސައިން ލޭންގުއޭޖުގެ ޚިދުމަތް ދިނުމަށް ފީފާއިން ހުރިހާ ކަމެއް ހަމަޖައްސާފައި ވާ އިރު، ވޯލްޑްކަޕަށް ހާއްސަކޮށްގެން ޤަތަރުގައި އަލަށް އެޅި 8 ސްޓޭޑިއަމްވެސް ފަރުމާކޮށްފައި ވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މިހުންނަށްވެސް ފަސޭހައިން ބޭނުން ކުރެވޭ ފަދަ ގޮތަކަށް ކަން ފާހަގަ ކުރަން ޖެހެއެވެ. 

ޖިސްމަނީ ނުކުޅެދުންތެރިކަމުގެ އިތުރުން ސިކުނޑިއާއި ނާރުތަކުގެ ނިޒާމުގައި އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މީހުންނަށްވެސް މި ފަހަރުގެ ވޯލްޑްކަޕް ހާއްސައެވެ. ދަނޑަކަށް ގޮސް ފުޓުބޯޅަ ބަލާލުމަށް ގިނަ ބަޔަކު ލޯބިކުރަނީ އެތަނުގައި އެ ނަގާ ފޯރީގެ ސަބަބުން ކަމަށް ވާ އިރު، އެ އަޑުފަށްގަނޑަކީ ކޮންމެކޮންމެ މީހަކަށް އަހަން މާ ފަސޭހަ އަޑުފަށްގަނޑަކަށް އޮންނަނީ ނުވެފައެވެ. ވަކިން ހާއްސަކޮށް، އެކި ކަހަލަ ސެންސަރީ މައްސަލަތައް ހުންނަ މީހުންނަށް، ސްޓޭޑިއަމްއެއްގައި ބޮޑު ނުތަނަވަސް ކަމަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް މި ފަހަރުގެ ވޯލްޑްކަޕް އެގޮތުންވެސް ހާއްސައެވެ. 

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް ބިނާ ކޮށްފައި ވަނީ ސެންސަރީ ރޫމްއަކާ އެކުގައެވެ. މިއީ އޯޓިޒަމްއާއި އެނޫންވެސް ކޮގްނިޓިވް ގޮންޖެހުންތައް ހުންނަ ފޭނުންނަށް ކުރިމަތިލާންޖެހިދާނެ ހާސްކަމަކާއި ނުތަނަވަސްކަމަކުން ސަލާމަތްވެ، ލުޔެއް ހޯދާދޭނެ ސެންސަރީ ރޫމްއެކެވެ. 

ސްޓޭޑިއަމްތަކުގެ އިތުރުން، ޤަތަރުގެ ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓްގައިވެސް ވަނީ ހާއްސަ އެހީއަށް ބޭނުންވާ ސަޕޯޓަރުން ބަލައިގަނެ، މެހެމާންދާރީ އަދާކުރާނެ ހާއްސަ އިންތިޒާމްތައް ހަމަޖައްސާފައެވެ. އެއަރޕޯޓްގައިވެސް އޯޓިޒަމް ހުންނަ ފޭނުންނަށް ހަމަޖެހުމާއި ލުއި ފަސޭހަކަން ލިބިދޭނެ އިންތިޒާމްތައް، ޤަތަރުން ވަނީ ހަމަޖައްސާފައެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ފޭނުންވެސް ދަނީ މި ފަހަރުގެ ވޯލްޑްކަޕަކީ ހުރިހާ އެންމެނަށްވެސް އުފާ ގެނުވާނެ ޢީދަކަށް ހެދުމަށް، އެމީހަކަށް ކޮށްދެވެން އޮތްހާ މަސައްކަތެއް ކޮށްދެމުންނެވެ. އެގޮތުން، ވެނެޒުއޭލާއަށް ނިސްބަތްވާ، ޢުމުރުން އެންމެ 12 އަހަރުގެ ސަބޭޝީއަން ފިލޮރާމޯ، ލޯފާން މީހުންނަށް ހާއްސަކޮށްގެން ގެނެސްދިން ވޯލްޑްކަޕް ސްޓިކަރ ފޮތް މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
50%
50%
ކޮމެންޓް