Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ'މިސްރާބު ހަމަމަގަށް' ކެމްޕޭން

ފެންނަނީ އެއް މައިދާނުގައި ރައްޔިތުން އަދި އަނެއް މައިދާނުގައި ސަރުކާރު އޮވެގެން މަސައްކަތް ކުރާތަން - ފަތުހުﷲ

މިހާތަނަށް ރާއްޖެ އަށް ލިބުނު ކާމިޔާބެއް ވިއްޔާ ލިބިފައި އޮތީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ފެބުރުއަރީ 2024 | އަންގާރަ 04:32
ތިމަރަފުށީ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ފަތުހުﷲ ޖަމީލް

ތިމަރަފުށީ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ފަތުހުﷲ ޖަމީލް

ސަރުކާރާއި ރައްޔިތުންނާއި ގުޅުން ކުޑަ ކަމަށާއި، މިހާރު ފެންނަނީ އެއް މައިދާނުގައި ރައްޔިތުން ތިބޭއިރު އަނެއް މައިދާނުގައި ސަރުކާރު އޮވެގެން މަސައްކަތް ކުރާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެމްޑީޕީގެ 'މިސްރާބު ހަމަމަގަށް' ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން، ފަތުހުﷲ ވިދާޅުވީ މިހާތަނަށް ރާއްޖެ އަށް ލިބުނު ކާމިޔާބެއް ވިއްޔާ ލިބިފައި އޮތީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިހާރު ކަންކަން ހިނގަނީ އެހެން ނޫންކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދޭން ޖެހެނީ އެކަން ބަދަލުކޮށް ރާއްޖޭގެ މިސްރާބު ބަދަލުކޮށްލުމަށް ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު މީސްމީޑިއާ އާއި އެހެން ޒަރީއާތަކުން އާއްމުން ފާޅުކުރާ ޚިޔާލަށް ބަލާއިރު މިސްރާބު އެންމެ ބޮޑަށް ކައްސާލާފައިވަނީ ދައުލަތުގެ މާލިއްޔާގެ ކަންކަމުގައިކަން އެނގޭ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ. އަދި މާލިއްޔާގެ ކަންކަން ދަނީ ރަނގަޅަށް ނޫންކަން އެއީ މިއަދު ދެބަސްވެވެން ނެތް ހަޤީޤަތަކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން ފާއިތުވި 5 އަހަރު އެމްޑީޕީގެ ވެރިކަމުގައި ކޮވިޑް-19 އާއި ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމަ އާއި ތެލުގެ އަގު ބޮޑުވުން ފަދަ އިގްތިސާދީ އުނދަނގޫތައް ދިމާވި ކަމަށާއި އެއިން އެއްވެސް ހާލަތެއްގައި ދައުލަތުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ. ނަމަވެސް މިއަދު ރާއްޖެ އަށް ރިކޯޑް އަދަދަކަށް އާމްދަނީ ލިބެމުންދާއިރު، ދައުލަތުން ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ނުދެވޭ ސަބަބާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ދިވެހި ދައުލަތުގެ މާލިއްޔާގެ މިސްރާބު ކައްސާލާފައިވާ ކަމަށާއި މާލިއްޔާ ހަމަ މަގަށް އަޅުވަން ޖެހޭ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަންކަން ކުރެވޭނީ މަޖިލީހުގައި އެމްޑީޕީގެ ސާފު މެޖޯރިޓީ އެއް އޮވެގެން ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަ ކުރަންވާނީ އިންވެސްޓަރުންގެ އިތުބާރު ނުގެއްލޭނެ ގޮތަކަށް، އާއްމުންނަށް ބޭނުންވާ ޒަރޫރީ ކަންކަމަށް ބުރޫ ނާރާނެ ގޮތަކަށް އިންތިޒާމްކޮށްގެން ކަމަށެވެ. މީގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި މިހާރު ވަޒީފާގައި ތިބި މީހުންނަށް ވަޒީފާގެ ބިރު ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މި ޖަލްސާގައި ވާހަކަދައްކަވަމުން ފަތުހުﷲ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު