Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"މިސްރާބު ހަމަ މަގަށް" ކެމްޕެއިން

ސަރުކާރަށް ރައްޔިތުން ވޯޓު ދިނީ ހައިވަކަރު އޮޑިއެއް ކަމަށް ހީކޮށް، ފެންނަނީ ޅޮސް އޮޑިއެއް - ފައްޔާޒް

26 ފެބުރުއަރީ 2024 | ހޯމަ 17:20

ޑިމޮކްރަސީގައި ހޯދާ ހައްގުތައް ހިމާޔަތްކުރެވެނީ އިންތިޚާބުތައް ބާއްވައި، އެ އިންތިޚާބުތައް ކާމިޔާބުކުރެވިގެން ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ފެބުރުއަރީ 2024 | ހޯމަ 17:20
ފައްޔާޒް އިސްމާއީލް

ފައްޔާޒް އިސްމާއީލް

މި ސަރުކާރަށް ރައްޔިތުން ވޯޓު ދިނީ ހައިވަކަރު އޮޑިއެއް ކަމަށް ހީކޮށް ކަމަށާއި، މިއަދު މި ސަރުކާރު ފެންނަނީ ޅޮސް އޮޑިއެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ، އެމްޑީޕީގެ "މިސްރާބު ހަމަ މަގަށް" ކެމްޕެއިނުގެ ކެންޑިޑޭޓުންނަށް އިގުރާރު ލައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް އައިސް، ތިން މަސް ވެގެންދާއިރު ފެންނަނީ ޑިމޮކްރަސީއާ ދުރުކޮށް މަސައްކަތްކުރަމުން ދާތަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ޑިމޮކްރެޓިކް އަސާސްތައް ގަބޫލުނުކުރާ ބަޔަކު ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރާ ކަމަށް ދައްކަން އުޅުނަސް އެކަން ނުކުރެވޭނެކަން މިހާރުވެސް ފެންނަމުން ދާކަމަށާއި، 100 ދުވަސް ވީއިރު 300 ދޮގު ހަދާފައި ވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. މި ސަރުކާރަށް ރައްޔިތުން ވޯޓުލީ ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވުމުން، އެ ވާހަކަތައް ގަބޫލުކޮށްގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިއަދު ފެންނަނީ ކިރިޔާ ރާޅެއް ޖަހައިލާއިރަށް ފަށަން ބިންދައިގެންދާ ހާލުގައި އޮތްތަން ކަމަށާއި، ސަރުކާރަށް ކިރިޔާ ޕްރެޝަރެއް އަންނައިރަށް މާވަޑިއޭ ކިޔާފައި އިނގިލި ދިއްކުރާކަމަށް ފަައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް މިހެން ވިދާޅުވެފައި ވާއިރު، ކަންކަން ނުވަނީ ކުރީ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް ކަމަށެވެ. އަދި ރާއްޖެ އިތުރަށް އަނދަވަޅަކަށް ވައްޓައިނުލައި ސަލާމަތްވާނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަޖިލިސް އިންތިޚާބު ރޯދަ މަހު ބާއްވަން ކަމަށާއި، އަދިވެސް ރޯދަ މަހު އިލެކްޝަން ބާއްވަންޖެހޭ ސަބަބެއް ހާމަނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމާގުޅޭ ބިލް މަޖިލީހުން ފާސްކުރުމުން، ފަހު ވަގުތާ ޖެހެންދެން ބިލް ފާސްނުކޮށް ބޭއްވި ސަބަބަކީ ކޮބައިތޯ ފައްޔާޒް ސުވާލު އުފެއްދެވިއެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒް ވިދާޅުވީ، އިންތިޚާބުތަކުގައި ވާދަކުރުމަކީ ޑިމޮކްރަޓިކް މުޖުތަމައެއްގައި އަބަދާ އަބަދު ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޑިމޮކްރަސީގައި ހޯދާ ހައްގުތައް ހިމާޔަތްކުރެވެނީ އިންތިޚާބުތައް ބާއްވައި، އެ އިންތިޚާބުތައް ކާމިޔާބުކުރެވިގެން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީން މިހާރު އަނެއްކާވެސް ނުކުންނަނީ އަނިޔާވެރި މުޖުތަމައެއްގެ ހާލަތު ބަދަލުކޮށް، ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަށް ކަމަށެވެ. އެ މަސައްކަތުގައި އެމްޑީޕީން ވަނީ ޒަމާންތަކެއް ވަންދެން މަސައްކަތްކޮށްފައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފާއިތުވި އަހަރުތަކުގައި ވެރިކަމުގެ ނިޒާމާއި ދައުލަތުގެ ނިޒާމް ބަދަލުކޮށް، އެންމެ ބާރުވެރި ބަޔަކީ ރައްޔިތުންކަމަށް ހެދީ އެމްޑީޕީން ކަމަށާއި، އެކަން ކުރީ އެމްޑީޕީގެ ހިތްވަރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އާ ގާނޫނު އަސާސީއާއެކު ރައްޔިތުންނަށް ބާރުތައް ހޯދައިދީފައި ވާކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވީ ވަރަށް އަނިޔާވެރި ވެރިކަންތަކުގައި ވެސް ރައްޔިތުންގެ ހައްގުތައް ހޯދައިދޭން އެމްޑީޕީން ވަނީ މަސައްކަތްކޮށްފައި ކަމަށެވެ. ފައްޔާޒް ވަނީ މިހާރު އަނެއްކާވެސް އެމްޑީޕީން ނުކުންނަނީ އެފަދަ މަގުސަދެއްގައިކަން ފާހަގަކުރައްވާފައެވެ.

ފައްޔާޒް ވަނީ 2013އިން 2018އަށް އޮތީ ވަރަށް އަނިޔާވެރި ވެރިކަމެއް ކަމަށާއި، އެކަން ދިވެހިން ހަނދާން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހަނދާން ނެތުނު ސަބަބަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެން ކުރެއްވި ހެޔޮ ވެރިކަމުގެ ސަބަބުން ކަަމަށް ފައްޔާޒް ވިދާޅުވިއެވެ. އެމްޑީޕީން ހިމާޔަތްކުރަން ބޭނުންވި ހައްގުތައް އެހާވަރަށް ވެސް ހިމާޔަތްކުރެވުނު ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކުގެ ސަބަބުންނާއި، ދޮގާއި ފިތުނަ ވިއްކައިގެން މިހާރުގެ ސަރުކާރު ވެރިކަމަށް އައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް