Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"މިސްރާބު ހަމަ މަގަށް" ކެމްޕެއިން

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ފެންނަނީ ކުރިން އަޅުވާފައި އޮތް ފިލްމެއް، އަލުން އެ ފިލްމު ބަލާކަށް ދިވެހިން ބޭނުމެއްނުވޭ - ޝާހިދު

މަސްވެރިން ދަނީ އެމީހުން ހަނާވެ، ފަނާވެފައި ވާކަމަށް ބުނަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ފެބުރުއަރީ 2024 | ހޯމަ 17:34
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މި ފެންނަނީ ކުރިން އަޅުވާފައި އޮތް ފިލްމެއް ކަމަށާއި، އެ ފިލްމް އަލުން ބަލަން ދިވެހިން ބޭނުން ނުވާނެ ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވީ މިސްރާބު ހަމަމަގަށް ކެމްޕެއިން ލޯންޗްކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ޝާހިދު އެފަދައިން ވިދާޅުވީ، މި ސަރުކާރުގެ ވެރިކަމުގައި ޕީޕީއެމްގެ ކުރީގެ ވެރިކަމުން ފެނުނު ކަންކަން ފެންނަމުންދާ ކަމަށް ފާހަގަކުރައްވަމުންނެވެ. އެގޮތުން މި ވެރިކަމަށް 100 ދުވަސްވީއިރު، އިގުތިސާދު ހަމަމަގަށް ނޭޅުނުކަމަށާއި، މަސްވެރިން ދަނީ އެމީހުން ހަނާވެ، ފަނާވެފައި ވާކަމަށް ބުނަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ މަސްވެރިންނަށްޓަކައި މި ސަރުކާރުން ވީ ވައުދުތައް ފުއްދަމުން ނުދާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި މި ސަރުކާރު އައިފަހުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ ބާކީވެ، ކޮރިޑޯތަކުން ފަހަތަށް ސޮއްސަމުން ދާކަަމަށް ޝާހިދު ވިދާޅުވިއެވެ. އަނިޔާވެރިކަން ތިލަވެ، ހައްގުތައް ހަނިކުރަމުންދާ ކަމަށާއި، މި ސަރުކާރުން މުއައްސަސާތަކަށް އަތްބާނަމުން ދާކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރު ދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ފެންނަ ފިލްމަކީ ބާ ފިލްމެއް ކަމަށާއި، ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި މަޖިލިސް މެމްބަރުން ނަގައި ގޭޓް މަތިން އުކުމާއި، އުއްތަމަފަނޑިޔާރު ކުޑަގޮޅީގައި ބޭއްވުމާއި، ރައީސްކަން ކުރެއްވި އެތައް ބޭފުޅުންނެއް އޭރު ފެނުނުކަން ޝާހިދު ފާހަގަކުރެއްވިއެވެ. މި ވެރިކަމުގައި ވެސް މިސްރާބު ދަނީ އެ މަގުން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން ބުހުތާން ދޮގު ހަދާފައި ވާކަމަށާއި، ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލާފައި ވާކަމަށެވެ. އަދި ސަރުކާރުން ފިތުނަ އުފައްދާފައި ވާކަމަށް ޝާހިދު ވިދާޅުވިއެވެ. މި ސަރުކާރުގެ މިސްރާބު ގެއްލި، ސަރުކާރު ވަނީ ފާލުން ނެއްޓިފައި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. މިއަދު ދިވެހި ރައްޔިތުން އެއް އަޑަކުން "ދޮގު ދޮލަނގު" ކުނިވެފައިވާކަމަށް ބުނަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީން މިހާރު ނުކުމެ އޮތީ ސަރުކާރުގެ މިސްރާބު ހަމަމަގަށް އަޅުވަން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީއަކީ ހިތްވަރު އެލޭނެ ޕާޓީއެއް ނޫންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ގައުމު ހަމަމަގަށް އެޅުވުމުގެ މަސައްކަތުގައި އެމްޑީޕީން ދާނީ ކުރިއަށް ކަމަށެވެ. އަދި އެ މަސައްކަތް ކުރަން އެމްޑީޕީން ނުކުތީ އާ ހިތްވަރަކާއި އާ ޖޯޝަކާ އެކުގައިކަން ޝާހިދު ފާހަގަކުރެއްވިއެވެ. އެމްޑީޕީއަކީ ރާއްޖެ ބަދަލުކޮށްލި ޕާޓީއެއް ކަމަށާއި، އެމްޑީޕީން އަލުން ރާއްޖެ ހަމަމަގަށް އަޅުވަން ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު