Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަމަޟާން މަސް

ރަމަޟާން މަސް ފެށެން ކައިރިވެއްޖެ، ތައްޔާރުތަ؟

ރަމަޟާން މަސް ފެށެން ވަނީ ކުޑަތަންވެފައި

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2024 | ހޯމަ 10:24
އެއްގަމު އުޅަނދު ދުއްވުން މަނާ ދުވަހެއް

އެއްގަމު އުޅަނދު ދުއްވުން މަނާ ދުވަހެއް

އަހަރުގެ ތެރެއިން އަހަރެމެންނާ ބައްދަލުކުރާނެ އެންމެ ހެޔޮ މައްސަރަކީ ރަމަޟާން މަހެވެ. މިއީ ޒިކުރުކުރުމާއި، ދުޢާކުރުމާއި އަދި އަޅުކަންތަކަށް އެންމެ ޚާއްސަވެގެންވާ މައްސަރެވެ. ތިމާގެ އުޅުން އިސްލާހުކޮށް ހެޔޮމަގަށް ރުޖޫޢަވުމަށް އެންމެ ބޮޑު ބާރަކަށް ވެގެންދާ މައްސަރެވެ. އިސްރާފުކުރުމާއި، ދޮގުހެދުމާއި، ނެތިމޮށުންފަދަ ނުބައި ސިފަތަކުން ދުރުވެ ތިމާގެ ހިތް ސާފު ކުރަންވީ މައްސަރެވެ. މާދަމާވެސް ތިމާ މަރުވެދާނެއެވެ. އެމީހެއްގެ މަރުގެ ވަގުތަކީ ކޮބައިކަން، މަރު ހިއްޕަވާނީ ކޮންތަނެއްގައި ކީއްކުރަން ހުއްޓާކަމެއް ނޭނގޭނެއެވެ. އެހެންކަމުން، ކޮންމެފަދަ ވަގުތެއްގައިވެސް ތިމާ މަރުވެދާނެކަމަށް ތައްޔާރުވެ، ކުރަންހުރި ކަންކަން އެންމެ ފަހު ވަގުތާ ޖެހެންދެން ނުބަހައްޓާށެވެ. އެހެންނޫނީ، ވަގުތު އައިސް ޖެހުމުން ތިމާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމަކީވެސް އެފަދަ ކަމެކެވެ. އެންމެ ފަހުވަގުތާ ޖެހެންދެން ތައްޔާރުނުވެ ހުރުމުގެ ސަބަބުން ގިނަފަހަރު އޮންނަނީ ތައްޔާރުނުވެވިއެވެ. މިއީ ދިވެހި މި މުޖުތަމަޢު ތެރެއިން ފެންނަ އާއްމު ސިފައެކެވެ. ރަމަޟާން މަސް އަންނަކަން ގިނަފަހަރު އޮންނަނީ ހަނދާންނެތިފައެވެ. ފޯނަށް ބަރޯސާވެގެން ނޫނީ ދުވަހެއް އައިސް ފާއިތުވެ ދިޔައަސް ރޭކާނުލާ ދަރަޖައަށް މިހާރު އޮތީ ގޮސްފައެވެ. ފޭސްބުކް، އެކްސްފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ރަމަޟާން މަހަށް 03 ދުވަހަށް ވެއްޖެކަމުގެ ޕޯސްޓެއް ފެނުމުން ރަމަޟާން މަސް އައިސް ބޯމަތިވެއްޖެކަން އެނގޭ މީހުން މަދެއްނޫނެވެ. އެމީހުން ގެއަށް ބޭނުންވާ ތަކެތި ހަމަނުކުރެވި އުޅެނިކޮށް ރަމަޟާން މަސް އައިސް އޮންނަނީ ފެށިފައެވެ. މިކަންކަމަށް ސަމާލުވެ، ރަމަޟާން މަހަކީ އަހަރުގައި އަންނާނެ އެންމެ މުހިއްމު މައްސަރުކަން ދަނެ، އެ މަހަށް އިންތިޒާރުކޮށް، ދުރާލައި ތައްޔާރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ނަމަވެސް ރަމަޟާން މަހާއެކު ބައެއް ދެރަ ކަންކަން މި މުޖުތަމަޢުން ފެނިގެންދެއެވެ. ގިނަ ފަހަރަށް ރަމަޟާން މަހާ ދިމާކޮށް، ބައެއް ބާވަތްތައް އަގު ބޮޑުކުރެއެވެ. މިމައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރިނަމަވެސް، މިފާއިތުވި 2 ރަމަޟާން މަހުގެ ތެރޭގައި ވެސް ފިޔާ، ބިސް، ހަނޑޫ، ހަކުރު، މަސްދަޅު، މޭވާ އަދި ތަރުކާރީގެ ބާވަތްތައް އަގު ބޮޑުކޮށްފައި ވެއެވެ. އެހެންކަމުން ރޯދައިގެ ކުރިން މި ބާވަތުގެ ތަކެތި ގަނެ، ތައްޔާރުވުމަކީ ބުއްދިވެރި ގޮތެކެވެ.

މީގެ އިތުރުން ގޭތެރޭގެ އާބާތުރަ ފިލުވުމާއި، ހިފާގެންގުޅޭ ތަކެތި އާކުރުމާއި، ރީތި ފޭރާން ހޯދުން ފަދަ ކަންކަމަކީވެސް ރަމަޟާން މަހަށް ތައްޔާރުވުމަށް ދުރާލައި ކުރެވިދާނެ ކަމެކެވެ. ނަމަވެސް އިސްރާފު ނުވާގޮތަކަށެވެ.  މީގެ އިތުރުން، ފާއިތުވި ރަމަޟާން މަހު ގެއްލިފައިވާ ރޯދަތައްވެސް މި ފެށޭ ރަމަޟާން މަސް އައުމުގެ ކުރިން ޤަޟާކޮށް، ހުރިހާ ވާޖިބެއް އަދާކުރަންވާނެއެވެ. މި ކަންކަމަކީ، އެންމެ ފަހު ވަގުތާ ޖެހުނީމައި ކުރަން ބަހައްޓަންވާނެ ކަންކަމެއް ނޫނެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގައި މިކަންކަމަށް ޚާއްސަ ސަމާލުކަމެއްދީ، ދުރާލާ ދުވަސްތަކެއް ކަނޑައަޅައިގެން މިކަންކަމަށް ތައްޔާރުވުމަށް އެންމެންވެސް މަސައްކަތްކުރާށެވެ.

ރަމަޟާން މަސް ފެށެން ކައިރިވެއްޖެއެވެ. ވަގުތު ކުޑަތަންވެއްޖެއެވެ. ރަމަޟާން މަހަށް ތައްޔާރުވުމަށް އަހަރެމެން ކުރަންހުރި ކަންކަން ގިނައެވެ. އެހެންކަމުން، މިހާރުން ފެށިގެން، ރަމަޟާން މަހަށް އަވަހަށް ތައްޔާރުވާށެވެ. ގަންނަންޖެހޭ ތަކެތި ގަނެ، ފުރިހަމަނުކުރެވި ހުރި އަޅުކަންތައް ފުރިހަމަކޮށް، ތިމާ ހިތް ސާފު މީހެއްގެ ގޮތުގައި ރަމަޟާން މަހާ ބައްދަލުކުރާށެވެ. މާތް ﷲ އަޅަމެން އެންމެންނަށް ރަމަޟާން މަހާ ބައްދަލުވުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

01 މާރިޗު 2018
ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

10 ޖެނުއަރީ 2018
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު