Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-އެމެރިކާ

ރަޝިއާ އަށް ފިޔަވަޅު އެޅުމާއި ބެހޭ ބިލް ރައީސް ޓްރަމްޕް ތަސްދީގު ކުރައްވައިފި

2 އޯގަސްޓު 2017 | ބުދަ 16:03

ރަޝިއާ އާ ދެކޮޅަށް ފިޔަވަޅު އެޅުމާބެހޭ ގާނޫނުގައި އިރާނާއި އުތުރު ކޮރެއާ އާ ދެކޮޅަށް ފިޔަވަޅު އެޅުުމާއި ބެހޭ ބައިތައްވެސް ހިމެނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 2 އޯގަސްޓު 2017 | ބުދަ 16:03
ރައީސް ޓްރަމްޕާއި އަދި ޕޫޓިން

ރައީސް ޓްރަމްޕާއި އަދި ޕޫޓިން

ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސް އިން ފާސްކުރި ބިލު ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރައްވައިފިއެވެ.

މީޑިއާ ނުވައްދާ ރައީސް ޓްރަމްޕް ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ބިލު ތަސްދީގު ކުރުމުން ގާނޫނަކަށް ވެފައިވާ އިރު މި ގާނޫނުގައި އިރާނާއި އަދި އުތުރު ކޮރެއާ އާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ވެސް ހިމެނެއެވެ.

ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނު ވުޖޫދަށް އައުމުން، ރައީސް ޓްރަމްޕް ރަޝިއާ އާ ދެކޮޅަަށް އަޅާ ނުވަތަ އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަން ބޭނުން ނަމަ ދެން ޖެހޭނީ ގާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދަންށެވެ.

ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅުމާއި ބެހޭގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސް ކުރީ 2014 ވަނަ އަހަރު ކްރައިމިއާ ރަޝިއާގެ އަތްދަށަށް ގެނައުމާއި ގުޅިގެންނާއި އަދި އެންމެ ފަހުން ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. ރަޝިއާ އާ ދެކޮޅަށް ކުރެވޭ އެންމެހާ ތުހުމަތުތައް އެގައުމުން ދޮގުކުރެއެވެ.

އަންގާރަ ދުވަހު، ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނު، ބިލެއްގެ ގޮތުގައި އޮތް އިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވީ އޭނާ އާއި އަދި ރައީސް ޓްރަމްޕް ވެސް ބިލާ މެދު "އެއާ ހިތްހަމަ ނުޖެހޭ" ކަމަަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި، ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ބިލާއި ގުޅިގެން، ގާނޫނަކަށް ނުވެސް ވަނީސް ރަޝިއާ އިން ވަނީ ރައްދު ދޭން ފަށާފައެވެ. އެގޮތުން ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 755 މުވައްޒަފަކު ރަޝިއާ ދޫކޮށް ދިޔުމަށް ރައީސް ވްލަޑީމިއާ ޕޫޓިން ވަނީ އަންގަވާފައެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް