Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޮޅިވަރަންފަރުގެ ތަރައްޤީ

ނޮޅިވަރަންފަރުގައި ހައުސިންގ މަޝްރޫޢެއް ހިންގުމަށް ރައީސް ވައުދުވެވަޑައިގަންނަވައިފި

ރައީސް ވިދާޅުވީ އެ ރަށުގައި މަލްޓިޕަރޕަސް ހޯލާއި ބޭނުންވާ އެހެން ވަސީލަތްތަކާއެކު މުޅިން އައު ސްކޫލެއް ބިނާކޮށްދެއްވާނެކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ފެބުރުއަރީ 2024 | ހޯމަ 03:53
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

ތިލަދުންމަތީ ދެކުނުބުރި ނޮޅިވަރަންފަރުގައި ހައުސިންގ މަޝްރޫޢެއް ހިންގުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ.ނޮޅިވަރަންފަރަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އިތުރަށް ވިދާޅުވީ މި ފަސް އަހަރުދުވަހަށް ބަހާލައިގެން 40،000 ހައުސިންގ ޔުނިޓް ގާއިމުކުރައްވާނެ ކަަމަށެވެ. އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ހައުސިންގ މަޝްރޫޢެއް ނޮޅިވަރަންފަރުގައި ހިންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަމާއި ގުޅުން ހުރި އިތުރު ތަފްސީލެއް އެ މަނިކުފާނު ހިއްސާކުރައްވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނޮޅިވަރަންފަރުގެ ތަރައްޤީއަށް ކޮށްދެއްވާނެ ކަންތައްތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އާބާދީ އެއްފަސްކުރުމުގައި މެދުރާސްތާ އަދި ދުރުރާސްތާގެ ޕްލޭނުގައި އެ ރަށަކީ މުހިންމު ރަށެއް ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގެ ބަނދަރު ބޮޑުކޮށް ރައްޔިތުން އެދޭ ގޮތަށް ބަދަލުގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރުކުރުމާއި ހަދަންޖެހޭ ގިނަ ޓެސްޓުތައް ހެދޭ ރަނގަޅު ފެންވަރުގެ ލެބޯޓްރީގެ ޚިދުމަތްދެވޭ ތަނަކަށް ރަށުގެ ޞިއްޙީ މަރުކަޒު ބަދަލުކޮށްދެއްވާނެ ކަަމަށް ވިދާޅުވިއެވެެ. މީގެ އިތުރުން އެ ރަށުގައި މަލްޓިޕަރޕަސް ހޯލާއި ބޭނުންވާ އެހެން ވަސީލަތްތަކާއެކު މުޅިން އައު ސްކޫލެއް ބިނާކޮށްދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު