Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވެމްކޯ ފެއިލް

ނުފަށަނީސް ވެމްކޯ ފެއިލްވެއްޖެ!

ކުނި އުކާލުމުގައި ވެމްކޯގެ ޚިދުމަތް ފުރަތަމަ ދުވަހުވެސް ގޯސް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 2 އޯގަސްޓު 2017 | ބުދަ 14:58
ވެމްކޯގައި ރަޖިސްޓްރީ ވުމަށް ގާއިމްކޮފައިވާ ތަނެއް

ވެމްކޯގައި ރަޖިސްޓްރީ ވުމަށް ގާއިމްކޮފައިވާ ތަނެއް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ނަމުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން އުފެއްދި ކުންފުނީގެ މަސައްކަތް ފެށި ފުރަތަމަ ދުވަހުވެސް އެތަން ފެއިލް ވެއްޖެކަމަށް ގިނަބަޔަކު ބުނަން ފަށައިފިއެވެ.

ވެމްކޯއަށް ޓެގްކޮށް، ކުނި އުކުމަށް ރަޖިސްޓްރީ ކުރި އެތަށް ގޭބިސީއަކުން އޯގަސް 1 ވަނަ ދުވަހާއި އަދި ދެވަނަ ދުވަހު، އެގޭބިސީތަކުގެ ކުނި ބަލައި އަންނަށް ބުނެފައިވާ ގަޑިތަކުގައި ކުނި ބަލައި ނައިސްގެން އެތަށް ޝަކުވާއެެއް ދަނީ އޮއްސާލަމުންނެވެ. އަދި ރަޖިސްޓްރީ ކުރުމަަށްފަހު ކުނި ބަލައި އެއްގޮތަކަށްވެސް ނާންނަކަމަށް ބައެއް ފަރާތްތަކުގެ ވާހަކަތަކުން އެނގެއެވެ. އަދި ވެމްކޯއިން ޓްވިޓާ މެދުވެރިކޮށް އެފަރާތްތަކުގެ ކިބައިން މައާފަށް އެދިފައިވެސް އެބަހުއްޓެވެ.

1 އޯގަސްޓްވީ އަންގާރަދުވަހު މެންކޯއިން ކުނި އުކާލުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު، ބުދަދުވަސް ނިމިގެންދާއިރުވެސް ކުނި އުކާލުމުގެ ޚިދުމަތް ގިނަ ގޭބިސީތަކަށް ރަޖިސްޓްރީވެފައި ވީނަމަވެސް ލިބިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ވެމްކޯގެ އިސް އޮފިޝަލަކު ވިދާޅުވީ، އަލަށް މިފަދަކަމެއް ކުރަން ފަށާއިރު ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއ ހުންނާނޭކަމަށާއި، ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާނޭކަމަށެެވެ. އޭނާ ވިދާޅުވީ، ފަހުވަގުތު ރަޖިސްޓްރީ ކުރަން މަޑުކޮށްގެން ތިބި މީހުންގެ އަދަދުވެސް މަދު ނޫންކަމަށެވެ. ވެމްކޯއިން މިހެން ބުނި ނަމަވެސް ރަޖިސްޓްރީކޮށްފައި ހުއްދަދޫކުރާ ކާޑު ބަލައި އަންނަން ފަހުން ގުޅާލާނެކަމަށް ބުނެ ނުގުޅުމުން، ވެމްކޯގެ އޮފީހަށް ގުޅާއިރު އަބަދުވެސް ހުންނަނީ ފޯން ބިޒީކޮށްކަމަށާއި، ރިންގް ވިޔަސް ފޯނު ނުނަގާކަމަށް ގިނަ ބަޔަކުވަނީ ރާއްޖެއެމްވީއަށް ގުޅައި މައުލޫމާތު ހިއްސާކޮށްފައެވެ.

ބައެއް ފަރާތްތަކުން ބުނިގޮތުގައި، ސަރުކާރުން މިކަމަށް ކުންފުންޏެއް ހެދުމުން އެ ރައްޔިތުންނަށް އުފުލަން މި ޖެހުނީ ބޮޑު ތަކުލީފެކެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ބައެއް މީހުން ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބަލާލާއިރު "ގޭގައި ކުނި އުކައިދޭން ކުރިން ގެންގުޅުނު ބޮންދު މާރަނގަޅު، އެ ބޮންދު އޭނާގެ މަސައްކަތަށް މާ ފަރުވާތެރި. އަލުން ބޭނުމީ އޭނާ" މިފަދަ ކޮމެންޓްތައް ފެންނާން ހުއްޓެވެ.

ވެމްކޯގެ އިސްއޮފިޝަލަކު މައުލޫމަތު ދިން ގޮތުގައި ގޭބިސީއެއްގެ މީހަކު އައި ރުޅީގައި އަންގާރަ ދުވަހުއްސުރެ ހުރި ކުނިކޮތަޅުތައް ގެންގޮސް ވެމްކޯގެ އޮފީސްތެރެއަށް ވެސް ބުދަ ދުވަހު ވަނީ އަޅާލާފައެވެ.

ކުނީގެ މައްސަލަ އަކީ އަބަދުވެސް މާލޭގައި ބޮޑު މައްސލައަކަށް ވަނީ ވެފައެވެ. އަދި މިކަން ހައްލުކުރުމަށް އުފެއްދި ކޯޕަރޭޝަންގެ ޚިދުމަތުގެ ދޯދިޔާކަން ފުރަތަމަ ދުވަހުވެސް ހުރިގޮތުން ވެމްކޯއަށް މި ވަނީ އެތަށް ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައެވެ. އަދި ވެމްކޯ ފުރަތަމަ ދުވަހުވެސް ފެއިލްވެއްޖެ ކަމަށް ގިނަ ބަޔަކުވަނީ ބުނަން ފަށާފައެވެ.

ރައްޔިތުންނަށް ތަކުލީފު ނުޖެހި މިއަށް ވުރެ ފަސޭހަގޮތަކަށް ކުނީގެ މައްސަލަ ހައްލުވާން އެބަޖެހެއެވެ. މުޅިމާލޭގެ މަގުތަކުގައި ކުނިފުނި ނުޖެހެނީސް އެކަށީގެންވާ އިންތިޒާމެއްގެ މަތީން މިކަން ކުރެވެން އެބަޖެހެއެވެ. ތޮއްޖެހިފައި މިވާ މާލޭގައި ކުނި ފެތުރިގެން ބަލިމަޑުކަމެއް ފެށިދާނެތީއެވެ.

ވެމްކޯގައި ކުނި އުކާލުމުގެ ޚިދުމަތަށް އެދި 27000 ގޭބީސީ ރަޖިސްޓްރީ ކުރަން ޖެހޭ އިރު މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވަނީ 10000 ގޭބީސީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަން މިގޮތަށް ހިނގައިފައި އޮތުމުން މާލޭގައި 17000 ގޭބީސީ އެއްގައި ހުރި ކުނި އުކާލުމަށް އެތައް ދައްޗެއް ކުރިމަތިވެފައިވެއެވެ. ކުނި އުކަން ބޭނުންވާ ގޭބީސީ ތަކުން ރަޖިސްޓްރީވާން މިޖެހުނީ އެކަމަށް ހެދި ގަވައިދެއްގެ ދަށުންނެވެ.

ވެމްކޯ އިން މާލޭގެ 27000 ގޭބީސީ އަކުން ކުނި އުކާލުމުގެ ޚިދުމަތް ދިނުމަށް ހަވާލުވި އިރު އެކަމަށް އެކުންފުނިން ތައްޔާރުވެފައިވާ މިންވަރާ މެދު ރައްޔިތުން ސުވާލު އުފައްދައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯއަށްފަހު ސިޓީ ކައުންސިލްގެ ޓާގެޓަކީ އެމްޓީސީސީ؟

ވެމްކޯއަށްފަހު ސިޓީ ކައުންސިލްގެ ޓާގެޓަކީ އެމްޓީސީސީ؟

22 ޖެނުއަރީ 2023
ކޮވިޑްގެ އެންމެ ހާލަތު ގޯސްވިއިރު ވެސް، ވެމްކޯއިން ދެއްކީ ނުގުޑާ އަޒުމާއި ހިތްވަރު

ކޮވިޑްގެ އެންމެ ހާލަތު ގޯސްވިއިރު ވެސް، ވެމްކޯއިން ދެއްކީ ނުގުޑާ އަޒުމާއި ހިތްވަރު

10 ޖޫން 2021
މުޅި ނިޒާމް ފެއިލްވެއްޖެ! އިސްލާހުކުރާނެ ހިތްވަރު އެބަހުރިތަ؟

މުޅި ނިޒާމް ފެއިލްވެއްޖެ! އިސްލާހުކުރާނެ ހިތްވަރު އެބަހުރިތަ؟

19 ޖެނުއަރީ 2020
ވެމްކޯއިން ކުނި އުކާލިއްޔާ މާ ތާހިރުވާނެ!

ވެމްކޯއިން ކުނި އުކާލިއްޔާ މާ ތާހިރުވާނެ!

19 މެއި 2018
ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ

ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ

05 އެޕްރީލު 2018

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު