Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީރުން ސަސްޕެންޑްކުރުން

ސަސްޕެންޝަނުގައި ތިއްބެވި 3 ނައިބު ވަޒީރުންނަށް ދައުލަތުން މުސާރަ ހިނގާތާ ދެ މަސް ދުވަސް!

3 ނައިބު ވަޒީރަކު ސަސްޕެންޑްކޮށްފައިވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ސީދާ އަމާޒުކޮށް ފޯސް ވާހަކަތަކެއް ދެއްކެވުމުން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 25 ފެބުރުއަރީ 2024 | އާދީއްތަ 10:39
ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުން

ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުން

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ފާޑުވިދާޅުވުމުން ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުން އަދިވެސް ތިއްބެވީ ސަސްޕެންޝަނުގައި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އިންޑިޔާގެ ބޮޑު ވަޒީރަށް ފާޑުވިދާޅުވުމާ ގުޅިގެން ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުންނަކީ ޒުވާނުންނާގުޅޭ ވުޒާރާގެ ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދެވެ.

މި ވަޒީރުން ސަސްޕެންޑްކޮށްފައި ވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ސީދާ އަމާޒުކޮށް، އިސްރާއީލުގެ ޕަޕެޓު، ޖޯކު، އަދި އިންޑިޔާއަކީ ހަޑި ގައުމެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަތަކެއް ދެއްކެވުމާ ގުޅިގެން، މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ.

އެ ވަޒީރުންގެ ސަސްޕެންޝަނާ ގުޅޭގޮތުން ސުވާލު ދެންނެވުމުން، ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅުވީ ވަޒީރުންގެ ސަސްޕެންޝަން އަދި އުވާލައިފައި ނުވާކަމަށެވެ.

ރައީސް އޮފީހުން އެ ތިން ވަޒީރުން ސަސްޕެންޑްކުރިއިރު، އެ ތިން ވަޒީރުން ވެސް ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ހިނގާގޮތަށެވެ. އެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އަމާޒުކުރައްވައި ފާޅުކުރެއްވި ޝުއޫރުތަކުގެ ސަބަބުން، ރާއްޖެ ބޮއިކަޓް ކުރުމަށް ބޮޑު ކެމްޕޭނެއް ފަށައި، އެކަމާއެކު އާންމުންގެ ކަންބޮޑުވުން ބޮޑުވެ، ސަރުކާރަށް ޕްރެޝަރު ވަރަށް ބޮޑުވުމާ ގުޅިގެންނެވެ.

މިކަން ހިނގަން މެދުވެރިވީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕުގެ ރަށްތަކަށް ވަޑައިގެން، އެރަށްތަކުގެ ރީތިކަން ޕްރޮމޯޓުކުރެއްވުމާ ގުޅިގެން، އިންޑިޔާގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން، ވަނީ ރާއްޖެއަކީ "ޕްރޯ ޗައިނާ" ގައުމެއް ކަމުގައި ބުނެ، ރާއްޖެ ނުދިޔުމަށް "ބޮއިކޮޓް މޯލްޑިވްސް"ގެ ނަމުގައި ކެމްޕޭނެއް ފަށުމާއެކުއެވެ.

އެއާއެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ ދިފާއުކުރެއްވުމުގެ މަސައްކަތް ފެއްޓެވިއިރު، ބައެއް ނައިބު ވަޒީރުން ފެއްޓެވީ އިންޑިޔާ މީހުންނާ ޒާތީ ގޮތުން ދިމާކުރެއްވުމުގެ މަސައްކަތެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި

31 މާރިޗު 2017
ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
22 މާރިޗު 2017

މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

22 މާރިޗު 2017
މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު