Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޮޅިވަރަމް ދާއިރާ

ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލި އިޔާޒުގެ ފޯމު ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް

މި މައްސަަލައިގައި ދެން އޮންނާނީ ޙުކުމްކުރުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2024 | އާދީއްތަ 08:28
ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލި ފަރާތެއްގެ ފޯމު ބަލައިނުގަތް މައްސަލަ

ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލި ފަރާތެއްގެ ފޯމު ބަލައިނުގަތް މައްސަލަ

ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލި ފަރާތެއްގެ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން ސުޕްރީމް ކޯޓަށް އޭނާގެ ފަރާތުން މައްސަލަ ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލުމަށް ފޯމު ހުށަހެޅި ހ ގިނަމާގެ މުޙައްމަދު އިޔާޒްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

އޭނާ ފުރަތަމަ މި މައްސަލަ ހުށަހެޅީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. ނަމަވެސް މިއީ ހައިކޯޓަށް ހުށަހަޅާ ބާވަތުގެ މައްސަލައެއް ނޫންކަމަށް ބުނެ ހައިކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. ވުމާއެކު އޭނާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.

އޭނާ މި މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ފޯމު ބަލައިނުގަތުމަށް ނިންމާފައިވާތީއެެވެ.

އެގޮތަށް އީސީން ނިންމީ އިންތިޚާބީ އެޖެންޓުގެ ކުށާއި ދަރަނީގެ ރެކޯޑު ހަމައެކަނި 5 އަހަރު ދުވަހަށް ސާފުކޮށްފައިވާތީ، އޭގެ ކުރީގެ ރެކޯޑެއް އޮތްކަން ނުވަތަ ނެތްކަން ކަށަވަރު ކުރެވެން ނެތްކަމަށް ބުނެއެވެ.  

އީސީން ބުނާ ގޮތުގައި މުޅި އުމުރުގެ ރެކޯޑެއް ހުށަހަޅަން ޖެހޭނެއެވެ.

ވުމާއެކު، އީސީން ނިންމީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާތީ، އޭނާ ހުށަހެޅި ފޯމު (ހުށަހެޅުން) ބަލައިނުގަތުމަށެވެ.

އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އޭނާގެ ފަރާތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައެވެ. އޭނާގެ އިންތިޚާބީ އެޖެންޓު ވެސް މި މައްސަލައިގައި ތަދައްޚުލު ވެފައިވާއިރު، އޭނާގެ ފަރާތުންވެސް ވަނީ ވާހަކަ ދައްކާފައެވެ.

ހައިކޯޓުން މި މައްސަލަ ބޭރުކޮށްލީ މިއީ ހައިކޯޓަށް ހުށަހަޅާ ބާވަތުގެ މައްސަލައަކަށް ނުވާތީއެވެ. އެގޮތުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގައި އޮންނަ ގޮތުން، އިންތިޚާބަށް ކުރިމަތިލުމުގައި ފުރިހަަމަ ވާން ޖެހޭ ޝަރުތު ފުރިހަމަ ނުވުމާ ގުޅޭ ނިންމުންތައް ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށްކަމަށް ބަޔާންކޮށްފައިވެއެވެ.

އީސީގެ ވަކީލު ވިދާޅުވީ، އީސީގެ ނިންމުން ބިނާވެފައިވަނީ ކެންޑިޑޭޓާއި އިންތިޚާބީ އެޖެންޓުގެ ޝަރުތާ ގުޅިގެނެއް ނޫން ކަމަށާއި، އެގޮތަށް ނިންމީ އިއުލާނުގައި ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަ ނުވާތީ ކަމަށެވެ.

އަދި މި މައްސަލައަކީ ޝަރުތާ ގުޅޭ މައްސަލައަކަށްނުވާތީ، މި މައްސަލަ ފުރަތަމަ މަރުޙަލާގައި ބަލަންޖެހޭނީ ހައިކޯޓުންކަމަށް ވެސް އީސީގެ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު ޑރ މުއުތަސިމް އަދުނާން ވިދާޅުވީ، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ކެންޑިޑޭޓުގެ ފަރާތުން ޑީޖޭއޭއަށް ހުށަހަޅާފައިވަނީ ހަމައެކަނި ކުށުގެ ރެކޯޑު ސާފުކުރަން ކަމަށާއި ދަރަނީގެ ރެކޯޑު ސާފުކުރަން ހުށަހަޅާފައި ވެސް ނެތްކަމަށެވެ.

ވީއިރު، ދަރަނީގެ ރެކޯޑެއް ނެތްއިރު، އޭނާގެ ދަރަނީގެ ރެކޯޑު 5 އަހަރަށް ހުށަހަޅާފައިވާކަމަށް ބުނެ އީސީން އެ ނިންމުން ނިންމާފައިވަނީ ކިހިނެއްތޯ ފަނޑިޔާރު ވަނީ ސުވާލު ކުރައްވާފައެވެ.

ފަނޑިޔާރު އެކަން ފާހަގަ ކުރެއްވުމުން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ދަރަނީގެ ރެކޯޑު ސާފުކޮށްފައި ނެތްކަމަށް ވިދާޅުވެފައެވެ.

މި އަޑުއެހުމުގައި ކެންޑިޑޭޓުގެ ވަކީލު ވިދާޅުވީ، އޭނާގެ ފޯމު ބަލައިނުގަތުމަށް އީސިން ނިންމުމުން، ކުށާއި ދަރަނީގެ ރެކޯޑު އަލުން އީސީއަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް އޭރު ވަނީ ކުރިމަތިލުމުގެ މުއްދަތު ހަމަވެފައެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަމުން ކެންޑިޑޭޓު ބުނީ، އީސީން ފޯމު ބަލައިނުގަތުމަށް ނިންމައި ބަޔާންކުރި ސަބަބުތަކުގެ ތެރޭގައި ވެސް އޮތީ ހަމައެކަނި އިންތިޚާބީ އެޖެންޓުގެ ކުށުގެ ރެކޯޑު 5 އަހަރަށް އޮތުން ކަމަށެވެ.

އީސީން އޭރު ވެސް ދަރަނީގެ ރެކޯޑުގެ ވާހަކަ ފާހަގަނުކުރާ ކަމަށާއި، އީސީން އެކަން ބަޔާންކުރީ ފަނޑިޔާރުން މި އަޑުއެހުމުގައި އެކަން ފާހަގަކުރެއްވުމުންކަމަށް ވެސް ކެންޑިޑޭޓު ބުންޏެވެ.

ކެންޑިޑޭޓު ބުނީ، އީސީގެ ހޮޓްލައިނަށް ގުޅައި މައުލޫމާތު ސާފުކުރުމުން، 5 އަހަރަށް ރެކޯޑު ހުށަހެޅިޔަސް މައްސަލައެއް ނެތްކަމަށް އީސީން ބުނެފައިވާ ކަމަށާއި، އެހެންކަމުން ކެންޑިޑޭޓާއި އިންތިޚާބީ އެޖެންޓު ވެސް ފޯމު ހުށަހެޅީ 5 އަަހަރަށް ރެކޯޑު ހޯދުމަށް ކަމަށެވެ.

އެހެންނަމަވެސް ޑީޖޭއޭއިން ވަނީ ކެންޑިޑޭޓުގެ އުމުރު ދުވަހުގެ ރެކޯޑާއި އެޖެންޓުގެ 5 އަހަރުގެ ރެކޯޑު ސާފުކޮށްދީފައެވެ.

އަދި ފޯމު ހުށަހެޅިއިރު މީރާގެ ކްލިއަރެންސް ވެސް ހުށަހަޅާފައިވާނެ ކަމަށާއި، އެ ލިޔުމަށް ބަލާއިރު، ދަރަނީގެ ރެކޯޑެއް ނެތްކަން ވެސް އެނގޭނެކަމަށް ކެންޑިޑޭޓު ބުންޏެވެ.

މި މައްސަަލައިގައި ދެން އޮންނާނީ ޙުކުމް ކުރެއްވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު