Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ދިވެހި ޕްރިމިއާ ލީގު

ވިދިވިދިގެން ތިންވަނަ ފަހަރަށް އުރީދޫ އިން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާ ކޮށްފި

2 އޯގަސްޓު 2017 | ބުދަ 14:11

ރަށްރަށުގެ ކުޅުންތެރިންނަށްވެސް ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް

ލީވާން އަލީ
ލީވާން އަލީ | 2 އޯގަސްޓު 2017 | ބުދަ 14:11
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސާ އެއްބަސްވުމުގައި ސޮއި ކުރަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސާ އެއްބަސްވުމުގައި ސޮއި ކުރަނީ

ވިދިވިދިގެން ތިންވަނަ ފަހަރަށް އުރީދޫ އިން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާ ކޮށްފި އެވެ.

ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސާޝިޕް އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސީއީއޯ ނަޖީބް ޚާން ސޮއިކުރެއްވިއިރު، އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނަޖީބް ޚާން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދިވެހި ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ރާއްޖޭގެ ކުޅުންތެރިންނަށް، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކުރިއެރުން ހޯދުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، ފުޓުބޯޅަ ތަރައްގީ ކުރުމަށް އަބަދުވެސް އުރީދޫ އިން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށާއި، ކުރިޔަށް އޮތް ދިވެހި ޕްރިމިއާ ލީގު އުރީދޫއާ އެކު ވަރަށް ފުރިހަމަކޮށް ގެނެވޭނެ ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ، މިފަހަރު ދިވެހި ޕްރިމިއާ ލީގުން ރާއްޖޭގެ އެކި ހިސާބުތަކުގެ ޓީމުތައް ފެނިގެންދާނެ ކަމަށާއި، މިއީ އެ ރަށްރަށުގެ ކުޅުންތެރިންނަށްވެސް ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގު ފަށާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދ.ކުޑަހުވަދޫ ބައްދަލުކުރާ މެޗުންނެވެ.

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީން ސްޓްރީޓް، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ، ނ.މިލަންދޫ އަދި އއ.މާޅޮހެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް