Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާ ލެވަކޫސަން

ރެކޯޑަށް ނުވިސްނަން، އެކަމަކު އުފާވެއްޖެ: އަލޮންސޯ

24 ފެބުރުއަރީ 2024 | ހޮނިހިރު 05:23

ލެވަކޫސަނުން ހުއްޓަލަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ އެ ހިތްވަރާއެކު ކުރިއަށް ދާން ކަމަށް ވެސް އަލޮންސޯ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ފެބުރުއަރީ 2024 | ހޮނިހިރު 05:23
ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ

ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ

އެއްވެސް ޙާލަތެއްގައި ރެކޯޑަށް ނުވިސްނާ ކަމަށާއި، އެހެން ނަމަވެސް އެކަން ޙާސިލުވުމުން އުފާވެއްޖެ ކަމުގައި ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޖަރުމަނު ލީގުގައި ލެވަކޫސަނުން މައިންޒާ ދެކޮޅަށް ކުޅެ، މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ލެވަކޫސަނުން ވަނީ މިހާތަނަށް ބަލި ނުވެ 33 މެޗު ހަމަ ކޮށްފަ އެވެ. މިއީ އެ ކުލަބަށް ރެކޯޑު އަދަދެކެވެ. މި ސީޒަންގެ މިހާތަނަށް ލެވަކޫސަނުން 33 މެޗު ކުޅެފައިވާއިރު، އެ ޓީމުން ވަނީ 97 ލަނޑު ޖަހައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މައިންޒް މެޗަށްފަހު އަލޮންސޯ ބުނީ، އެކަން ހާސިލުވުމާ ހަމައަށް، ރެކޯޑާމެދު އޭނާ ނުވިސްނާ ކަމަށެވެ. އެހެން ނަމަވެސް އެ ރެކޯޑު ލިބުމުން އުފާވެފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރަށް އަލޮންސޯ ބުނީ، އެކަމާމެދު ލެވަކޫސަންގެ ކުޅުންތެރިންނާމެދު އޭނާ ވަރަށް ފަޚުރުވެރިވާ ކަމަށާއި، ކުޅުންތެރިންނަށް ފުރިހަމަ އަށް ޝުކުރު އަދާކޮށް، މަރުޙަބާ ވެސް ކިޔަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން އަލޮންސޯ ބުނީ، ލެވަކޫސަންގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާއި، ކަންކަމުގަައި އެ ކުޅުންތެރިން ލަމުން އަންނަ ހިތްވަރުގެ ސަބަބުން، އެ ކުޅުންތެރިންނާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަވާ ކަމަށެވެ. އަނެއްކޮޅުން ލެވަކޫސަންގެ ކުޅުންތެރިންގެ ފަރާތުން ގިނަ ކަންކަން އެނގެމުން އަންނަކަން ފާހަގަކޮށް އަލޮންސޯ ބުނީ، އެކަމުން މެޑަލެއް ނުލިބުނު ނަމަވެސް ހިތްވަރެއް ލިބޭ ކަމަށެވެ. އެހެންކަމުން ލެވަކޫސަނުން ހުއްޓަލަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ އެ ހިތްވަރާއެކު ކުރިއަށް ދާން ކަމަށް ވެސް އަލޮންސޯ ބުންޏެވެ.

ރެއާލް މެޑްރިޑުގެ ޒުވާން އުމުރުފުރާގެ ޓީމުން 2018 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އަލޮންސޯ، ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ ހަވާލުވެ އޭނާ އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، މިވަގުތު އެއް ވަނައިގައި އޮތީ ވެސް އެ ޓީމެވެ. އަނެއްކޮޅުން، މި ސީޒަންގެ ޖަރުމަނު ލީގުގައި ވެސް ހަމައެކަނި ބަލި ނުވެ އޮތް ޓީމަކީ ލެވަކޫސަން އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2019

ނޭމާ ހޯދަން ތިން ކުޅުންތެރިން ދޭން ރެއާލުން އެއްބަސް، އެކަމަކު ޕީއެސްޖީ ދެކޮޅު!

22 އޯގަސްޓު 2019
ނޭމާ ހޯދަން ތިން ކުޅުންތެރިން ދޭން ރެއާލުން އެއްބަސް، އެކަމަކު ޕީއެސްޖީ ދެކޮޅު!
07 ޑިސެމްބަރު 2018

ޓްރާންސްފާ އަކާ މެދު އަދި ނުވިސްނަން: ބަލޮޓެލީ

07 ޑިސެމްބަރު 2018
ޓްރާންސްފާ އަކާ މެދު އަދި ނުވިސްނަން: ބަލޮޓެލީ
19 އެޕްރީލު 2018

ޗެލްސީގެ އަލޮންސޯ ތިން މެޗަށް ސަސްޕެންޑްކޮށްފި

19 އެޕްރީލު 2018
ޗެލްސީގެ އަލޮންސޯ ތިން މެޗަށް ސަސްޕެންޑްކޮށްފި
07 އެޕްރީލު 2018

ލިވަޕޫލްއަށް ސެމީގެ ޖާގައެއް ކަށަވަރެއް ނުވޭ: އަލޮންސޯ

07 އެޕްރީލު 2018
ލިވަޕޫލްއަށް ސެމީގެ ޖާގައެއް ކަށަވަރެއް ނުވޭ: އަލޮންސޯ
18 މާރިޗު 2018

ނޭމާ އާމެދު ނުވިސްނަން، ފޯކަސް ހުރީ ރެއާލްގެ ކުޅުންތެރިންނަށް: ޒިދާން

18 މާރިޗު 2018
ނޭމާ އާމެދު ނުވިސްނަން، ފޯކަސް ހުރީ ރެއާލްގެ ކުޅުންތެރިންނަށް: ޒިދާން
02 ޑިސެމްބަރު 2017

ރެއާލް ދޫކޮށް ދާކަށް ނުވިސްނަން: ބެންޒެމާ

02 ޑިސެމްބަރު 2017
ރެއާލް ދޫކޮށް ދާކަށް ނުވިސްނަން: ބެންޒެމާ
21 އޯގަސްޓު 2017

އަލޮންސޯ ލަނޑުތަކުން ޗެލްސީ ސަލާމަތް ވެއްޖެ

21 އޯގަސްޓު 2017
އަލޮންސޯ ލަނޑުތަކުން ޗެލްސީ ސަލާމަތް ވެއްޖެ
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް