Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޖިލިސް އިންތިޚާބު 2024

މަޖިލީހުގެ ބާރުތަކަށް އިޙްތިރާމެއް ނެތް، އެކަމަކު މަޖިލީހުގެ މެޖޯރިޓީ ބޭނުން؟

ސަރުކާރުން ދަނީ މަޖިލީހުގެ ބާރުތަކަށް ގޮންޖަހަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ފެބުރުއަރީ 2024 | ހުކުރު 13:45
ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ ގެ ތެރެއިން

ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ ގެ ތެރެއިން

މި ސަރުކާރަކި ތިންބާރު ވަކި ވެފައިވާ ނިޒާމާއި މާ ރައްޓެހި ސަރުކާރެއް ކަމަކަށް އެ ބޭފުޅުންގެ އަމަލުތައް ހުރިގޮތަކުން ނުފެނެއެވެ. މަޖިލީހުން ބިލެއް ފާށްކޮށްފި ނަމަ އެ ބިލް ތަސްތީގު ނުކޮށް ދިގުދަންމާލައެވެ. މަޖިލީހުގެ ހިންގުމާއި މެދު ހިތްހަމަ ނުޖެހިގެން ޝަކުވާކޮށް، ކުސްތެޅުން އެއީ އާއްމުކަމެކެވެ. މަޖިލީހުގެ ނިންމުންތަކާއި މެދު ކޯޓުގެ ދޮރާށީގައި ޓަކިޖެހުން އެއީ މި ސަރުކާރުން ނިކަން ކުރާހިތްވާކަމެކެވެ. ކުރުކޮށް ބުނާ ނަމަ ސަރުކާރަށް މަޖިލީހަކީ މާ މުހިންމު ތަނެއް ނޫނެވެ.

ނުވިތާކަށް މި ސަރުކާރަށް މަޖިލީހަކީ ތުރާލެކެވެ. މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކަށް މިނިސްޓްރީތަކުގެ އިސް ވެރިންނާއި ވަޒީރުން ހާޒިރުކުރުމުން މި ސަރުކާރަށް އެކަން ސިފަކުރެވެނީ ޖެއްސުންކުރުމުގެ ގޮތުގައެވެ. ސަރުކާރަށް ފެންނަ ގޮތުގައި އެއީ ބޭކާރު ވަގުތުތަކެކެވެ. މަޖިލީހަށް ޖަވާބުދާރީވުމުން ސަރުކާރަށް ޖަވާބު ނުދެވި ފަޟީހަތްވާތީ ކަމަށް ވެސް ވެދާނެއެވެ. އެނގި ހާމަވާ ކަމަކަކީ މަޖިލީހާއި މެދު ސަރުކާރު އިންތިހާއަށް ޖެހިލުންވާކަމެވެ. އަދި މިހާރު ހިނގަމުންދާ މަޖިލީހަށް ގޮންޖަހާ އެ މަޖިލީހުގެ ބާރުތަކަށް އަރައިގަންނަކަމީ ސިޔާސީ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް އެކަނި ބަލާލިޔަސް މި ސަރުކާރުން މަޖިލީހުގެ ހިންގުމަށް ނުފޫޒު ފޯރުވާކަމަށް ދޭހައެވެ. މަޖިލީހުގެ ހިންގުމާއި މެދު މަޖިލީހުން ނިންމާ ނިންމުމަކާއި މެދު ނުރުހިގެން ބޮޑާހާކާ ކޯޓަށް ދާނީ ގައިމު ވަރަށް ބޮޑުތަނުން ނުރުހުނީމަތާއެވެ.

ރޯދަ މަހު އިންތިޚާބު ނުބޭއްވޭ ގޮތަށް ޤާނޫނަށް އިންތިޚާބުތަކާއި ބެހޭ އިސްލާހު ގެނެސް އެ ބިލް މަޖިލީހުން ފާސްކުރުމުން ވެސް އެކަން ވެސް އެއީ ނުވާކަމަކަށް ހަދައިގެން ތިއްބަވާކަހަލައެވެ. ހިރުވާތަން ކަހާވެސް ނުލަނީއެވެ. އެ ބިލް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލައްވާ ނަމަ 27 ފެބްރުއަރީގެ ކުރިން އެކަން ކުރައްވަން ޖެހިވަޑައިގަންނަނަވައެވެ. ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު އެ ބިލް މޭޒުކޮޅު މަތީގައި ބާއްވަވާ ސަބަބެއް ހާމައެއް ނުކުރައްވައެވެ. މަޖިލީހުން ނިންމާ ނިންމުންތަކަށް ފާޅުގައި ކުޑައިމީސްކޮށްހިތާކަން އެހެރަ ފެންނަނީ ނޫންތޯއެވެ.

ފަހަރުގައި މިއީ ރާއްޖޭގެ ރައީސްކަން ކުރެއްވި ގިނަ ބޭފުޅުންނާއި ޚިލާފަށް މަޖިލީހުގެ އެތެެރެ ކޮއިލު ނުފެނި ވެރިކަމަށް ވަޑައިގަތުމުން ވާގޮތަކަށް ވެދާނެއެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ކަން ހިނގާ ގޮތާއި އެއް ބާރުން އަނެއް ބާރަށް ކުރާ އިޚުތިރާމު ދެނެ ނުގަނެވެނީ ކަމަށް ވެސް ވެދާނެއެވެ. ސުވާލަކީ މިހާ މަޖިލީހަށް އިޚުތިރާމް ކުޑަ ބަޔަކު މަޖިލީހަށް އަންނަން ބޭނުންވާ ސަބަބެވެ. މިއީ ބާރާއި ކޮންޓްރޯލް ހޯދުން ނޫން ދެން އެހެން ކޮން ކަމެއްތޯއެވެ؟

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު