Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމް

ގައުމުގެ ހައްގުގައި، މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދަންޖެހޭ: ފައިސަލް

ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 22 ފެބުރުއަރީ 2024 | ބުރާސްފަތި 12:28
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ

ގައުމުގެ ހައްގުގައި 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދަންޖެހޭކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީއަށް ސޮއިކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، އެމްޑީޕީއިން އަބަދުވެސް ކުރާނީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމަށާއި، ވަގުތުތައް ހޭދަކުރަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނާއި ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

ކުރީ ސަރުކާރުގައި ހިންގާފައިވާ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ، ކުދި ރަށްތަކުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކާއި، ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރި މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރިއަށް ވެސް ކުރިއަށްގެންދާނެ ކަމަށާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެމްޑީޕީއަށް ދޭންޖެހޭ ހުރިހާ ސަޕޯޓެއް ދޭނެކަމުގެ ޔަގީންކަން ފައިސަލް ދެއްވިއެވެ.

ފައިސަލް ވިދާޅުވީ އެންމެން އެކުގައި މިއަދު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ރައްޔިތުން މަޖިލީހުގެ އިންތިޚާބު އަޣުލަބިއްޔަތު އެމްޑީޕީން ހޯދަންޖެހޭ ކަމަށެވެ. އެއީ ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ އެމްޑީޕީ އުފެދުމާއެކު އެމްޑީޕީން އެންމެ ފުރަތަމަ އެކުލަވާލި ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރިކަމަށާއި، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ސިޔާސަތުތަކާއި، ފިކުރުތައް ދަސްކޮށްދިން ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވީ 22 ފެބްރުއަރީ 2024 ވީ ބުރާސްފަތި ދުވަހު، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގަތެވެ.

ރައީސް ސާލިހުގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް އޭރު ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. ފައިސަލް ވަނީ އެ ދައުރުގައި ރައީސް ސާލިހާއެކު ވަރަށް އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާފައެވެ. އަދި ފައިސަލްއަށް ރައީސް ސާލިހު ވަނީ ވަރަށް ބޮޑަށް ތައުރީފު ވެސް ކުރައްވާފައެވެ.

ފައިސަލް ވަނީ ވަފާތެރި ނައިބު ރައީސެއްގެ ގޮތުގައި ދައުރު ހަމަކުރައްވައި، ނަމޫނާ ދައްކަވާފައެވެ.

ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފައިވަނީ 21 ޖެނުއަރީ 2024ގައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު