Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންނަށްދޭން ޖެހޭ ފައިސާ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަޕްލަމެންޓްރީ ބަޖެޓުން ކަނޑައެޅި 100 މިލިއަން ރުފިޔާގެ އިތުރަށް، ނޮވެމްބަރު 17 ވަނަ ދުވަހުގެ ފަހުން އިތުރު އެއްވެސް ފައިސާއެއް ދައުލަތުގެ ބަޖެޓުން މިހާތަނަށް ދީފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ފެބުރުއަރީ 2024 | ބުރާސްފަތި 09:37
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ކުރީ ސަރުކާރު ނިމެނިކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުފުޅުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ވާހަކަފުޅުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި 3 މަސް ދުވަސްވެއްޖެކަން ފާހަގަކުރެއްވިއެވެ. އަދި ސަޕްލަމެންޓްރީ ބަޖެޓުން ކަނޑައެޅި 100 މިލިއަން ރުފިޔާގެ އިތުރަށް، ނޮވެމްބަރު 17 ވަނަ ދުވަހުގެ ފަހުން އިތުރު އެއްވެސް ފައިސާއެއް ދައުލަތުގެ ބަޖެޓުން މިހާތަނަށް ދީފައި ނުވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވަނީ މަސްވެރިންގެ އަތުން ގަތް މަސް ވިއްކައިގެން ލިބުނު ފައިސާއަށްވީ ގޮތާއި މެދު ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ވެގެން އުޅޭގޮތަކީ ސަރުކާރެއް ހިންގަން ނޭނގުން ކަމަށާއި ފައިސާ ގެންގުޅެން ނޭނގުން ކަމަށެވެ. ދައުލަތެއް ހިންގާއިރު އިސްކަން ދޭންޖެހޭ ތަރުތީބުތަކެއް އޮންނާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ކޮވިޑްގެ ބޮޑު ވަބާގެ ތެރޭގައި ބޯޑަރު ބަންދުކޮށްފައި އޮތް އިރު ދައުލަތަށް ފައިސާ ނުވަންނަ ކަމަށެވެ. އަދި ރިޒަރވްގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. ނަމަވެސް އެކަން އެ ދުވަހު ރަނގަޅަށް މެނޭޖް ކުރެއްވި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އަދި ރައީސް ސާލިހު ވިދާޅުވީ ހާރިޖީ ސިޔާސަތަކީ ވެސް މުހިންމު އެއްޗެއް ކަމަށާއި ދޭދޭ ގައުމުތަކާއި އޮންނަ ގުޅުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. ދައުލަތުން ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތްތަކާއި ވާހަކަ ދައްކަން ޖެހޭ ކަމަށާއި، މިއަދު އިތުރަށް ފައިސާ ބޭނުންވާ ކަމަށެވެ. މީގެއިތުރުން އިގްތިސާދު ކުރިއަރަމުން ދިޔަ ނަމަވެސް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ހަމައަކަށް ނޭޅޭނެ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ސިޔާސީ ނުފޫޒު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ފޯރުވާތަން ކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓިތަކުން އެދެނީ ރޯދައިގެ ފަހަށް އިންތިހާބު ފަސްކުރުމަށް ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނަމުން ދަނީ މަޖުބޫރުވެގެން ތިބި ކަމަށް ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މަޖުބޫރުކަމެއް ނޯންނާނެ ކަމަށާއި މިއަދު އިންތިހާބު ބާއްވާނަމޭ ބުނެފިނަމަ ސަރުކާރުން ޖެހޭނީ އެކަން ކޮށްދޭން ކަމަށެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި

05 މެއި 2017
ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި
04 މެއި 2017

ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ

04 މެއި 2017
ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ
30 އެޕްރީލު 2017

ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް

30 އެޕްރީލު 2017
ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް
12 އެޕްރީލު 2017

ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން

12 އެޕްރީލު 2017
ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު