Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒަބީ އަލޮންސޯ

ލިވަޕޫލް އަދި ބަޔާންގެ ލިސްޓުގައި ވެސް އަލޮންސޯ

22 ފެބުރުއަރީ 2024 | ބުރާސްފަތި 00:46

އަލޮންސޯ އަންނަނީ ލެވަކޫސަން ގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ފެބުރުއަރީ 2024 | ބުރާސްފަތި 00:46
ލެވަކޫސަނަށް އިރުޝާދު ދެމުން އަންނަ އަލޮންސޯ

ލެވަކޫސަނަށް އިރުޝާދު ދެމުން އަންނަ އަލޮންސޯ

ބަޔާން މިއުނިކާއި ލިވަޕޫލުން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި، ސްޕެއިންގެ ޒަބީ އަލޮންސޯ ހިމެނޭ ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

ޖަރުމަނުގެ ބަޔާންގެ ކޯޗުކަމުގައި މިވަގުތު ހުރީ، ޖަރުމަނަށް ނިސްބަތްވާ ތޯމަސް ޓުޗެލް އެވެ. ނަމަވެސް، މިހާރު ކުރިއަށްދާ ސީޒަނަށްފަހު ބަޔާންގެ ކޯޗުކަމުން ވަކިވާން ޓުޗެލް ވަނީ ނިންމައިފަ އެވެ. އެއީ ޓުޗެލް އާއި، ބަޔާންގެ އިސްވެރިންނާ ދެމެދު ކުރިއަށް ގެންދެވުނު މަޝްވަރާތަކަށްފަހު އެވެ. ބަޔާނުން ވަނީ އަންނަ ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާނެކަން ވެސް ހާމަކޮށްފަ އެވެ.

ލިވަޕޫލްގެ ކޯޗުކަމުގައި ހުރި ޖަރުމަނަށް ނިސްބަތްވާ ޔާގަން ކްލޮޕް ވެސް ވަނީ މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމައިފަ އެވެ. ލިވަޕޫލްގައި ހަތް އަހަރު ހޭދަކުރުމަށްފަހު، ކުލަބު ދޫކޮށްލަން އޭނާ ނިންމި ނިންމުން ވެގެން ދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ނިންމުމެކެވެ. ލިވަޕޫލުން އަންނަނީ އަންނަ ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބަޔާން އަދި ލިވަޕޫލުން ވެސް، އަންނަ ސީޒަނަށް އައު ކޯޗެެއް ހޯދަން މަސައްކަތް ކުރާއިރު، ދެ ކުލަބުން ބޭނުންވާ ކެންޑިޑޭޓުންގެ ލިސްޓުގައި އުމުރުން 42 އަހަރުގެ އަލޮންސޯ ހިމެނޭ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އަލޮންސޯ މިވަގުތު އިރުޝާދު ދެމުން އަންނަނީ ޖަރުމަނުގެ ބަޔާ ލެވަކޫސަނަށެވެ. 2022 ވަނަ އަހަރު އެ ކުލަބާ ހަވާލުވެ އަލޮންސޯ އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މި ސީޒަންގެ ޖަރުމަނު ލީގުގެ ތާވަލްގެ އެއް ވަނައިގައި ލެވަކޫސަން އޮތްއިރު، ޖަރުމަނު ލީގުގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ލެވަކޫސަން އެވެ.

ލެވަކޫސަނާއެކު އަލޮންސޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އޭނާ ބޭނުން ވެއްޖެ ނަމަ، މި ސީޒަން ނިމުމާއެކު ކުލަބު ދޫކޮށްލުމުގެ ފުރުސަތު އެއްބަސްވުމުގެ ދަށުން އޮވެ އެވެ. ލެވަކޫސަނުން އަންނަނީ އަލޮންސޯގެ އެއްބަސްވުން އިތުރު މުއްދަތަކަށް އައު ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް، މުސްތަޤުބަލާމެދު އަލޮންސޯ ވަކި ގޮތެއް ނިންމައިފައެއް ނުވެ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
01 އެޕްރީލު 2017

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި
26 މާރިޗު 2017

ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ

26 މާރިޗު 2017
ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް