Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމުގެ ހާލަތު

މިސަރުކާރުވަނީ ގައުމު، ފާލުން ނައްޓުވާލާފައި ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވެއްޖެ

ރީދޫ ލަޝްކަރު އުތުރާއި ދެކުނާއި މެދުރާއްޖެތެރޭގައި އަދި މާލޭގައި ފެތުރިގަންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ފެބުރުއަރީ 2024 | ބުދަ 17:07
އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ މި ގައުމު ފާލުން ނައްޓުވާލާފައި ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ތިމަރަފުށީ ދާއިރާގެ ކެންޑިޑޭޓްގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ރީދޫ ލަޝްކަރު އުތުރާއި ދެކުނާއި މެދުރާއްޖެތެރޭގައި އަދި މާލޭގައި ފެތުރިގަންނާނެ ކަމަށާއި، 20 ވަނަ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ބޮޑުކޮށް ނަގާނެ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ ރާއްޖޭގެ ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މިގައުމު މިސްރާބު އޮޅި، ފާލުން ނެއްޓެމުންދާ މަންޒަރު ކަމަށެވެ.

ޝާހިދު ވިދާޅުވީ ތިމަރަފުށީގެ އެދާއިރާގެ ވެސް މިސްރާބު އޮޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އަމިއްލަ ޕާޓީގެ ކެންޑިޑޭޓަކު ހުއްޓައި އެކަހެރިކޮށްލުމަށްފަހު ސަރުކާރުގެ ކެންޑިޑޭޓަކު ނެރެފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިސަރުކާރު އަދިވެސް މަސައްކަތް ކުރަނީ ދޮގު ހަދައި އޮޅުވަލައިގެން ކަންކަން ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވަނީ މަސްވެރިންނަށް ފައިސާ ނުދޭ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވާފައެވެ.

ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ އެންމެ ދަތި ހާލަތުގައި މަސްވެރިންނަށް ފައިސާ ދިން ކަމަށާއި، މިސަރުކާރަށް އެވަރުވެސް ނުވާ ކަމަށެވެ. ކުރީ ސަރުކާރުގައި މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރީ ވަރަށް ގިނަ ދިރާސާތައް ހެދުމަށްފަހު އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. ނަމަވެސް މިސަރުކާރަށް އުޅެނީ އެކަން ކުރާނެ ގޮތް ވެސް ނޭނގިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު