Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ241 ކޮމިޓީ ސިއްރުކުރުން

މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ދިފާއީ ވަޒީރު ހާޒިރުކޮށް، ކޮމިޓީ ސިއްރުކޮށްފި

ސިޓީ ވެސް ވަނީ އާއްމުނުކުރުމަށް ނިންމާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 21 ފެބުރުއަރީ 2024 | ބުދަ 14:18
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގެ ތެރެއިން - ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގެ ތެރެއިން - ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް، ދިފާއީ ވަޒީރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީ (241)އަށް ހާޒިރުކޮށް، ކޮމިޓީ ސިއްރުކޮށްފިއެވެ.

ކޮމިޓީ ސިއްރުކޮށްފައިވަނީ ޑިފެންސް މިނިސްޓްރީން މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެސިޓީ ވެސް ވަނީ އާއްމު ނުކުރުމަށް ނިންމާފައެވެ.

މިއަހަރުގެ 31 ޖެނުއަރީ އަދި 1 ފެބްރުއަރީގައި އިންޑިއާ ސިފައިންގެ ބަޔަކު ހަތިޔާރާއެކު، ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސް ދޯނިތަކަށް އެރި މައްސަލަ ފެންމަތިވެފައި ވާއިރު، މިކަން ހިނގި ގޮތް މުޅިން ސާފެއް ނުވެއެވެ.

ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އަރާފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައިވެސް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ. ދިވެހި ރައްޔިތުންގެ ސަލާމަތާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނީ ޒިންމާ އުފުލާން އޮތް ސަރުކާރުގެ އިދާރާތަކުން ރަނގަޅު މައުލޫމާތު ފޯރުކޮށް ނުދޭކަމަށް މެމްބަރުން ވިދާޅުވެއެވެ.

މީގެ އިތުރުން މެމްބަރުން ވަނީ، ބޭރުގެ މިލިޓަރީ ބަޔަކު ދިވެހި މަސް ދޯންޏަކަށް އެރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެދޭނެކަން ފާހަގަކުރައްވާފައެވެ. މިކަން ހިނގި ގޮތް ސަރުކާރުން ސާފުކޮށް ބުނެދޭންޖެހޭ ކަމަށާއި، ސަރުކާރުން އާއްމުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވެއެވެ.

ދިފާއީ ވަޒީރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރައީސް، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު