Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިހާބު

ރަމަޟާން މަހު މަޖިލިސް އިންތިހާބު ބޭއްވުމުގެ ބޭނުމަކީ، އެތައް ބަޔެއްގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ޝާހިދު

21 ފެބުރުއަރީ 2024 | ބުދަ 00:42

ރޯދަ މަހު އިންތިހާބު ބާއްވަން ނިންމާފައިވަނީ ސަރުކާރުގެ ފިއްތުންތަކަށް ބޯލަބައިގެން ކަމަށް ޝާހިދު ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 21 ފެބުރުއަރީ 2024 | ބުދަ 00:42
ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ކުރިއަށް އޮތް ރަމަޟާން މަހުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމުގެ ބޭނުމަކީ އެތައް ބަޔެއްގެ ވޯޓު ލުމުގެ ހައްގު ނިގުޅައިގަތުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އިންތިހާބު ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމިއިރު، ރޯދައިގެ ފަހުން ވެސް އިންތިހާބު ބޭއްވޭނެ ތާރީޚުތަކެއް އެބަ ހުރި ކަމަށާއި، އެހެން ނަމަވެސް ރޯދަ މަހު އިންތިހާބު ބާއްވަން ނިންމާފައިވަނީ ސަރުކާރުގެ ފިއްތުންތަކަށް ބޯލަބައިގެން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއެކު އެތައް ބަޔަކަށް ރޯދަ މަހުގައި ވޯޓުލުން ވާނީ ދަތިކަމަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން ރަމަޟާން މަހުގެ ފަހު ދިހަ ދުވަހަކީ ސަރުކާރުން ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅީ، އެ މަހަކީ އަޅުކަމުގެ މަހަކަށް ހެދުމަށް ދޭ އިސްކަމުގެ ސަބަބުން ކަމަށްވާއިރު، ރޯދަ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ބޮޑު އިންތިހާބެއް ބާއްވަން ބޭނުންވާ ވިސްނުމާ މެދު ސުވާލު އުފައްދަވާފައެވެ.

އެގޮތުން ޝާހިދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ ވޯޓުގެ ހައްގު އެތައް ބަޔެއްގެ އަތުން ނިގުޅައި ގަތުމެވެ.

ޝާހިދު އެފަދަައިން ވިދާޅުވިއިރު، އިންތިހާބު ބޭއްވުމަށް އަދި ނިންމާފައިވަނީ ރަމަޟާން މަހުގެ 7 ވަނަ ދުވަހުއެވެ. އެއީ މި އަންނަ މަހުގެ 17ވާ އާދިއްތަ ދުވަހުއެވެ.

އެގޮތުން އިލެކްޝަންސްގެ އެ ނިންމުމާ މެދު ހިތްހަމަ ނުޖެހި، އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް ގުޅިގެން ވަނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވޭ ގޮތަށާއި، ރޯދަ މަހުގެ ތެރޭގައި އެފަދަ އިންތިހާބުތައް ނުބޭއްވޭނެ ފަދައިން އިންތިހާބާ ބެހޭ އާންމު ގާނޫނަށް ބަދަލުތަކެއް ގެނެސް، ފާސްކޮށް ތަސްދީގު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަށް ފޮނުއްވާފައެވެ.

އެހެން ނަމަވެސް ރައީސް މުއިއްޒު އެ ގާނޫނު ތަސްދީގުކުރައްވާފައެއް އަދި ނުވެއެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް