Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރައީސް ލޫލާ

ލޫލާގެ ވާހަކަފުޅުތަކާ ގުޅިގެން ބްރެޒިލްއިން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަނބުރާ ފޮނުވާލައިފި

ލޫލާ ވިދާޅުވީ ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާމެދު ކަން ހިނގަމުންދާ ގޮތަށް ތާރީހުގެ އެއްވެސް އިރެއްގައި އެއްވެސް ތަނެއްގައި ކަން ހިނގާފައެއް ނުވާކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 20 ފެބުރުއަރީ 2024 | އަންގާރަ 09:20
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ

އެޑިސް އަބާބާގައި ބޭއްވި ސަމިޓުގައި ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑި ސިލްވާ ދެއްކެވި އިސްރާއީލާއި ޣައްޒާއާ ބެހޭ ވާހަކަފުޅުތަކާ ގުޅިގެން ބްރެޒިލްއިން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަނބުރާ ފޮނުވާލައިފިއެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައާއި ހިޓްލަރު ޔަހޫދީންނާމެދު އަމަލުކުރެއްވި ގޮތާ މެދު އަޅާކިޔުއްވުމުން ޑިޕްލޮމެޓިކް ނުތަނަވަސްކަމެއް އުފެދި، ބްރެޒިލްގެ ރައީސް ލޫލާ އަށް އިސްރާއީލުން މަރުހަބާ ނުދަންނަވާނެކަމަށް ވެސް އިސްރާއީލުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ލޫލާ ދެއްކެވި ވާހަކަފުޅާ ގުޅިގެން އިސްރާއީލުން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ބްރެޒިލުން ވެސް ބުނީ އިސްރާއީލުން އެ ގައުމަށް ކަނޑައަޅާފައިވާ ސަފީރު ކަމާބެހޭ އިދާރާއަށް ހާޒިރުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި ސަފީރު މިހާރުވަނީ އަނބުރާ ދިއުމަށް އަންގާފައި ކަމަށް ބްރެޒިލުން ބުނެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ހިޓްލަރުގެ އިރުޝާދުގެ ދަށުން ނާޒީން ވަނީ ހަ މިލިއަން ޔަހޫދީން މަރާލާފައެވެ.

ލޫލާގެ މި ވާހަކަފުޅަކީ ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް ކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ވާހަކަފުޅުތައް ކުށްވެރިކޮށްފައެވެ.

ލޫލާ ދެއްކެވި ވާހަކަފުޅުތައް އަނބުރާ ނުގެންދަވަނީސް، އެ މަނިކުފާނު އިސްރާއީލަށް ވަޑައިގެންނެވުމަށް ދައުވަތު ނުދެއްވާނެ ކަމަށް އިސްރާއީލުގެ ހާރިޖީ ވަޒީރު އިސްރާއީލް ކަޓްޒް އިއްޔެ ވަނީ ބުނެފައެވެ.

އިސްރާއީލުގެ މި ވާހަކަތަކާއި ގުޅިގެން ބްރެޒިލްގެ ޚާރިޖީ ވުޒާރާއިން ބުނީ ޖީ-20 ގެ ބައްދަލުވުމެއްގައި ބްރެޒިލްގެ އެންމެ އިސް ޑިޕްލޮމެޓް ބައިވެރިވެވަޑައިގަންނަވާ ރިއޯ ޑި ޖެނީރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަކަށް އިސްރާއީލުން ބްރެޒިލްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިއަލް ޒޮންޝައިން ހާޒިރުކުރާނެ ކަމަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އޭގެ ފަހުން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 29،000 ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، ލައްކައެއްހާ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.  

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާ ހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ޖިނާއީ އަމަލުތައް ހުއްޓާލުމަށް ތެލްއަވީވްއަށް އަންގާފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު