Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭ މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރުން

ރާއްޖޭގެ މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބު އަދި ސާފެއްނުވޭ - ޝިޔާމް

މިކަން ހިނގި ގޮތް މުޅިން ސާފެއް ނުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ފެބުރުއަރީ 2024 | އަންގާރަ 08:07
އިންޑިޔާ އަސްކަރިއްޔާގެ ބަޔަކު ދިވެހި މަސް ދޯންޏަކަށް އަރާ

އިންޑިޔާ އަސްކަރިއްޔާގެ ބަޔަކު ދިވެހި މަސް ދޯންޏަކަށް އަރާ

ރާއްޖޭގެ މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބު ބަލަމުންދާ ކަމަށާއި އެކަން ހިނގި ގޮތް އަދި ސާފުނުވާ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ރާއްޖޭގެ މަސް ދޯނިތަކަކަށް އިންޑިޔާގެ އަސްކަރިއްޔާގެ ބަޔަކު އެރި ސަބަބު ސާފުވެފައިވޭތޯ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން އެކަން ހިނގައި ދިޔަ ގޮތް މަސްވެރިންނަށް ސާފުކޮށްދީފައިވާނެތޯ ވެސް އޭނާ ވަނީ ސުވާލުކުރައްވާފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ ސުވާލާ ގުޅިގެން ދެއްވާނެ ސީދާ ޖަވާބެއް ނެތް ކަމަށާއި ޖަވާބު ހޯއްދެވުމަށް ފަހު މެންބަރާ ހިއްސާކުރައްވާނެ ކަމަށެވެ.

މިއަހަރުގެ 31 ޖެނުއަރީ އަދި 1 ފެބްރުއަރީގައި އިންޑިއާ ސިފައިންގެ ބަޔަކު ހަތިޔާރާއެކީ ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސް ދޯނިތަކަށް އެރި މައްސަލަ އެއް ފެންމަތިވެފައިވާއިރު މިކަން ހިނގި ގޮތް މުޅިން ސާފެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ދިފާއީ ވަޒީރު ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީ (241) ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ މިއީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި މި ކަމުގެ ސަބަބުން ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަން ހިނގި ގޮތް ސަރުކާރުން ސާފުކޮށް ބުނެދޭން ޖެހޭ ކަމަށާއި ސަރުކާރުން އާއްމުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިޔާ އަސްކަރިއްޔާ އިން އަރާ ހިންގި އޮޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި އަދި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހިންގި އޮޕަރޭޝަނެއްކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅިގެން ގައުމީ ދިފާއީ ބާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު