Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޫސުމީ ނޭދެވޭ ބަދަލު

"ޗައިނާއާ ނުލާ، މޫސުމީ ނޭދެވޭ ބަދަލުގެ މައްސަލައަށް ޙައްލު ހޯދޭކަށް ނެތް"

ސިޔާސީ މައިދާނުގައި ޗައިނާގެ ނުފޫޒު ގަދަވުމަކީ، އެހެން ޤައުމުތަކުން އެޤައުމާ ގުޅިގެން މަސައްކަތް ކުރުމަށް ފަސްޖެހެން ވީ ސަބަބެއް ނޫން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2024 | އަންގާރަ 07:31
ޑޭވިޑް ކެމެރަން؛ އިނގިރޭސި ފޮރިން ސެކްރެޓަރީ

ޑޭވިޑް ކެމެރަން؛ އިނގިރޭސި ފޮރިން ސެކްރެޓަރީ

މޫސުމީ ނޭދެވޭ ބަދަލުތަކުގެ މައްސަލާގައި ޤައުމުތަކުން ޒިންމާ އުފުލަންޖެހޭ މިންވަރު ތަފާތެވެ. ވެއްޓަށް އެންމެ ގެއްލުން ދެނިވި ވިހަ ގޭސްތައް ބޭރުކުރާ ޤައުމުތަކުން އެކަން ބަދަލު ކުރަން ފިޔަވަޅުތަކެއް އަޅަން ޖެހޭ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ވެށި ޙިމާޔަތް ކުރުމުގެ މަޝްރޫޢަށް އެހީވެދޭންވެސް ޖެހެއެވެ.

ކޮންމެ އަހަރަކުވެސް ދުނިޔޭގެ ޖައްވަށް 50 ބިލިއަން މެޓްރިކް ޓަނަށްވުރެ ގިނަ ސީއޯ2 ނުވަތަ ކާބަންޑައިއޮކްސައިޑް ބޭރު ކުރެއެވެ. މިއީ މޫސުމަށް އަންނަ ބަދަލުތައް މެދުވެރިކުރުވާ ގްރީންހައުސް ގޭސްތަކުގެ މައިގަނޑު މަސްދަރެވެ. މި ގޭސްތަކުގެ އެންމެ ބޮޑު ބައެއް އަންނަނީ ފޮސިލް ފިއުލް ބޭނުންކުރުމާއި، އިއާދަނުކުރެވޭ މަސްދަރުތަކުން ތެރެއިން ހަކަތަ އުފެއްދުމާއި، އިންސާނުންގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ ޢަދަދަކަށް ސީއޯ2 ބޭރުގެ ކުރުމުގެ ރެކޯޑް އޮންނަނީ ޗައިނާގައެވެ. ޗައިނއިން އަހަރެއްގެ މައްޗަށް 14 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރު ކުރެއެވެ.

މިފަދަ ގޮތަކަށް ކަން އޮތް އިރު، ދުނިޔެއަށް ކުރިމަތިލާން ޖެހިފައި އޮތް މޫސުމީ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް، ޗައިނާއާ ނުލާ ޙައްލެއް ލިބެން ނެތް ކަމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ، ޑޭވިޑް ކެމަރަން ވަނީ ފާހަގަ ކުރައްވާފައެވެ. މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި، ފެބުރުއަރީ 16 ވަނަ ދުވަހު ތަޤުރީރު ކުރައްވަމުން ކެމަރަން ވަނީ ސިޔާސީ މައިދާނުގައި ޗައިނާގެ ނުފޫޒު ގަދަވުމަކީ، އެހެން ޤައުމުތަކުން އެޤައުމާ ގުޅިގެން މަސައްކަތް ކުރުމަށް ފަސްޖެހެން ވީ ސަބަބެއް ނޫން ކަމަށެވެ.

'ޗޭންޖް ތުރޫ ޓްރޭޑް' އަކީ މީގެ އަހަރުތަކެއް ކުރިން ޖަރުމަނުން ގެންގުޅުނު ސިޔާސަތަކެވެ. އެއީ ސިޔާސީ ބަދަލު ގެނައުމުގެ މަސައްކަތުގައި ޚުދުމުޚުތާރު ޤައުމުތަކާ އެކު ވިޔަފާރި އިތުރުކުރުމުގެ ސިޔާސީ އަދި އިޤްތިޞާދީ ވިސްނުމަކަށް އިޝާރާތްކުރާ ޖަރުމަނުގެ ޚާރިޖީ ސިޔާސަތެކެވެ.

ދުނިޔެ ތަޣައްޔަރު ކުރުމުގެ އެންމެ ކުރީގައި އޮތް ޗައިނާއިން އަދަށް ވުރެ ހީވާގި ކަމާއެކު ބިނާ ކުރަނިވި ދައުރެއް އަދާ ނުކުރާ ނަމަ، ދުނިޔޭގެ ފިނިހޫނުމިން އިތުރުވާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގެ ރޭންޖުގައި ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައި އޮތް ޢަމާޒު ހާސިލު ކުރުން ނާދިރެވެ. ގާތީ ނުކުރެވުމާއެވެ.

ސެޕްޓެމްބަރ 2020 ގައި ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވަނީ، ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު ދަށްކުރުން ނުވަތަ ޑީކަބަނައިޒޭޝަންއާއި ކާބަން ނިއުޓްރާލިޓީގެ ޢަމާޒުތަކަށް ޗައިނާއިން އެންމެ ފުރިހަމައަށް ޢަމަލު ކުރާނީ 2060 ވަނަ އަހަރު އަނަންވާ އިރަށް ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ޢާބާދީގެ 19 ޕަސެންޓެއްހާ މީހުން ޢާބާދުވެފައި އޮތް ޗައިނާއަކީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު ހަކަތައިގެ ސަޕްލައިގެ 26 ޕަސެންޓް ބޭނުން ކުރާ ޤައުމެކެވެ. ޗައިނާގެ ވެރިރަށް ބީޖީންގްއަކީ ދުނިޔޭގެ ތަޣައްޔަރު ކުރުމުގައި 1 ވަނަ ކަމުގައި ވީ ނަމަވެސް، އެއީ ސާފު ހަކަތައިގެ ދާއިރާގައި އެންމެ ގިނަ ޢަދަދަކަށް އިންވެސްޓް ކުރާ މީހުން ކަންވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

'ސައްހަ ވީސާއަކާ ނުލާ ރާއްޖެއިން ބޭރުގައި އުޅުން؛ މައްސަލައިގެ ސީރިއަސްކަން ދިވެހިންނަށް އިނގެން ޖެހޭ

'ސައްހަ ވީސާއަކާ ނުލާ ރާއްޖެއިން ބޭރުގައި އުޅުން؛ މައްސަލައިގެ ސީރިއަސްކަން ދިވެހިންނަށް އިނގެން ޖެހޭ

01 މެއި 2019
ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

26 ޖެނުއަރީ 2019
ރައްޔިތުން އަނިޔާ އަށް ދީލާނުލާނެކަން ދައްކުވައިފި

ރައްޔިތުން އަނިޔާ އަށް ދީލާނުލާނެކަން ދައްކުވައިފި

25 ސެޕްޓެމްބަރު 2018
ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

21 މެއި 2018
މުދާ އުފުލާ ގަވާއިދަށް ގެނައި ބަދަލުގެ މަގްސަދު ހާސިލު ވާނީ ކިހާވަރަކަށް؟

މުދާ އުފުލާ ގަވާއިދަށް ގެނައި ބަދަލުގެ މަގްސަދު ހާސިލު ވާނީ ކިހާވަރަކަށް؟

01 އެޕްރީލު 2018

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު