Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިއާގެ އިދިކޮޅު ލީޑަރު މަރުވުން

ނަވަލްނީގެ މަރުގެ ސަބަބުން ޕުޓިންގެ ހިތްޕުޅު ހަމަޖެހި ހިނިފުޅު ވެޑުވެވިއްޖެ

ޕުޓިންއާ ދެކޮޅަށް ވާހަކަ ދެއްކެވުމަށާއި ރަޝިޔާގެ ރައްޔިތުން އޭނާގެ ވެރިކަމާ ދެކޮޅަށް ތެދުވުމަށް ބާރު އެޅުއްވުމަށް އޭނާ ގެންދަވަނީ ގިނަގިނައިން ތަފާތު ފޯރަމްތަކުގައި ވާހަކަ ދައްކަވަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2024 | ހޮނިހިރު 10:02
ޔޫރަލްސް ސަރަޙައްދުގެ ފެކްޓްރީއަކަށް ޒިޔާރަތްކުރެއްވުން "ޕުޓިން ހިނިތުންވެފައި"

ޔޫރަލްސް ސަރަޙައްދުގެ ފެކްޓްރީއަކަށް ޒިޔާރަތްކުރެއްވުން "ޕުޓިން ހިނިތުންވެފައި"

ރަޝިއާގެ އާކްޓިކްޖަލު ކޮލޮނީއެއްގައި އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މަރުވި ކަމުގެ ޚަބަރު ފެތުރުމާއެކު ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ހުންނެވީ ހިތްޕުޅު ހަމަޖެހި ހިނިތުންވެ ވަޑައިގެންނެވެ.

ރަޝިޔާގެ ރައީސް އޭނާގެ އެންމެ ސިޔާސީ ފާޑުކިޔުންތެރިޔާގެ މަރުގެ ވާހަކަ ނުދެއްކެވި ނަމަވެސް، ޔޫރަލްސް ސަރަހައްދުގެ ފެކްޓްރީތަކުގައި މަސައްކަތް ކުރާ މީހުންނާ ވާހަކަ ދައްކަވަމުން ދިޔައިރު އޭނާގެ ލޮލުގައިވި އުޖާލާކަމާއި މޫނުމަތިން ފެނިގެން ދިޔަ ހިނިތުންވުން ރިޕޯޓަރުން ސިފަކުރީ މާނަހުރި ގޮތެއްގައެވެ. އެ ހިނިތުންވުމުން ކަމެއް ސިއްރުނުވެ ފަޅާއަރަމުންދާ ކަމަށް ބައެއް ރިޕޯޓްތަކުން ދޭހަވެއެވެ.

ޕޫޓިން އުފާފުޅު ވެދާނޭ ސަބަބު ތަކެއް އެބަހުއްޓެވެ. ނަވަލްނީގެ މަރުގެ ސަބަބުން ރަޝިއާގެ އިދިކޮޅު ފަރާތްތަކުގެ އެންމެ މަޝްހޫރު އަދި އެންމެ ހިތްވަރުގަދަ ޝަހުސިއްޔަތު ވަނީ ގެއްލިފައެވެ. ނަވާލްނީ އެއްދުވަހަކުން ޖަލުން ނުކުމެ ގައުމު އުޖާލާ މުސްތަގުބަލަކަށް ގެންގޮސްދޭނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރިއެވެ. އެ އުއްމީދުތައް މިވަނީ ނިއްވާލާފައެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖަލުގައި ހުރި ނަމަވެސް ނަވަލްނީ ހުރީ ކްރެމްލިން އަށް ބޮޑު ބިރެއްގެ ގޮތުގައެވެ. ޕުޓިންއާ ދެކޮޅަށް ވާހަކަ ދެއްކުމަށާއި ރަޝިޔާގެ ރައްޔިތުން އޭނާގެ ވެރިކަމާ ދެކޮޅަށް ތެދުވުމަށް ބާރު އެޅުމަށް އޭނާ ގެންދިޔައީ ގިނަގިނައިން ތަފާތު ފޯރަމްތަކުގައި ވާހަކަ ދައްކަމުންނެވެ. އަދި ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން ވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެހެންނަމަވެސް މޮސްކޯއާ 1200 މޭލު (1930 ކިލޯމީޓަރު) ދުރުގައި އޮންނަ ބޮޑެތި ކުށްވެރިން ހައްޔަރުކުރާ ޖަލެއްގައި ނަވަލްނީގެ ގޮޅިން ނަވަލްނީ އަށް ސަލާމަތް ވެވޭނެ މަގެއް ނުފެނުނެވެ.  އޭނާގެ އެކުވެރިނާއި ސަޕޯޓަރުންނާ ބައްދަލުނުވެ އަބަދުގެ އަބަދަށް އޭނާވަނީ މިދުނިޔެއާ އަލްވަދާއު ކިޔާފައެވެ.  

ނަވަލްނީ ރަޝިޔާގެ އިދިކޮޅު ފަރާތްތަކުގެ ޙައްޤުގައި ފުރާނައިން ގުރުބާންވި ފަރާތަކަށްވީ ނަމަވެސް، އޭނާގެ މަރުގެ ސަބަބުން އަންނަ މަހު ބާއްވާ ރަބަރުސްޓޭމްޕް ރިޔާސީ އިންތިހާބަށް ބުރޫ އަރާނެ ކަމަކަށް ނުބެލެވެއެވެ. މީގެ ދިހަ ވަރަކަށް އަހަރު ކުރިން ޕުޓިންއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އިރު، އޭނާ މަރުނުވި ނަމަ، ވެރިކަމުގެ ނަތީޖާ އަންދާޒާ ނުކުރެވުނީހެވެ.

މިއަދުގެ ރަޝިޔާއަކީ ވަރަށް ތަފާތު ތަނެކެވެ. ޔޫކްރެއިންގައި ހަނގުރާމަ ފެށުނީއްސުރެ ކްރެމްލިނުން ވަނީ ޚިޔާލު ތަފާތުވުމުގެ އެންމެ ކުދި ކުދި ނިޝާންތަކަށް ވެސް ފިޔަވަޅު އަޅާފައެވެ. ރަމްޒި ސިފައެއްގައިވެސް އިދިކޮޅު ހަރަކާތެއް ހިންގާނެ ބާރެއް އިދިކޮޅު ފަރާތްތަކަށް މިހާރު ނެތެވެ. ރަޝިއާގެ މައި ޓީވީ ސްޓޭޝަން ޗެނަލް ވަން އިން ނަވަލްނީގެ މަރު އެންމެ 32 ސިކުންތުން ކަވަރުކުރީ އެ ކުންފުނީގެ ހަވީރުގެ ނިއުސް ޕްރޮގްރާމުގެ ހަ ވަނަ އައިޓަމްގެ ގޮތުގައެވެ.

ނަވަލްނީގެ އެންމެ އިސް އެއް އެހީތެރިޔާ އިވާން ޒަޑަނޯވް ވިދާޅުވީ މިއުނިކްގެ ސެކިއުރިޓީ ކޮންފަރެންސްގައި އިދިކޮޅު ލީޑަރު އަވަހާރަކޮށްލަން ޕޫޓިން އަމުރު ކުރެއްވީ ރަޝިއާ އާއި ހުޅަނގަށް މެސެޖެއް ދިނުމަށް ކަމަށެވެ. އަދި މިއީ އެންމެ ސާފު ސިފައިގައި ސިޔާސީ މަރެއް ކަމަށެވެ.

ރަޝިއާގެ އިދިކޮޅު ވެބްސައިޓެއް ކަމަށްވާ މެޑޫޒާއަށް ނަން ހާމަނުކުރާ ކްރެމްލިންގެ އޮފިޝަލަކު ވިދާޅުވީ ނަވަލްނީގެ މަރުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ހަނގުރާމައާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް އަސަރު ކުރާނެ ކަމަށެވެ.

ނަވަލްނީމަރު ގުޅިގެން ރަޝިއާގައި ކުރިއަށް އޮތް ތަނުގައި ކުޑަ ބަދަލެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، ކުރިއަށް އޮތް އަހަރުތަކުގައި ޕުޓިންގެ ދުޝްމަނުންނަށް ނަވަލްނީގެ ލެގަސީން ހިތްވަރު ލިބިގެންދާނެއެވެ. "ނަވަލްނީ ރަޝިއާ ބަދަލުކޮށް އަހަރެމެން އެންމެން ބަދަލުކުރީ،" މެޑޫޒާގެ ރިޕޯޓްގައި ލިޔެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

20 ޑިސެމްބަރު 2017
ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

14 ޑިސެމްބަރު 2017
ނާހިދުގެ މަރުގެ ހަގީގަތާއި އާއިލާގެ އެދުން

ނާހިދުގެ މަރުގެ ހަގީގަތާއި އާއިލާގެ އެދުން

11 ޑިސެމްބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު