Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީނުގެ އާއިލާއެއް ޝަހީދުކޮށްލުން

ހަމަލާތަކުގެ ތެރޭގައި އެންމެ 6 އަހަރުގެ ހިންދު ޝަހީދުކޮށްލާފައިވަނީ އެހީއަށް ގޮވަމުންދަނިކޮށް

ފޯނުގެ ކޯލުގެ އޯޑިއާ މިހާރު ސޯޝަލް މިޑިއާގައި އާއްމުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 15 ފެބުރުއަރީ 2024 | ބުރާސްފަތި 13:15
އުމުރުން 6 އަހަރުގެ ހިންދު ރަޖަބް

އުމުރުން 6 އަހަރުގެ ހިންދު ރަޖަބް

ނިރުބަވެރި އިސްރާއީލް ސިފައިން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކަށް ހުއްޓުމެއް ނެތެވެ. އަނިޔާވެރިކަމާއެކު މުސްލިމުން ޝަހީދު ކުރަމުންދަނީ އެމީހުންނަށް ލިބޭ އުފަލެއްގެ ގޮތުގައެވެ. އާއްމު ރައްޔިތުންގެ ދިރިއުޅޭ ގެތަކާއި، ވަގުތީ ހިޔާތަކާއި، މިސްކިތްތަކާއި، އާއްމުންގެ ވެހިކަލްތަކަށް ގަސްތުގައި ހަމަލާ ދިނުމަކީ އެ ކާފިރުންގެ އާއްމު ކަމެކެވެ. އެގޮތުން މިހާތަނަށް މިހަނގުރާމާގައި އެންމެ ގިނަ ޝަހީދުވެފައިވަނީ ވެސް އަންހެނުންނާއި، ކުޑަ ކުދިންނެވެ. އެތައް އާއިލާއެއް އިސްރާއީލްގެ ސިފައިންގެ އަނިޔާވެރިކަމުގެ އަތް ދަށުވާއިރުގައި މިފަހުން ވެސް މިވަނީ ފަލަސްތީނުގެ އާއިލާއެއް އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލާފައެވެ.

މިއާއިލާއަށް އިސްރާއީލު ސިފައިންގެ ހަމަލާތައް އަމާޒުވުމާއި ގުޅިގެން ސަލާމަތަށް އެދި އުމުރުން 15 އަހަރުގެ ލަޔާން ހަމާޑޭ ނަމަކަށް ކިޔާ ކުއްޖެއް ވަނީ ފަލަސްތީނުގެ ރެޑް ކްރޮސެންޓް ސޮސައިޓީއަށް ގުޅައި އެހީއަށް އެދިފައެވެ. މި ފޯނު ކޯލުގައި އުމުރުން 6 އަހަރުގެ ހިންދު ރަޖަބް ނަމަކަށް ކުއްޖެއް ވެސް ވަނީ ސަލާމަތަށް އެދި އާދޭސްކޮށްފައެވެ. ބޭރުގެ މީޑީއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހިންދު ނަމަކަށް ކިޔާ އެކުއްޖާ ދަތުރުކުރަމުންދިޔައީ ކާރުގައި އެކުއްޖާގެ ބޮޑުބެއާއި، އޭނާގެ އަންހެނުންނާއި، އެ ދެމަފިރިންގެ ހަތަރު ކުދިންނާއެކުއެވެ. އެ އާއިލާ ދަތުރުކުރަމުންދިޔައީ އުތުރު ޣައްޒާގައި ދެމުން ގެންދިޔަ ހަމަލާތަކުން ސަލާމަތްވުމަށެވެ.

ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ދަތުރު ފެށިނަމަވެސް އިސްރާއީލުން އެމީހުން ދަތުރުކުރަމުންދިޔަ މަގަށް ދިން ހަމަލާތަކުގައި ވެހިކަލްތަކުގައި ރޯވިއެވެ. ނަތީޖާއެއް ގޮތުން އެ ކާރުގައި ވެސް އަލިފާން ރޯވީއެވެ. ސަލާމަތްވުމަށް ކާރުން ފައިބަންވީ ކަމެއް ނުވަތަ އަލިފާން ރޯވެފައިވާ ކާރުގައި މަޑުކުރަންވީ ކަމެއް އެއާއިލާއަކަށް ނޭނގުނެއެވެ. ދުމުން ފުރިފައިވާ އެ މަގުމަށް އޭރު ވެސް ދިޔައީ ހުއްޓުމެއް ނެތި ހަމަލާ ދެމުންނެވެ.

މި ބިރުވެރިވެރި ވަގުތު ލަޔާން ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީއަށް ފޯނުން ގުޅައި އެހީތެރިކަމަށް އެދުނެއެވެ. ލަޔާން ބުނެފައިވަނީ އެމީހުން ބަޑި ޖަހަމުންދާ ކަމަށާއި، ޓޭންކް އޮތީ ކާރާ ވަރަށް ކައިރީގައި ކަމަށެވެ. ކާރު ނުފޭބި، ކާރުގެ ތެރޭގައި ތިބި ކަމަށް ލަޔާން ބުނެއެވެ. ގަަދަ ބަޑީގެ އަޑާއެކު ލަޔާން ޝަހީދުވެފައިވަނީ އެ ކޯލުގައި ވާހަކަ ދައްކަމުން ދަނިކޮށެވެ. ލަޔާންގެ އަޑު ކެޑުނުއިރު ވެސް އޮފިޝަލް ތަކުރާރުކޮށް އެ ކުއްޖާއާއި ވާހަކަ ދެއްކުމަށް މަސައްކަތް ކޮށްފައިވެއެވެ. އިރުކޮޅެއްފަހުން އަނެއްކާ ވެސް އެފޯނުން ވާހަކަ ދެއްކީ އުމުރުން 6 އަހަރުގެ ހިންދު އެވެ. އެވަގުތު އެކުއްޖާ ބުނެފައިވަނީ ވަރަށް ހިތްބިރު ގަންނަ ވާހަކައާއި، ސަލާމަތްވުމަށް ކަންތައްތައް ކުރަންވީ ކިހިނެތްތޯ ސުވާލު ކޮށްފައިވެއެވެ. އަދި ސަލާމަތް ކުރުމަށް ތިއަންނަނީ ތޯ ވެސް އަހާވެފައިވެއެވެ. އަވަސް ކުރުމަށް އެދިފައިވެއެވެ. ނަމަވެސް މާގިނަ އިރެއް ނުވެ ހިންދު އަޑު ވެސް ކެޑެއެވެ.

މިފޯނު ކޯލާއެކު ފަލަސްތީނުގެ ރެޑް ކްރެސެންޓުން އެއާއިލާ އޮތް ކާރު އޮތް ހިސާބު ޓްރެކްކޮށްގެން އެހީތެރިކަން ފޯރުކޮށްދޭން އެހިސާބަށް ދިޔައެވެ. ނަމަވެސް އެވެހިކަލަށް ވެސް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާދީފައެވެ. އެ އާއިލާ ސަލާމަތް ކުރުމަށް ދިޔަ އެމްބިއުލާންސްގައި ތިބި ދެ މަސައްކަތްތެރިން ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. ރެޑް ކްރެސެންޓުން މައުލޫމާތު ދޭ ގޮތުގައި ވެހިކަލްއަށް އިސްރާއީލުން ހަމަލާދީފައިވަނީ ގަސްތުގައެވެ.

އެކާރުގައި ތިބި އެއާއިލާ އެއްކޮށް ޝަހީދުކޮށްލާފައިވަނީ އެއްވެސް ކުށެއް ނެތިއެވެ. ފޯނުގެ ކޯލުގެ އޯޑިއާ މިހާރު ސޯޝަލް މިޑިއާގައި އާއްމުވެފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން ހިންދުއަށް ވަނީ ލިބިގެން ގޮސްފައެވެ. އަދި އެކަމާއި ގުޅިގެން އިސްރާއީލުގެ ސިފައިން ބުނެފައިވަނީ އެ ހާދިސާއަށް އަހުލުވެރި ނޫން ކަމަށާއި، އަދިވެސް އެކަން ބަލަމުންދާ ކަމަށެވެ.

އެކާރުގައި ތާށިވެ ޝަހީދުވި އެންމެ ކުޑަ އަންހެން ކުއްޖާ ހިންދުގެ މަންމަ ވިސާމް ހަމާދާ ބުނެފައިވަނީ އެ ކުއްޖާ ބޮޑުވެގެންވާން ބޭނުންވީ ޑޮކްޓަރަކަށް ކަމަށާއި، ޑޮކްޓަރަކަށް ހެދުމަށް ގިނަ ހުވަފެންތަކެއް ދެކުނު ކަމަށެވެ. ސަލާމަތްވުމަށް އެންމެ ފަހުވަގުތާއި ހަމައަށް މަސައްކަތް ކުރި ނަމަވެސް އެކުއްޖާ މިއަދު މިދުނިޔެއާ އަލްވަދޫއު ކިޔާފައިވާ ކަމަށެވެ. ހަނގުރާމައިގެ މައިދާނެއްގައި ދިރިއުޅުމަށް ވުރެ ރަނގަޅީ ދިއުން ކަަމަށް ސިފަކުރުމަށްފަހު އެ ހާދިސާ ހިނގާ އެދިޔައީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށް ހިންދުގެ މަންމަ އަސަރާއެކު ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

25 ސެޕްޓެމްބަރު 2017
މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި
24 ސެޕްޓެމްބަރު 2017

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި
19 ސެޕްޓެމްބަރު 2017

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!
11 ސެޕްޓެމްބަރު 2017

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!
05 އޯގަސްޓު 2017

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު