Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މެންބަރުންގެ ދަތްދޮޅި

ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!

ދަތްދޮޅި ދުއްވާލާމޭ ބުނީ ސިފައިންނާ ބައްދަލުކޮށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2017 | ބުދަ 10:28
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

މީގެ ކުރިން އަޅުގަނޑު ހީކޮށްގެން ހުރީ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި ހުންނެވި އެންމެ "ގަޓު" މިނިސްޓަރަކީ، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށެވެ. ވާނީވެސް އެހެންތާއެވެ. ގަޓުގެ ވާހަކަ އެންމެ ގިނައިން ދެއްކެވީ ޝައިނީ ވިއްޔާ އެވެ. ސަރުކާރުގައި "ގަޓު" އެބަހުރި ކަމަށާއި ހިމޭނުން ސަރުކާރު އޮތުމުން ގަޓު ނެތް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށް، މާލޭގޭ އެކި ސަރަހައްދުތަކުގެ ޒުވާނުން އެއްކޮށްގެން ވިދާޅުވީ ޝައިނީ ވިއްޔާ އެވެ. ނަމަވެސް، އަޅުގަނޑަށް މި ހީކޮށްގެން ހުރެވުނީ އެންމެ ރަނގަޅަށް ނޫންކަން މިއަދު އެނގިއްޖެ އެވެ. ގަޓު ހުރި މިނިސްޓަރަކީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެވެ. މިހެން އަދި ގަލަމާއި ދުލުން ބަޔާން ކުރެވޭ ވަރަށް ވުރެ އާދަމް ޝަރީފްގެ ގަޓުކަން ބޮޑުވެގެންވެއެވެ.

މިދިޔަ ހޯމަ ދުވަހު އިދިކޮޅު މެންބަރުންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅު ކޮނޑު ޖަހައިގެން، ފުންމަމުން ދުވަމުން އުޅުނު ގޮތް އާދަމް ޝަރީފް ގަޔާވާ ކަމަށް ނުވި އެވެ. ސިފައިންނާ ބައްދަލުކޮށް އެ ވިދާޅުވީ އެމަނިކުފާނަށް އެ ދުވަހު މަޖިލީހުގައި ހުރެވުނު ނަމަ ކޮންމެވެސް މީހެއްގެ ދަތްދޮޅު ދުއްވާލާނަމޭ ވިއްޔާ އެވެ. ސަހަރޯ އެވެ. މިއީ ހާދަހާވާ ގަޓު މިނިސްޓަރެކޭ އަޅުގަނޑު ހިތަށް އެރި އެވެ. އެހެން ހިތަށް އެރި އިރު ކުޑަކޮށް ފަސްޖެހޭގޮތް ވެސް ވި އެވެ. ވާނީ ވެސް އެހެންތާ އެވެ. އަޅުގަނޑު ތަމްސީލު ކުރާ މެންބަރެއް ވެސް އެ މަޖިލީހުގައި އެބަހުންނެވި އެވެ. އެ މެންބަރުގެ ދަތްދޮޅި ދުއްވާލައިފިއްޔާ އަޅުގަނޑުގެ ހައްގުތަކަށް ލިބޭނެ އުނިކަމެއްގެ މަތިން ހަނދާންވެ ދެރަވެސް ވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމަނިކުފާނަށް ވުރެ ސިފައިންގެ ވެރިންގެ ޓޮލަރެންސް މާބޮޑުވާނެ ކަމަށެވެ. ސަހަރޯ އެވެ. މެންބަރުންގެ ދަތްދޮޅި ދުއްވާލާހާ ޓޮލަރެންސް ދަށް ބޭފުޅަކު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ބަހައްޓަން ހެޔޮނުވާނެ އެވެ. ރުޅިދުރުވެއްޖެނަމަ ބަޑި ގުދަން ހުޅުވައި ބަޑި ޖަހަން ފަށައިފިއްޔާ މެންބަރުންނާއި، އަޅުގަނޑު ފަދަ ނިކަމެތި ރައްޔިތުން ކުރާނީ ކީއްތޯ އެވެ. ފިލަން ވަންނާނީ ކޮންތާކަށްތޯއެވެ. ރާއްޖެ ނިއުކްލިއާ ބާރަކަށް ނުވިކަން އެއީ މުޅި ދުނިޔޭގެ ނަސީބު ނޫންތޯ އެވެ. ރުޅިދުރުވާ ކޮންމެ ފަހަރަކު ނިއުކްލިއާ ލޯންޗް ކޯޑް ޖަހައި، އެ ރެޑް ބަޓަން އަށް ފިއްތާލަފާނެ ވިއްޔާ އެވެ. އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓަރަކީ އެހާ ވެސް ޓޮލަރެންސް ދަށް ބޭފުޅެއް ކަމަށް އަމިއްލަފުޅަށް އެ ވިދާޅުވަނީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނޭ އެވެ. ނަމަ ނަމަ، ޑިފެންސް މިނިސްޓަރާ ސުވާލެއް ކޮށްލަން ޖެހުނަސް އެމަނިކުފާނު މަޖިލީހަށް ހާޒިރުކުރަން ނުހައްދަވާށެވެ. ތިޔަ މެންބަރުންނަކީ މަޑުން ތިއްބެވޭ ބައެއް ނޫންކަން އެންމެ ރަނގަޅަށް އެނގިލައްވާނީ ތިޔަ މެންބަރުންނަށެވެ. ބަލާލެވޭ ގޮތަކުން، ބުނެވޭ އެއްޗަކުން، ޑިފެންސް މިނިސްޓަރުގެ "ހަލްކް މޯޑް" އޮން ވެއްޖެއްޔާ އެ ދިޔައީ އެވެ. އެއްކޮޅެއް ދެކޮޅެއް ބެލުމެއް ނެތި ހުރިހާ މެންބަރުންގެ ދަތްދޮޅި ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓުނީ އެވެ. ދަތްދޮޅި ދުއްވާލައިފިއްޔާ ގެޔަށް ގޮސް އާއިލާއަށް ދައްކާނީ ކޮން މޫނެއްތޯ އެވެ. ދަތްދޮޅި ބަދަލުކުރެވޭނެ އަޮޕަރޭޝަނެއް ވެސް މިތަނުން ކުރެވެން ނެތެވެ. އެހެންވީމާ ހުރިހާކަމެއް ބަހައްޓާފައި ވިޔަސް ދަތްދޮޅިއާ މެދު ސަމާލުވެލައްވާށެވެ.

މަޖިލިސް މެންބަރުންގެ އިތުރުން އާންމު ރައްޔިތުންނާއި އެހެން މިނިސްޓަރުންގެ އިތުރުން ރައީސް ޔާމީން ވެސް ސަމާލުވެއްލައްވަންޖެހެ އެވެ. ރައްޔިތުންނާއި މިނިސްޓަރު ބައްދަލުކުރައްވާއިރު ވެސް ނަމަނަމަ ނުރުހޭ ވާހަަކައެއް ދައްކަން އުޅުން ވެސް ވާނީ މޮޔަ ކަމަކަށެވެ. ރަށަކަށް މިނިސްޓަރު އަރާ ވާހަކަ އަޑު އިވޭއިރަށް ދަތްދޮޅި ސަލާމަތް ކުރަން ކޮންމެވެސް ވަސީލަތެއްގެ ބޭނުން ހިފުން ބުއްދިވެރިވާނެ އެވެ. އަޅުގަނޑަށް ފެންނަ އެންމެ ރަަނގަޅު ވަސީލަތަކީ ކްރިކެޓް ކުޅެން އަރާއިރު ބޮލުގައި އަޅާފައި އެ ހުންނަ ވަތްތަރުގެ ހެލްމެޓެވެ. އޭގެން ދަތްދޮޅިއާއި މޫނު ވެސް ސަލާމަތްވާނެ އެވެ. އެކަމަކު ދަތްދޮޅި ދުއްވާލާހާ ބާރަށް ޖަހައިފިއްޔާ އެ ހެލްމެޓުން ހަމަ ސަލާމަތް ކަވެވިދާނެބާއޭ ހިތަށް އަރައެވެ.

ރައީސް ޔާމީނެވެ. ކޮންމެވެސް ކޮންމެވެސް މަނިކުފާނު ސަލާމަތްވެގެން ހުންނަވާށެވެ. މިނިސްޓަރު ރުޅިދުރުވާ ފަދަ އެއްވެސް ކަމެއް ކުރައްވަން ނޫޅުއްވާށެވެ. މިއީ މަނިކުފާނަށް ހެޔޮ އެދޭތީ އަޅުގަނޑުދޭ ނަސޭހަތެކެވެ. ކެބިނެޓް ބައްދަލުވުންތަކަށް ވަޑައިގަންނަވާއިރު އާރަށު ކްރިކެޓް ދަނޑުން ހެލްމެޓެއް ހިފައިގެން ވަޑައިގަތުން ބުއްދިވެރިވާނެ އެވެ. މަނިކުފާނުގެ ދަތްދޮޅިއާ ރާއްޖޭގެ އާބާދީގެ ހައްގުތަކާ ވަނީ ގުޅިފަ އެވެ. މިނިސްޓަރު ރުޅި ދުރުވެގެން މަނިކުފާނުގެ ދަތްދޮޅިއާ ހިސާބަށް ވަޑައިގެންފިނަމަ މުޅި ދުނިޔޭގެ ކުރިމަތީގައި މިގައުމު ފަޟީހަތްވީ ނޫންތޯ އެވެ. އަޅުގަނޑަށް ފެންނަނީ ޑިފެންސް މިނިސްޓްރީގެ ނަން ވެސް ބަދަލުކޮށްލާށެވެ. މިނިސްޓްރީ އޮފް ދަތްދޮޅި އެފެއާޒް އަށް ބަދަލުކޮށްލާނީ އެވެ. އެއިރުން އެތަނަށް ވަންނަ އެންމެންނަށް ވެސް ސަމާލުވާން އެނގޭނެތާ އެވެ. އަދި މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް ދަތްދޮޅި ގާޑު ވެސް ހޯދައިދޭނީ އެވެ. ޗައިނާއިން ދަތްދޮޅި ގާޑުގެ ޝިޕްމެންޓެއް ރާއްޖެ އެތެރެކުރާނީ އެވެ. މިއީ އަޅުގަނޑު ދޭ ނަސޭހަތެކެވެ. ކަންކުރައްވާނެ މޮޅު ގޮތް އެނގިވަޑައިގަންނަވާނީ މަނިކުފާނަށެވެ.

ސަމާސާ ގޮތަކަށް މިވާހަކަ ދެއްކިޔަސް މިއީ ދެން ބޮޑުވަރެއް ނޫންތޯއެވެ؟ ތިމާ މިއީ މާ ގަޓު މީހެއްކަން، މާ ގިނަ ކަންތައްތައް ކުރެވޭ މީހެއްކަން ދައްކަން މިހިރަ ދައްކާ ވާހަތަކުން އާޚިރުގައި މިޖެހެނީ ފަޟީހަތްވެ ލަދުގަންނާށެވެ. ދަތްދޮޅި ދުއްވާލާނަމޭ، ބަލަ ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި މެންބަރުންގެ ދަތްދޮޅީގެ ވާހަކަ ދައްކަން ވެސް މަނިކުފާނު ތިއީ ކާކުތޯ އެވެ؟ ތި މުއައްސަސާއަށް ގަދަރުކުރާ ހާދަހާ ގިނަ ރައްޔިތުންތަކެއް މި ގައުމުގައި އުޅޭކަން މަނިކުފާނަށް ހަމަ އެނގިވަޑައިނުގަންނަވަނީތޯ އެވެ؟ ދަތްދޮޅި ދުއްވާލަން ނިކުންނަ ވަރަށް ހަޖަމުކުރުމުގެ މައްސަލަ އުޅޭ މީހުންނަށް ރައީސް ޔާމީން ވަނީ ހައްލު ދެއްވާފަ އެވެ. މާލޭގެ ހުރިހާ ފާމަސީތަކުން ވެސް ހަޖަމުކުރަން ފަސޭހަކޮށްދޭ ޑައިޖީން ބޭސްފުޅި ލިބޭނެ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ގަނެފައިވާ ކާރުކޮޅުގައި ވަޑައިގެން އޭގެން ބޭސްފުޅިއެއް ބައްލަވައިގެން، އެ ހިއްޕަވައިގެން ހުންނަވާށެވެ. އެވަރުން ނުވާނަމަ ލޭގެ ޕްރެޝަރު ދަށް ކުރަން ބޭސްކުރައްވަން ފައްޓަވާށެވެ. ހިކަނދިފަތަކީ ލޭގެ ޕްރެޝަރަށް ރަނގަޅު އެއްޗެކޭ ބުނާތީ އިވެއެވެ.

މިނިސްޓްރީގެ ބޮޑު ގޮނޑީގައި އިށިނދެވަޑައިގެން ވިސްނަވާލަ ބައްލަވާށެވެ. ލޭ ކެކޭއިރަށް ދަތްދޮޅިއާ ހިސާބަށް ދާ ބޭފުޅަކު ޑިފެންސް މިނިސްޓަރަކަށް ތަސައްރަފު ފުދޭތޯ އެވެ؟ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ "ލާސްޓް ލައިން އޮފް ޑިފެންސް" ގެ ވެރިއަކަށް މަނިކުފާނުގެ ލޭގެ ޕްރެޝަރު ތަންދޭތޯ އެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

17 ނޮވެމްބަރު 2017
މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

25 ސެޕްޓެމްބަރު 2017
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު