Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކަންކަން ސިއްރުކުރުން

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

15 ފެބުރުއަރީ 2024 | ބުރާސްފަތި 13:21

ނަމަވެސް މިއަދު، އިންޑިޔާ ސިފައިންގެ އަދަދު، ޗާގޮސް މައްސަލަ އަދި ޗައިނާގެ އެއްބަސްވުންތައް ވެސް ސިއްރު

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 15 ފެބުރުއަރީ 2024 | ބުރާސްފަތި 13:21
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

"އޭރަކު ނުވި އެއްޗެއް، އެކަމަކު މިހާރު ވި އެއްޗެއް، އެކަމަކު އޭރަކު ވި އެއްޗެއް އެކަމަކު މިހާރު ނުވި އެއްޗެއް، ކޯޗެއް؟" މިފަދަ ވާހަކައެއް ޖޯކަކަށް ހަދައިގެން އާންމުން ދައްކާ އަޑު އިވިފައި ހުންނާނެކަމީ ޔަގީންކަމެކެވެ.

މިއީ ވެސް ހަމަ އެފަދަ ޖޯކެކެވެ. އޭރު ވިދާޅުވަމުން ގެންދެވީ ސިއްރު ނުވާނެ ކަމަށެވެ. ސިއްރެއް ނުކުރައްވާނެ ކަމަށެވެ. ހުރިހާ ކަމެއް ވެސް ކުރައްވާނީ ހާމަކޮށް ކަމަށެވެ. އެހެން ނަމަވެސް އެ ރާގު ބަދަލުވެ، މިއަދު ސިއްރަކީ ނެތް އެއްޗެކެވެ. ޖޯކުގައި ބުނާ ގޮތަށް، އޭރު ވި، އެކަމަކު މިއަދު ނުވާ އެއްޗެކެވެ. މިއީ މިއަދުގެ ސަރުކާރުގެ ހާލަތެވެ.

ދަންނަވަން މިއުޅެނީ، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިންނާއި އައުމުގެ ފަހުން އާންމުންނަށް ދައްކަވާ "އެ މޫނުގެ" ވާހަކައެވެ. އެ މޫނުން ނިފާގުކަން އިންތިހާއަށް ފެނެއެވެ. މުޅިން ފެންނަނީ، އަދި އިވެނީ ވެސް އޮޅުވާލުމުގެ ކަންކަމެވެ. ވާހަކަތަކެވެ. އޭގެތެރެއިން ސިއްރުގެ ވާހަކައަކީ ވެސް އޮޅުވާލުމުގެ ވާހަކައަކަށް ހަދައިފިއެވެ. މިއީ ކިހާ ބޮޑު ޖޯކެއްތޯއެވެ؟

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ހުދު ފޮތިގަނޑެއްހާ ސާފު މަންޒަރެއް ދައްކަވަމުންނެވެ. ކަންކަން ހާމަކުރައްވާނެ ކަމަށާއި، އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރު ނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެހެން ނަމަވެސް މިއަދު ފެންނަ މަންޒަރަކީ ހުރިހާ ކަމެއް ވެސް ސިއްރުކުރައްވާ މަންޒަރެވެ. އެއީ އިދިކޮޅުގައި ހުންނެވިއިރު ވިދާޅުވި، ދޭދޭ ގައުމުތަކުގެ މެދުގައި ބަދަލުކުރާ މުއާމަލާތްތައް ނަމަވެސް، ދާޚިލީ އެއްބަސްވުމެއް ނަމަވެސް، އަދި އެ ނޫން އެހެން މަންޒަރެއް ނަމަވެސް މެއެވެ. ފަހަރެއްގައި އޭރު އެ ވާހަކަތައް ވިދާޅުވި ރައްޔިތުން، މިއަދު ނެތީކަމަށް ވެދާނެއެވެ. ނޫނެކެވެ. އެހެންނެއް ވެސް ނޫނެވެ. ހަމަ ރައްޔިތުންނަށް އޮޅުވާލެއްވުމެއްގެ ތެރެއިން، އޭރު ހާމަކުރައްވާނެ ކަމަށް ވިދާޅުވި ސިއްރުތައް މިއަދު ބޮޑު ފޮއްޓަށް ލައްވައި ސިއްރުކުރައްވަނީއެވެ.

ރައީސް މުއިއްޒުގެ ސިއްރުކަމުގެ އެންމެ ބޮޑު އެއް ހެތްކަކީ އިންޑިޔާ މައްސަލައެވެ. ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންގެ އަދަދު ހާމަކުރައްވައި އެ ސިފައިން ބޭރުކުރައްވާނެ ކަމަށެވެ. ވެރިކަމަށް ތިން މަހާ ދުވަސްކޮޅެއް ވީއިރު، އަދި އަދަށްވެސް އިންޑިޔާ ސިފައިންގެ އަދަދެއް ހާމައެއް ނުކުރެއްވެއެވެ. އެންމެ ފުރަތަމަ، ރާއްޖޭގެ ރަށެއްގައި ވަޅު ކޮންނަން ގެއެއްގައި މަސައްކަތްކުރާ ދެތިން އިންޑިޔާގެ މީހަކު ހިމަނައިގެން ކޮންމެވެސް އަދަދެއް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ އަދަދު ވެސް ބަދަލުވަމުން އައިސް، މިއަދު އެ އަދަދެއް މުހިންމެއް ނުވިއެވެ. އަދަދު ނޭނގޭކަމަށް ވިދާޅުވިޔަސް، ވިދާޅުވަނީ މޭ މަހުގެ ތާރީޚެއްގެ ކުރިން އެ ސިފައިން ބައިބަޔަށް ރާއްޖެއިން ބޭރުކުރައްވާނެ ކަމަށެވެ. އަދަދެއް ނޭނގި، ބައިބަޔަށް ބޭރުކުރަނީ ކިތައް ސިފައިންތޯއެވެ؟ އެ އަދަދުތައް ހާމަ ކުރައްވަންވީ ނޫންތޯއެވެ!

އިތުރު ކަމެކެވެ. ވެރިކަމަށް ވަޑައިގެން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރައްވާ އެއްކަމަކީ ގައުމުގެ އިގްތިސާދު ކޮޅަށް ޖެއްސެވުން ކަމުގައި ވިދާޅުވެއެވެ. ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި އެތައް މިލިއަން ރުފިޔާ ޚަރަދު ކުރެއްވުމަށްފަހު ވެސް ވިދާޅުވަނީ އެފަދައިންނެވެ. އެ މަސައްކަތުގެ ތެރެއިން، ރަސްމީ ފުރަތަމަ ދަތުރުފުޅެއްގެ ގޮތުން، 2.4 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން މުޅި ސަރުކާރު އެއްކޮށް ޗައިނާއަށް ވަޑައިގަތެވެ. އެއްކަލަ ހާމަކުރައްވާނެ ކަމަށް ވިދާޅުވި ބޭފުޅުންނަށް، މިއަދާ ހަމައަށް ވެސް ޗައިނާގެ ސަރުކާރާއެކު ރާއްޖޭގެ ސަރުކާރުން ވެފައިވާ 20 އެއްބަސްވުމުގެ ތެރެއިން އެންމެ އެއްބަސްވުމެއްގެ މައުލޫމާތުވެސް ހާމައެއް ނުކުރެވެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެ މައުލޫމާތަށް އެދުނު ނަމަވެސް، ކޮންމެވެސް ބަހަނާއެއް ދެއްކެވުމަށްފަހު އެ އެއްބަސްވުންތައް ހާމަކުރެވެން ނެތްކަމަށް ވިދާޅުވެއެވެ.

އެ އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ ވުޒާރާއިން ވެފައިވާ އެއްބަސްވުންތަކާއި އިގްތިސާދީ ވުޒާރާއިން ވެފައިވާ އެއްބަސްވުންތަކާއި އަދި އެނޫން ވެސް އެއްބަސްވުންތައް ހިމެނުނު ނަމަވެސް، އާންމުންނަށް ހަމައެކަނި އެނގެނީ ސޮއިކުރި އެއްބަސްވުންތަކުގެ އަދަދެވެ. އެއީ ވިއްސެވެ. އެ ނޫން އިތުރު މައުލޫމާތެއް ނޭނގެއެވެ. ކެމްޕޭނު ތެރޭގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަކީ، ކޮންމެވެސް އެހެން ގައުމެއްގެ ރައްޔިތުންތަކަކަށް އެ މައުލޫމާތު ހާމަކުރައްވަން ވިދާޅުވި ވިދާޅުވުމަކަށް ވުން ވެސް އެކަށީގެންވެއެވެ. ދިވެހި ރައްޔިތުންނަށް އެކަންކަން ސިއްރަކަށް ވާނީ އެހެންވެތާއެވެ.

ހަމަ އިތުރު އެއްބަސްވުމެކެވެ. މި ފަހަރު ގައުމަކާއެކުގައެއް ނޫނެވެ. ދިވެހި ދައުލަތާއި ޗާގޮސް މައްސަލައިގައި ރާއްޖޭގެ ގާނޫނީ ޓީމުގައި ހިމެނޭ ބޭރުގެ ދެ ފަރާތާއެވެ. އެ އެއްބަސްވުން ހާމަނުކުރެވެނީ، ދެ ފަރާތުގެ އެއްބަސްވުމުގައި މައުލޫމާތު ހާމަނުކުރެވޭ ފަދަ މާއްދާއެއް އޮވެ ކަމަށް ބުނެއެވެ. މިކަމުގައި އެންމެ ޖޯކު ކަމަކީ، އެ ދެ ބޭފުޅުންނަށް ދޭން ޖެހޭ ފައިސާއާއި، އެ ނޫން ވެސް ކަމެއް ކުރަން ޖެހެނީ ދައުލަތުގެ ފައިސާއިންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. ޓެކްސް ފައިސާ ދައްކާ ރައްޔިތުންނަށް، ރައްޔިތުން ފައިސާ ދޭ ދެ މީހުންގެ ކުޑަމިނުން ނަމެއް ވެސް ނޭނގުމަކީ ކިހާ ޖޯކު ކަމެއްތޯއެވެ. ކުރާނީ ކީއް ހެއްޔެވެ. އެކަން ވެސް ސިއްރަކަށް ވީއެވެ.

މިހެން ސިއްރުތަކުގެ ވާހަކަ ދެކެވޭނަމަ ދެއްކޭނެ އެތައް ވާހަކައެއް އެބަ ހުއްޓެވެ. އެހެން ނަމަވެސް އެންމެ ފަހު ކަމަކަށް، ރައީސް އޮފީހަށް ތަރުޖަމާނަކު އައްޔަނު ނުކޮށް، އެތައް މަހެއް ވުމުގެ ވާހަކައަކީ ނުދެކެވި، ދޫކޮށްލެވޭ ވަރުގެ ވާހަކައެއް ނޫނެވެ. ރައީސް އޮފީހުން މަދުން ނަމަވެސް ބާއްވާ ޕްރެސް ކޮންފަރެންސްތަކަކީ، ކެބިނެޓުގެ ނިންމުންތަަކަށް އެކަނި، ޓާގެޓެޑް ނޫސްވެރިންގެ ބައްދަލުވުންތަކެކެވެ. އެ ބައްދަލުވުންތަކުގައި ސަރުކާރުން ދޭ މައުލޫމާތުގެ ބޭރުން އަދި އިތުރަށް ވެސް އެހެން މައުލޫމާތެއް އޮޅުމެއް ނުފިލައެވެ. ނުވެސް ދޭނެއެވެ. އެ މައުލޫމާތު ދެއްވާ ފަރާތުން ވިދާޅުވާ ގޮތުން ނަމަ، އެއީ އެ ބޭފުޅާގެ މަސައްކަތާ ނުގުޅޭ ކަމެކެވެ. އެއާއެކު، ނޫސްވެރިން ކުރާ ސުވާލުތަކުގެ ޖަވާބުތަކަކީ ވެސް ސަރުކާރަށް ސިއްރެކެވެ.

ދެން ވެސް ހަމަ ވިދާޅުވާންވީ، ހާމަ ކުރައްވާނެ ވާހަކަތޯއެވެ. ނުވަތަ ހާމަކުރައްވާނެޔޯލައޭ ތޯއެވެ. ނުވަތަ އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް ކަމަށް ވިދާޅުވާންވީ ނޫންތޯއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖުލައި 2017

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް