Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާގެ ރިޔާސީ އިންތިޚާބު

އިންޑޮނޭޝިޔާގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ޑިފެންސް މިނިސްޓަރު ސުބިއަންޓޯ ކާމިޔާބުކުރައްވައިފި

15 ފެބުރުއަރީ 2024 | ބުރާސްފަތި 09:40

ގާތްގަޑަކަށް 85 އިންސައްތައާއި 95 އިންސައްތައާ ދެމެދުގެ އަދަދަކަށް ވޯޓު މިހާރު ވަނީ ގުނާ ނިމިފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 15 ފެބުރުއަރީ 2024 | ބުރާސްފަތި 09:40
ކުރީގެ އާމީ ޖެނެރަލް ޕްރަބޯވޯ ސުބިއަންޓޯ

ކުރީގެ އާމީ ޖެނެރަލް ޕްރަބޯވޯ ސުބިއަންޓޯ

އިންޑޮނޭޝިޔާގެ ރިޔާސީ އިންތިޚާބު ކުރީގެ އާމީ ޖެނެރަލް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު ޕްރަބޯވޯ ސުބިއަންޓޯ ބޮޑުތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމުގައިވާ އިންޑޮނޭޝިއާގައި އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުބިއަންޓޯ އިންތިޚާބު ކާމިޔާބު ކުރެއްވީ 58 އިންސައްތަ ވޯޓު ހޯއްދަވަގައިގެންނެވެ. އެއީ އޭނާއާ ވާދަކުރެއްވި އިންޑޮނީޝިޔާގެ ކުރީގެ ގަވަރުނަރު އަނީސް ބެސްވަޑާން ހޯއްދެވި ވޯޓުގެ ގާތްގަޑަކަށް ދެގުނަ އިތުރު އަދަދެކެވެ. ބެސްވަޑާންއަށް މިހާތަނަށް ގުނި ވޯޓުން ލިބިފައިވަނީ 22 ޕަސަންޓަށްވުރެ ދަށުންނެވެ. އަދި ތިންވަނައިގައި އޮތީ ގަންޖަރު ޕްރަނޯވޯއެވެ.

އިންތިޚާބު ކާމިޔާބުވިކަން ކަށަވަރުވުމާ އެކު 72 އަހަރުގެ ސުބިއަންޓޯ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ މި ވަގުތަކީ އެންމެން އެއްވާންވީ ވަގުތުކަން ފާހަގަކުރައްވާ ރައްޔިތުންގެ މަސްލަހަތަކީ އެންމެ މަތީ މަސްލަހަތު ކަމަށް ބަލައިގެން ކުރިއަށްދާނެ ކަމަށެވެ. އަދި، މި ކާމިޔާބަކީ އިންޑޮނޭޝިޔާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބެއް ކަމަށް ވެސް ސުބިއަންޓޯ ވިދާޅުވިއެވެ.

1990 ގެ އަހަރުތަކުގެ ފަހުކޮޅު އެއް ޒަމާނެއްގެ ރައީސް ސުހާޓޯގެ ވެރިކަމުގައި އިންޑޮނޭޝިއާގެ އަސްކަރީ ހުދުމުހުތާރު ވެރިކަމުން އިންޑޮނޭޝިއާ ނިކުތް ފަހުން އިންޑޮނޭޝިއާގައި ބޭއްވި މިއިންތިޚާބަކީ އެގައުމުގެ ހަ ވަނަ ރިޔާސީ އިންތިޚާބެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 200 މިލިއަނަށް ވުރެ ގިނަ މީހުންނަށް ލިބުނެވެ. މި އިންތިޚާބުތަކުގެ ނަތީޖާއިން އިންޑޮނޭޝިއާގެ ޑިމޮކްރެޓައިޒޭޝަނަށް ކޮންމެވެސް އަސަރުކުރާނެކަމަށް މަސްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ.

ނަތީޖާއާ ގުޅިގެން 57 އަހަރުގެ ބެސްވަޑާން ވިދާޅުވީ ވޯޓު އެއްކޮށް ގުނާ އަދި ނުނިމޭ ކަމަށާއި ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ރައްޔިތުންގެ ނިންމުމަށް އިހުތިރާން ކުރާނެ ކަމަށެވެ.

ގާތްގަޑަކަށް 85 އިންސައްތައާއި 95 އިންސައްތައާ ދެމެދުގެ އަދަދަކަށް ވޯޓު މިހާރު ވަނީ ގުނާ ނިމިފައެވެ.

މި ފަހަރުގެ އިންތިޚާބުގައި މަކަރާއި ހީލަތުގެ ބޮޑެތި މައްސަލަތައް ހުރި ކަމަށް ގަންޖާރާއި އަނީސްގެ ކެމްޕޭން ޓީމުތަކުން މީގެ ކުރިން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ހެއްކެއް ފޯރުކޮށްދީފައެއްނުވެއެވެ.

އެއް ދުވަހުގެ ތެރޭގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު އެއް އިންތިޚާބުގައި 17،000 ސަރަހައްދުގައި ގާތްގަނޑަކަށް 259،000 ކެންޑިޑޭޓުންނާއި 18 ޕާޓީއަކުން 20،600 މަގާމަށް ވާދަކޮށްފައިވެއެވެ.

ސުބިއަންޓޯއާއި ވާދަކުރެއްވި އަނީސް ރައީސް ކަމަށް ކުރިމަތިލައްވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ސެކިއުލަރ ނަސްދޭމް ޕާޓީ އާއި ކޮންޒަވޭޓިވް އިސްލާމިކް ޕްރޮސްޕަރަސް ޖަސްޓިސް ޕާޓީ (ޕީކޭއެސް) ހިމެނޭ ގޮތަށް ތިން ޕާޓީއެއްގެ ތާއީދާއެކުއެވެ. ކާކު އިމީންގެ ނަމުން މަޝްހޫރު އަދި ގައުމީ ހޭލުންތެރި ޕާޓީ (ޕީކޭބީ) ގެ ވެރިޔާ މުހައިމިން އިސްކަންދަރު އަކީ އޭނާގެ ރަނިންމޭޓެވެ.

ތިން ވަނަ ކެންޑިޑޭޓް ގަންޖާރު އިންޑޮނޭޝިއާގެ ޑިމޮކްރެޓިކް ޕާޓީ އޮފް ސްޓްރަގްލް (ޕީޑީއައި-ޕީ) އިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވިއިރު، އޭނާގެ ނައިބު ރައީސް ނުވަތަ ރަނިންމެޓެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ މުހައްމަދު މަހުފުދު މަހްމޮދީން އެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް