Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮލަރުގެ ތާށިކަން

ޑޮލަރުގެ ތާށިކަމަށް ޙައްލު ގެނެވޭނީ އިޤްތިސާދީ ގޮތުން ގެންނަންޖެހޭ އިސްލާޙުތައް ގެނެވުމުން: ރައީސް

ބިޔަ، ބޮޑެތި މަޝްރޫއުތައް ހިނގަން ފެށުމުންނާއި، އިންވެސްޓްމަންޓުުތައް ގިނަވާން ފެށުމުން ޑޮލަރު ތިޔާޤިވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ފެބުރުއަރީ 2024 | ބުރާސްފަތި 09:27
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

ޑޮލަރުގެ ތާށިކަމަށް ޙައްލު ގެނެވޭނީ އިޤްތިސާދީ ގޮތުން ގެންނަންޖެހޭ އިސްލާޙުތައް ގެނެވުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލަކަށް މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވެވި ޖަވާބުގައި ރައީސް ވިދާޅުވީ، ޑޮލަރުގެ ތާށިކަން ގެނެވޭނީ އިޤްތިސާދީ ގޮތުން ގެންނަންޖެހޭ އިސްލާޙުތައް ގެނެވުމުންކަމަށެވެ.

ރައީސް ވިދާޅުވީ، ބިޔަ، ބޮޑެތި މަޝްރޫއުތައް ހިނގަން ފެށުމުންނާއި، އިންވެސްޓްމަންޓުުތައް ގިނަވާން ފެށުމުން ޑޮލަރު ތިޔާޤިވާނެ ކަމަށާއި ޑޮލަރު ލިބުން އަވަސްވާނެ ކަމަށެވެ.

ރައީސް އެހެން ވިދާޅުވެފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ޑޮލަރު ނެގޭ މިންވަރު ކުޑަ ކުރަން ނިންމާފައިވާކަމުގެ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ، ނަމަވެސް އެކަން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބީއެމްއެލުން އަދި ނިންމާފައިނުވާ ކަމުގެ ޔަގީންކަން އެބޭންކުން މިނިސްޓްރީއަށް ދީފައިވާކަމަށެވެ.

އެކަމާ ގުޅޭގޮތުން ބީއެމްއެލް އިން ބުނީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވި ދަތިތަކާއި ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މުރާޖައާކުރަމުންދާ ކަމަށެވެ. ނަމަވެސް އަދި ލިމިޓެއް ކަނޑައަޅާފައިނުވާ ކަމަށާއި އައު ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީޚެއް ވެސް ކަނޑަނާޅާ ކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2017

ދައުލަތުން ބޮޑެތި ލޯނު ނެގުމަކީ މައްސަލައެއް ނޫން، ތަރައްގީ ގެނެވޭނީ ލޯނު ނަގައިގެން: ރައީސް

26 ނޮވެމްބަރު 2017
ދައުލަތުން ބޮޑެތި ލޯނު ނެގުމަކީ މައްސަލައެއް ނޫން، ތަރައްގީ ގެނެވޭނީ ލޯނު ނަގައިގެން: ރައީސް
31 ޖުލައި 2017

ވިލާއިން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

31 ޖުލައި 2017
ވިލާއިން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
09 ޖުލައި 2017

ސަރުކާރުން މެންބަރުންނަށް މިލިއަން ޑޮލަރުގެ ރިޝްވަތު ހުށަހަޅަމުން އެބަދޭ: އަލީ ޒާހިރު

09 ޖުލައި 2017
ސަރުކާރުން މެންބަރުންނަށް މިލިއަން ޑޮލަރުގެ ރިޝްވަތު ހުށަހަޅަމުން އެބަދޭ: އަލީ ޒާހިރު
14 ޖޫން 2017

ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި

14 ޖޫން 2017
ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި
27 މެއި 2017

ތަކެތީގެ އަގުތައް އުފެލެނީ ރައީސް ޔާމީންގެ އިޤްތިސާދީ ސިޔާސަތު ފެއިލްވުމުން: ރައީސް ނަޝީދު

27 މެއި 2017
ތަކެތީގެ އަގުތައް އުފެލެނީ ރައީސް ޔާމީންގެ އިޤްތިސާދީ ސިޔާސަތު ފެއިލްވުމުން: ރައީސް ނަޝީދު
20 އެޕްރީލު 2017

800 މިލިއަން ޑޮލަރުގެ މައްސަލައެއް، 10 މިލިއަން ޑޮލަރު ދީގެން އޮތްބާލީ އަޅުގަނޑެއް ނޫން: ގާސިމް

20 އެޕްރީލު 2017
800 މިލިއަން ޑޮލަރުގެ މައްސަލައެއް، 10 މިލިއަން ޑޮލަރު ދީގެން އޮތްބާލީ އަޅުގަނޑެއް ނޫން: ގާސިމް
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
01 މާރިޗު 2017

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް
26 ފެބުރުއަރީ 2017

ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު

26 ފެބުރުއަރީ 2017
ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު