Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

މިތިބީ އެއް އޮޑިއެއްގައި، އެއް އަޒުމެއްގައި: ފްރެއުންޑް

ފްރެއުންޑް ވިދާޅުވީ، މިހާރު ބަޔާން އޮތް ޙާލަތުގެ ސަބަބުން، ޓުޗެލް އަށް ގިނަ ކަންތައްތަކެއް ކުރިމަތިވެ، އެކަންކަން ތަހަންމަލު ކުރަމުންދާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ފެބުރުއަރީ 2024 | ހޮނިހިރު 02:11
ބަޔާންގެ ޑައިރެކްޓަރު ކްރިސްޓޮފް ފްރެއުންޑް

ބަޔާންގެ ޑައިރެކްޓަރު ކްރިސްޓޮފް ފްރެއުންޑް

ބަޔާން މިއުނިކްގެ އެންމެން ތިބީ އެއް އޮޑިއެއްގައި، އެއް އަޒުމެއްގައި ކަމަށް އެ ކުލަބުގެ ޑައިރެކްޓަރު ކްރިސްޓޮފް ފްރެއުންޑް ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވީ، ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް އަށް ޕްރެޝަރު ބޮޑުވެފައިވާ ކަަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ. އަދި ގާތް ގާތުގައި މުހިންމު ދެ މެޗުން ބަލިވެ، ބަޔާނަށް ނުތަނަވަސްކަމެއް ކުރިމަތިވެފައިވާއިރު، ޓުޗެލްގެ ކުރިމަގާ ގުޅޭ ގޮތުން ވެސް މީޑިއާތަކުގައި ސުވާލު އަުފައްދާފައި ވަނިކޮށެވެ.

ފްރެއުންޑް ވިދާޅުވީ، މިހާރު ބަޔާން އޮތް ޙާލަތުގެ ސަބަބުން، ޓުޗެލް އަށް ގިނަ ކަންތައްތަކެއް ކުރިމަތިވެ، އެކަންކަން ތަހަންމަލު ކުރަމުންދާ ކަމަށެވެ. އަދި މިއީ ބަޔާންގެ ކޯޗިން އޮފިޝަލުން، ކުޅުންތެރިން އަދި އެންމެހައި އިސްވެރިންނަށް ވެސް ވަރަށް އުނދަގޫ ވަގުތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އެކި ފަރާތްތަކަށް އުނދަގޫ ވާނެ ކަންކަން ކުރިމަތިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ބަޔާންގެ އަމާޒަކީ މިހާތު އޮތް ޙާލަތުން އަރައިގަނެ، ކުރިއަށް ދިޔުން ކަމަށެވެ. އަދި އެކަމުގެ ތެރެއިން ނިކުމެވޭނީ އެންމެން އެކުވެގެން ކުރާ މަސައްކަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ، ބަޔާންގެ އެންމެން ތިބީ އެއް އޮޑިއެއްގައި، އެއް އަމާޒެއްގައި، އެއް އަޒުމެއްގައި ކަމަށެވެ. އެހެންކަމުން، މިހާރު އޮތް އުނދަގޫ ޙާލަތުން ވެސް ބަޔާން އަރައި ގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބަޔާންގެ ކޯޗުކަމާ އުމުރުން 50 އަހަރުގެ ޓުޗެލް ހަވާލުވީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ހޫލިއަން ނާގަލްސްމަން ވަކި ކުރުމުންނެވެ. ޓުޗެލް އަށް ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ އޭރު ނަތީޖާ ގޯސްވެފައި އޮތް ބަޔާންގެ ނަތީޖާ ރަނގަޅުކޮށް، އެ ކުލަބު ހަމަ މަގަށް އެޅުވުމެވެ.

ޓުޗެލް ހަވާލުވީ ފަހުން މިހާތަނަށް ބަޔާން ކުޅެފައި ވަނީ 43 މެޗެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 28 މެޗުން މޮޅުވެފަ އެވެ. 10 މެޗުން ބަލިވެފައިވާއިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2025

މިތިބީ ހާފް ޓައިމްގައި، ފައިނަލަށް ދެވޭނެ: އާޓެޓާ

09 ޖެނުއަރީ 2025
މިތިބީ ހާފް ޓައިމްގައި، ފައިނަލަށް ދެވޭނެ: އާޓެޓާ
10 ޖުލައި 2024

ސައުތުގޭޓްގެ ޔަގީންކަން: "މިތިބީ ހުރިހާ ޙާލަތަކަށް ތައްޔާރުވެގެން"

10 ޖުލައި 2024
ސައުތުގޭޓްގެ ޔަގީންކަން: "މިތިބީ ހުރިހާ ޙާލަތަކަށް ތައްޔާރުވެގެން"
24 އެޕްރީލު 2024

މުސްތަޤުބަލެއް ނުފެނޭ، މިތިބީ މާޔޫސްވެފައި: ޕޮޗެޓީނޯ

24 އެޕްރީލު 2024
މުސްތަޤުބަލެއް ނުފެނޭ، މިތިބީ މާޔޫސްވެފައި: ޕޮޗެޓީނޯ
03 މާރިޗު 2024

މިތިބީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައި، ލާޒިއޯ މެޗުން މޮޅުވާން ޖެހޭ: ފްރެއުންޑް

03 މާރިޗު 2024
މިތިބީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައި، ލާޒިއޯ މެޗުން މޮޅުވާން ޖެހޭ: ފްރެއުންޑް
10 ފެބުރުއަރީ 2024

ބަޔާނާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ، އެކަމަކު މިތިބީ ތައްޔާރަށް: އަލޮންސޯ

10 ފެބުރުއަރީ 2024
ބަޔާނާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ، އެކަމަކު މިތިބީ ތައްޔާރަށް: އަލޮންސޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު